ފުލުހުން ރޭގެ ވަގުތެއްގައި ނެރުނު އަމުރު މިއަދު ލިބުމާ އެކު މިހާރު ވަނީ ރިސޯޓްގެ ޖީއެމް ފުރުން މަނާކޮށް، ކަމާބެހޭ އިދާރާތަކަށް ފުލުހުން އަންގާފައި
ފިނޮޅު ހަލާކުކުރަން އެތަނަށް ދިޔަ ގިލިލަންކަންފުށި ރިސޯޓްގެ ބައެއް މުވައްޒަފުންނާ އެކު ޖީއެމް ޑޭވިޑް ސްޓެޕެޓިކް (މ)
24 ޖެނުއަރީ 2021 - 17:50
ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލަން ކުރި މަސައްކަތުގައި ބައިވެރިވި ގިލިލަންކަންފުށި ރިސޯޓުގެ ޖެނަރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ރާއްޖެއިން ފުރުން މަނާކޮށްފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ގިލިލަންކަންފުށި ރިސޯޓުގެ ޖީއެމްއާ އެކު ބައެއް މުވައްޒަފުން ވަނީ ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލުމަށް ކޯރު ކަނޑަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހިންމަފުށީ ރައްޔިތުން ވަނީ ފުލުހުންނާ އެކު އެ ފިނޮޅަށް އަރައި އެކަން ހުއްޓުވާފަ އެވެ.
ފުލުހުން ބުނީ ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާ ގުޅިގެން ގިލިލަންކަން ފުށި ރިސޯޓްގެ ޖެނަރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އަމުރު ލިބުމާ އެކު، ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އެކަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފިނޮޅު ނައްތާލުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުވަން ދިޔަ އެ ރަށުގެ ގެސްޓްހައުސްގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު އިމްތިޔާޒް ވިދާޅުވި ގޮތުގައި އެ މީހުން އެކަން ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އަދި އެކަން ކުރަނީ ހިންމަފުށީ ރައްޔިތުން އެ ފިނޮޅަށް ޕިކްނިކް ގޮސް އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިލިލަންކަންފުށީގެ ވޯޓާ ވިލާތަކުގައި ތިބޭ މީހުންނަށް ފިނޮޅު ވަރަށް ރީތިކޮށް ފެންނާނެ. އެހެންވެގެން ކަމަށް ބެލެވެނީ އެހެން ހެދީ. އަސްލު މިކަން ކުރީ ކީއްވެ ކަމެއް އެހީމަ ވެސް ޖީއެމް ވިދާޅެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ދިޔަވަރު ހިކިފައި އޮންނަ އިރު އެ ފިނޮޅުގެ ދިގުމުގައި ގާތްގަނޑަކަށް 200 ފޫޓް ހުރެ އެވެ. އެތަން ނައްތާލަން އުޅެނިކޮށް ހިންމަފުށީގެ ބައެއް މީހުން ދިޔަ އިރު ތިން ސަރަހައްދަކުން އޭރު ވެސް ކޯރު ކަނޑާފައި އޮތް ކަމަށް، މަންޒަރު ދުށް މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީ.
24 January 2021
ދިވެހިންގެ ނާތަހުޒީބުކަމުން ފަތުރުވެރިން އެރިއުޅޭތަންތަން ނަޖިސްކުރަނީ މީގެތެރޭ އެބައުޅޭ ވަޒީފާޔައް ފަރުވާކުޑަވެ މުދަލައް ގެއްލުންދީގެން ކަނޑާލާފަ ތިބިމީހުން ސަރުކާރުން މިކަންކަން ހައްލުކުރަންޖެހޭ
ކަރިންމަ
24 January 2021
ކޮންމެ ސަރުކާރަކުން ހަދާ ގޮތަކީ އަތޮޅެއްގަ ހުރިއްޔާ ހުރި ރަށެށް ރަށު ފަޅުތެރޭގައި ހުރިއްޔާ ހުރި ފަޅުރަށެށް ރިސޯޓު ހަދަންދެނީ އާމުން ހިތްހަމަ ޖައްސާލަން ދާނެ ފަރެއް ފަޅެއް ރަށެށް ނުހުރެ.އެހެންވެ މިހާރު މި ދިމާވެގެން މިއުޅޭ މައްސަލަ ދިމާގެން މިއޮޅާެނީ.ޓޫރިޒަމް މޮޑެލް ބަދަލް ކުރަންވީ ގިނަ ދިވެހިންނަށް ފައިދާ ވާ ސިނާއަތަކަށް! އެކަން ކުރެވޭނީ ދިވެހިރާއްޖެ ލާމަރުކަޒު ކޮށްގެން!
އެމެރިކަން އީގލް
24 January 2021
އެނާ ވަގްތުން ވަގްތަށް ދޫކޮށްލުމަށް ގޮވާލަން. އޭނާއަކީ އެމެރިކާގެ ރައްޔިތެއް، ޓްރަމްޕްހުރުނަމަ އެއްމިނިޓުވެސް އޭނާ ފުރުން މަނައެއްނުކުރެވޭނޭ.
ހާމިދު ޝާހިދު
24 January 2021
ނުލާހިކު ވަރުން ފަތުރުވެރިން މިހާރު މިގެނެވެނީ، އެމީހުންގެ ހިތް އުފަލަށް ބާއްވާފައި އޮތްތަނަކަށް ޕިކްނިކު ދިޔައިމާ ވާގޮތަކީ، އެތަން ނުބެލެހެއްޓި، ހަލާކުވެ، ކުނި އެޅި ހަޑިވެގެން ދަނީ. ދިވެހިން ދަތުރުދާން މާލެއަތޮޅުން ތަންތަން ހާއްސަ ކުރާނެކަމަށް ވައުދުވި ސަރުކާރެއް މިހާރު މިއޮތީ، ސުވާލަކީ އެކަން ޗޮކުން ދިޔައީތޯ؟ ދިވެހިން ދަތުރުދާން މިހާ ހާލުގައި އުޅެންޖެހެނީ. މީގައި ރަނގަޅު ގޮތަކީ، ގިލިލަންކަން ފުއްޓަށް އެ ފިނޮޅު ކުއްޔަށްދީ އެލާރި ރަށަށްދިނުން.
މަގޭވެށި
24 January 2021
ވަކި ޖީއެމް އެކަނިއެއްނޫން ތިކަމުގައި ބައިވެރި ހުރިހާ އެންމެނަށާއި މެނޭޖްމެންޓްއަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ސުވާލަކީ އެކަން މިސަރުކާރަށް ކުރަން ކެރޭނެބާވައޭ
ހަސަންމުނީރު
24 January 2021
ރާއްޖޭގެ ފަތުރުވެރިކަން ހަލާކުވާނެ ގޮތެއް ނެތިގެން އުޅޭބަޔަކުވެސް މިޤައުމުގައި އެބަ އުޅެއެވެ. ތިޔަ ލައިގަންނަނީ އެމީހުންގެ ފުށުން ނިކުންނަ މައްސަލަތަކެވެ. ތިޔަ ފިނޮޅަކަށް ހިންމަފުށީ މީހުން ގޮސް ގިލީގެ ގެސްޓުންގެ މިނިވަންކަމަށް ހުރަސް އެޅުން އެއީ ކުޑަ ކަމެއް ނޫނެވެ.
ދޮން
24 January 2021
ގެސްޓުންނަށް އެއޮތީ ގިލި. ފިނޮޅަށް ދިވެހިންނަށް ދެވެންޖެހޭނެ. މީ ދިވެހިންގެ ޤައުމު