މޫދަށް ވެއްޓުނު ކާރުން މީހުން ސަލާމަތްކުރަން އެހީވި ދެ އޮފިސަރުން. ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
14 ޖެނުއަރީ 2021 - 19:23
މާފުށީގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓުގައި މޫދަށް ވެއްޓުނު ކާރުގައި ތިބި ތިން މީހުން ސަލާމަތްކުރި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެ އިދާރާއިން މިއަދު ތައުރީފު ކޮށްފި އެވެ.
ކަރެކްޝަންސް އިން ކުރި ޓްވީޓެއްގައި ބުނީ އެސިސްސެންޓް ސުޕްރިޓެންޑެންޓު އޮފް ޕްރިޒަންސް އަބްދުލް ޣަނީ އާއި ޕްރައިވެޓް ހުސައިން ސޮލާހުގެ ވިސްނައިގަތުމާއި ފިޔަވަޅުމުގެ އަވަސްކަމަކީ، މޫދަށް ވެއްޓުނު ކާރުގައި ތާށިވި ތިން މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީއަކަށް ވި ކަމެއް ކަމަށެވެ. އެ އޮފިސަރުންގެ ހިތްވަރާއި ހެޔޮ އަމަލަށް ސެލިއުޓް ކުރާ ކަމަށް ވެސް ޓްވީޓްގައި ކަރެކްޝަންސް އިން ބުންޏެވެ.
ފުލުހުން އިއްޔެ ބުނީ މާފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓި އޭގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަަކަށް އަނިޔާވި ކަމަށެވެ. އެ މީހުންނަށް މާފުށީ ސިއްހީ މަރުކަޒުން ފަރުވާދީފައިވާ ކަމަށާއި ކާރު ވެއްޓުމުގެ ތެރޭގައި ފަޅުގައި އޮތް ލޯންޗަކަށް ގެއްލުންވި ކަމަށް ވެސް ބުންޏެވެ.
Salute our officers 👮🏾♂️ pic.twitter.com/KjvXc93v8X
— Ahmed Mohamed (@ahumadhumohamed) January 14, 2021
ކަރެކްޝަނަލް ސާވިސްގެ ޓުވީޓު
ފުލުހުން ބުނީ އެ ކާރު ދުއްވާފައި ވަނީ ކާރު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
15 January 2021
ލައިސަންސް ނެތި ކާރު ސައިކަލު ދުއްވުން ހުރިހާ ރަށެއްގައިވެސް ވަރަށް ގިނަ. އެކަން ހުއްޓުވަން މާބޮޑު މަސައްކަތެއް މާލެ ފިޔަވައި އެހެން ރަށަކު ކުރާހެން ހީއެއްނުވޭ. އެފަދަ ކަންކަން ކުރާކަމަށް ބެލެވޭ ކުދިން ހުއްޓުވައި ފުލުހުން ސުވާލުކޮށް އުޅޭތަން މާލެއިން ވަރަށް ގިނައިން ފެނޭ.
މީހުން ގެ
14 January 2021
ލައިސަންސް ނެއް މީހާ މަރުވިނަމަ ކިހިނެއް ތޯ ހައްދަވާނީ ލޮލޮ
ޮމޮޔަމީހާ
14 January 2021
ޝުކުރިއްޔާ ޙަބަރުގައި ސަލާމަތްކޮށްދިން މީހުންގެ ނަން ހާމަކޮށްލަދިނީތީ! ވަރަށް ރަގަޅު