ތިނަދޫ ރާސްތާ ދޯނީގައި ރޯވި އަލިފާންގަނޑު ސިފައިން ނިއްވާލަނީ: މި ހާދިސާގައި ދެ މީހަކު ވަނީ މަރުވެފައި.-- ފޮޓޯ: އެމްއެންޑީއެފް
07 ޑިސެމްބަރ 2020 - 11:48
ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މީގެ ކުރިން ވަނީ 41 އަހަރުގެ މީހަކު މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ، 34 އަހަރުގެ ތިނަދޫ މީހެކެވެ. އަލިފާނުގެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހުނެވެ.
ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ހިނގި އެ ހާދިސާގައި ހަތަރު މީހަކު ޒަހަމްވި އިރު އޭގެ ތެރެއިން ހަށިގަނޑުގެ 50 ޕަސެންޓް ފިހުނު ދެ މީހުންނަށް އައީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ނެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެންމެ ބޮޑަށް ފިހުނު ދެ މީހުން ވެސް މާލެ ގެންދިޔައިރު، އެ މީހުންނަށް ވާހަކަ ދެއްކޭ ކަމަށެވެ.
"އެކަމަކު މި ފަދަ ބާން ކޭސްތަކުގައި ބޮޑަށް ހާލު ސީރިއަސް ވާނީ، އެ ފިހުނު ތަން އިންފެކްޓްވެ ކަހަލަ ކަމެއް ވުމުން. ލަފާކުރެވޭ ގޮތުން އިންފެކްޓް ވެގެން އެ މީހުންގެ ހާލު ފަހުން އެ ގޯސްވީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު މަރުވި މީހާގެ ހާލު ގޯސްވެގެން، މީގެ ދުވަސް ކުރިންސުރެ އޮތީ ވެންޓިލޭޓަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Huvadhoo
07 December 2020
ކީކޭތަ މި ހަބަރުގަ ލިޔެފަ މިއޮތީ.؟ ވާއެެއް ނުވާއެއް ނޭގެ.. ރޯކޮއްފަ ހުރި އުދުނެކޭ ހަބަރުގަ މިއޮތީ.. އެކަމަކު އުދުނުން ވަކިކޮށް ދޯނި ގެގަޑު ތެރޭގަ ހުރި ގޭސްފުޅިއެއް ލީކުވެގެން ހިގި ކަމެއް މިކަމަކީ.. އެމީހުން ގެގަޑުތެރެއަށް ވަދެ ލައިޓަރު އަޅާލުމުން މުޅިތަނުގައި އަލިފާން އެކްސްޕްލޯރ ވީ... ސާފުތަ ވީގޮތް މިހާރު
ސަލީމު އިދުރީސް
07 December 2020
ތަރައްގީވެފަ ހުރިގައުތަކުގަ ގޭސް ގެންގުމުގަ ސަލާމާތީ މިންގަޑުތައް އެގޭމީހެއްގެ ހައިސިއްތުން ބުނާނީ އެވެސްކަމެއްގަ ސަލާމާތި މިންގަޑެއް ނޯންނަތާކު ތިކަހަލަ ކަންތައް ވާލެއްމަދޭ!އަދި އާބަދީގެ ބޮޑުބަޔެއް ގޭސްބޭނުކުރަނީ އޭހާބަންދުކޮން ހުންނަތައްތަނުގަ ކަމައްނުވާތި ތިވަރު މަދުން ތިކަހަލަ ކަންތައްހިގަނީ! ރާއްޖޭގަ ގޭސްގުޅަނީވެސް އޮރޭފެން ލިބެނުހުންނަ ވިލެޖުތަކުން އަންނަ ބަންގާޅިން!އަދި ދިވެއްސަކު ގުޅިޔަސް އެކަމައް ތަމުރީނުވެ ސެޕިކެޓުދޭތަނެއް މިގައުމަކުނެއް
ކޮރަޕްޝަން
07 December 2020
ރާއްޖޭގެ ޕްލޭނިންގ މިނިސްޓްރީގެ ގަވައިދުތައް ހުރިގޮތުން އެމިނިސްޓްރީން ދޫކުރާ އާކިޓެކްޓް ނުނީ ސިވިލް އެންޖިނިއަރު ގެ ތައްގަޑަކީ ހުރިހާ އެއްޗެއް. ހަޤީޤަތަކީ އެހެން ޕްރޮފެޝަންގެ މީހުންނަށް އެމީހުންނަށް ލިބެންވާ އެޕްރޫވަލް ހައްޤު ނުދީ ހުރިހާ އޮތޯރިޓީއެެއް މިބުނި ދެބަޔައް ދީފައޮތުން. ޢެއީ މިނިސްޓްރީ ތެރޭގަ ތިބި ބަޔަކު އަމިއްލަ ފައިދާއައް ކޮއްގެން އުޅޭކަމެއް.
ޖު މުހޫރީ މައިދާނުން
07 December 2020
މިމީހުން ސަލާމަތް ނުކުރެވުތާދޯ.' ހޮސްޕިޓަލް ގެ ފެންވަރު ނެތީތަ؟