16 ޑިސެމްބަރ 2020 - 21:12
ގއ. ދާންދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
އެ ރަށުގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ޒަހަމްވީ އާއިލާ އެކު ޗުއްޓީ ހޭދަކުރަން ފުވައްމުލަކުން ދިޔަ ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ އަށް ލިބުނު ޒަހަމްތަކަށް ދާންދޫގައި ފަރުވާ ދިނުމަށް ފަހު އެ އަތޮޅު ވިލިނގިއްޔަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ވިލިނގިލީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ އިތުރުން ފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިކަލް ދުއްވަން އިން މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސައިކަލް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
17 December 2020
މިހަބަރުގަ އެކުއްޖަ ސިކުނޑި ބުރައިގެން ގޮސްފާރުގަ ތައްވި ވާހަކައޮތްނަމަ މިހަބަރައް ގިނަބަޔެއްގެ ސަމާލުކަން ލިބުނީސް! އިހައްދުވަހު އަންޙެންކުޖަކު މަރުވީމަ ސަމާލުކަމައް އައިގޮތައް! ލައިސަންސު ނެތި ދުއްމާ ރާއްގަޖޭގަ ދުއްއޗެތި ލައިސަންސް ދޭގޮތަކީ މީހުންގެ ފޫނަޔައް ހުރި ނުރައްލެއްކަން އެގޭބަކު މަދު! އަޅުގަނޑު ރާއްޖޭގަ ލައިސަންނެގިރު ފުރަތަމަ ބުރުން ފާސްނުވީ ލައިޓު ޖައްސާށޭ ބުނީމަ ޖައްސާފަ ކަނޑަލަން ހަދާންނުވީމަ
ރަދީފްއޮފިޝިއަލް
17 December 2020
އަނިޔާ ލިބުނު ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން.ވަޓް އަ ޓްރެޖެޑީ.އެހާވަރުގެ ކުއްޖަކު އެކަނި މަގުމަތީގަ ހުންނަން ޖެހޭ ފަދަ ހާލަތް މެދުވެރިވުން އެއީ ދެރަކަމެއް.19 އަހަރުގެ ޒުވާނަކު ލައިސަންސް ނެތި ސައިކަލް ދުއްވުން އެއީ ކުރި ވަރަށް ބޮޑު ކުށެއް.އަދި މިފަދ މީހެއްގެ އަތަށް ސައިކަލް ދިން މިހާ ވެސް އެކުރީ ވަރަށް ދެރަވަރުކަމެއް.ވ.ވެދުން
ސަލީމު އިދުރީސް
17 December 2020
500 މީހުން އުޅޭ ހަޅޭލަވައިގަތަސް ރަށު އަނެއްފަރާތައް އިވޭވަރު ކުދިރައްތަކުގަ ކުއްޖަކު ލޯމަތިން ގެލިލާއިރައް އެޗެއްގަ ޖެހިފަ ބުރައިގެން ދިއުމަކީ ވެސް ދިރިއުޅުމުގެ ވައްޓަފާޅީގަ ހުރި ނާތަހުޒީބު ކަމޭނޫންތޯ! ރާއްޖޭގަ އަންހެންކުޖަކަސް ފިރިހެން ކުއްކަސް ކިރިއާ ހިގެން ފަށާއިރު ފަތަން ދަސްވެފަ ހުނަންޖެހޭނީ1! ގުރޭޑު ހަތަކައް ދާއިރު ރާއްޖެކަނޑުތަކާ ފަރުތަގަ އޫޅޭމަސްތަކައް ކިޔާނަން އިގިރޭސި ދިވެހި ނުވަތަ މުހިންބަހެއްކަމުގަވާ ޗައިނާބަހުންވެސް އެގެންޖޭހޭނެ
