އިންޑަސްޓްރިއަލް ވިލެޖްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފަޅަށް ކުނި އަޅައިގެން ވެމްކޯ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ޖެނުއަރީ 2021 - 09:51
ކުނި ނައްތައިލަން ގެންދިއުމުގެ ތެރޭގައި ތަކުރާރުކޮށް ފަޅަށް ކުނި އެޅި މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެއް މިލިއަން ރުފިޔާ އިން އިއްޔެ ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ 1.1 މިލިއަން ރުފިޔާ އިން ވެމްކޯ ޖޫރިމަނާކުރީ ވޭސްޓް މެނޭޖްމަންޓް ގަވައިދުގެ ދަށުން ކަމަށެވެ. އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާލެ އާއި ހުޅުމާލެ އިން ތިލަފުއްޓަށް އަދި ރ. ވަންދު އަށް ކުނި ގެންދިއުމުގެ ތެރޭގައި ކަނޑަށް ކުނި އެޅޭ މައްސަލަ ވެމްކޯގެ ސަމާލުކަމަށް ގެނައި ކަމަށެވެ. ވެމްކޯ ޖޫރިމަނާކުރީ، ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދީގެން ވެސް މައްސަލަ އަށް ހައްލެއް ނުލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
Under The Waste Management Regulation (2013/R-58), Waste Management Cooperation (WAMCO) has been penalised on 11th January 2020 with a fine of MVR 1,128,750 due to the repeated cases of waste disposal into the lagoon area during their operations.
— EPA Maldives (@EPAMaldives) January 12, 2021
އީޕީއޭގެ ޓުވީޓު
ވެމްކޯ އިން މިހާރު ކުނި އުކައިދިނުމުގެ ޚިދުމަތް ދެނީ ސިޓީތަކުގައި އެކަންޏެވެ. އެއީ މާލެ ސަރަހައްދާއި އައްޑޫގެ އިތުރުން ފުވައްމުލަކުގަ އެވެ.
މާލެ ސަރަހައްދުން ނަގާ ކުނިތައް ނައްތައިލަން ގެންދަނީ ތިލަފުއްޓަށެވެ.
ކުނި ނައްތައިލުމަށް ހާއްސަކޮށްގެން ސަރުކާރުގެ ކުންފުނި، ވެމްކޯ އެންމެ ފުރަތަމަ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގަ އެވެ. ނަމަވެސް ކުންފުނީގެ މަސައްކަތްތައް އަލުން ފެށީ ސެޕްޓެމްބަރު 2015 ގަ އެވެ. އޭގެ ފަހުން މާލޭގައި، ކޮތަޅުގައި ކުނި ގެންދިއުން މަނާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިލިސް
12 January 2021
ހުޅުމާލޭގައި ހުންނަ ބިޔަ ގަސްތައް އެޗް.ޑީ.ސީ އިން ކަނޑަމުންދާއިރު އެކަމަށް ފިޔަވަލު ނާޅަނީ ކީއްވެ. އެޗް،ޑީ.ސީ އިން ބޮޑެތި ގަސްތައް ކަނޑަނީ. މިކަމުން ވެއްޓަށް ގެއްލުން ނުވަނީތަ؟ މިކަން ބަލަންޖެހޭ ކަމަށް ފެނޭ.
މޯޑް
12 January 2021
ވެމްކޯއަށް ވަސީލަތް ތަކާއި ބިމާއި ދީފަ އޮންނައިރު ވެސް މެނޭޖްކުރަށް ނޭގިގެން ތިހާ ދޯހަޅި ވަނީ.
ޢަލީހާލިދު.
12 January 2021
ހަމަތިގޮތައް ރިސޯޓު ތައްވެސް ޖޫރިމަނާ ކުރަންޖެހޭ ރިސޯޓު ތަކުން ކުނިއަރުވަނީ އަނގަމަތީ ދޯނިފަހަރައް އަޅަމުން އަޅަމުންގޮސް ދެފަރާތުން ފައިބަންފެށީމަ ހުއްޓާލަނީ ސުވާލަކީ ކަނޑައް ނިކުމެ ދުއްވަންފެށާހިސާބުން ކޮތަޅުތައް އެދަނީ ކަނޑައް ފައިބަމުން އޭގެތެރޭގަ ބިޔަރުދަޅުވެސް ހުރޭ މުއްދަތު ހަމަވާން ކައިރިވީމަ އުކާލާ ނެޕީތަކާ ޕުލާސްޓިކާ ދުނިޔޭގަ އުފައްދާ ހުރިހާ ބާވަތެއްހުރޭ ވީމާ މިފަދަފަރާތްތައް ހޯދާ ހަރުކަށި އަދަބުދޭންޖެހޭ
ނަން
12 January 2021
ވެމްކޯ ވީމައި އެއްމިލިއަން، ފްލައިން ސްކޫލްވީމައި -/35000 ރުފިޔާ މިއީ ކޮން އުސޫލެއް.
އަހުމަދުބޭ
12 January 2021
ތިޔަ ޖޫރިމަނާ އީޕީއޭ އިން ކިތައްމެ ވަރަކަށް ކުރިޔަސް މިއޮތް ނިޒާމްގެ ތެރެއިން ވެމްކޯއަކަށް ކުރެވޭނެ ކަމެއް ނޯންނާނެ،، އީޕީއޭ ކޮންމެ ހަފްތާއަކު ވެމްކޯ ޖޫރިމަނާ ކުރަންތިބޭ ތިޔައެޅޭ ކުންޏަކަށް ބަދަލްއެއް ނާންނާނެ، އެއީ އެފަދަ އުޅަދު ވެމްކޯގައި ނެތީމަ
ތިމާވެށި
12 January 2021
ރިސޯޓް ތަކުގެ ދޯނި ތަކުން ކަނޑަށް ކުނި އަޅަ އެވެ. މާލޭގަ ފަޅުގަ އޮން ނަ ލޯންޗް ފަހަރުން ވެސް ކުނި އަޅަ އެވެ.