ސަލީމު އިދުރީސް
17 December 2020
ރާއްޖެ ލައިސަންސާ ދުނިއޭގެ އެއްންމެ ޓުރެފިކު ހަރުދަނާ ހުޅަގުނޔޫރަފުގެ އައުމެއްގެވެސް ލައިސަން އޮތީމަ އަގަނޑައްއެގޭ ކީއްވެކަން ރާއްޖޭގަ ފަރުވާ ކުޑަކޮން އެއްޗެތި ދުއްވަނީ! ބޭރުގަ ލައިސަންނެގީއިރު ސުވާލުތަކުގަ އާދޭ ކުޑަ ކުދިން ފެނައް ތިބިއްޔާ އެކުދިންދެން ހަރަކާތް ކުރާނީ ކިހެންތޯ ނުވަތަ މަގުގަ ބޯޅައެއް އޮވެއްޖެއާ ވާނެގޮތް މަގުގެ އެއްފަރާތުގަ މައްމަހުރެ އަނެއްފަރާތުގަ ކުއްޖަ ހުރެއްޖެއާ ވާނެގޮތް ޖުމުލަ އެއްހާސް ދުވިސައްތަސުވާލައް ޖަވާބު އެގިގެން
ހުސްނު
16 December 2020
ހިތާމަވެރި ކަންކަން، ބެލެނިވެރިންވެސް ކުޑަކުދިން މަގުމައްޗައް ނެރޭ އިރު ސަމާލުވެލައްވާ. ސައިކަލުގެ ދުވެލި މަޑުކުރައްވާ، ކުއްޖާއައް އަދި ސައިކަލުދުއްވި މިހާއައް އަވަސް ސިފާއަކައްއެދެން.
ސަލީމު އިދުރީސް
17 December 2020
ތިވަރު ކުދި ރައްތަކުގަ ކުޑަކުދިންނައް މިނިވަން ކާމާއެކު އުޅެވެންޖެހޭނެ! އަކަ ކިލޯމީޓަރެއް ހަމަނުވާ ރަށެއްގަ ކޮންތާކައް އެހާބާރައް ދަނީ؟ މިކަލަ އަބަރުތައް ފެނުނީމަ ރުޅިގަދަވާގޮތްވޭ! އެތަނެގަ ކާރުބާރު ހުރިގޮތައް ބަލާފަ ދުއްވާސުޕީޑު ކަނޑަ އަނީޅަކަމެއްވެ! އެދާސުފީޑާ ބުރިކި ޖައްސަންނަގާ ރިއެކުސަން ވަގުތާ އެތި ހުއްޓޭ ވަގުތައް ބަލާފަ އެހާބާރައް ދަނިކޮއް ކުރިމަތިން ހުރަސްވާ އެޗަކައް މަޑު ކުރުމަކީ އެއްވެސް އިންސާނަކައް ވާނެކަމެއްނޫން!
ހުސްނު
17 December 2020
ޒަމާން ބަދަލުވެއްޖެ، ދުއްވާއެއްޗެހި ހަމަޔެއްނެތި ގިނަވެއްޖެ، ކޮފީއައް ލައިސެންސް ދިނުން އާމުވެއްޖެ، މިކަހަލަ ޒަމާނަކު ކުޑަކުޖަކު އެކަނި މަގު ހުރަސްކުރީ، ބެލެނިވެރިން ތިބީ މަގުގެ އަނެއްފަރާތުގަ ބަލަން. މަގަކީ ފުލާ މަގެއް، އާމުކޮއް ބާރު ސްޕީޓުގަ ދުއްވާ މަގެއްކަމައް މައުލޫމާތު ލިބެނީ. ދެފަރާތުގެ ބޮޑު އިހުމާލު އެބައޮތް.
ރާނީ
17 December 2020
ކުއްޖާހުރީ ގޭ ދޮރު ކައިރީގަ ކަމަށްވަނީ. މިގައި ކުއްޖާ ނުބެލިގެން ވީކަ މެއްކަ މަމަށް ނުބެލެވޭ. ދުއްވިލެއް ބާރީ ހަ މަ.