ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލޭގައި ދޫކޮށްފައިވާ ފްލެޓްތަކުގެ އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ ފައިސާ ޖޫރިމަނާގެ ގޮތުގައި ކަނޑައި ބެއް މީހުންގެ އަތުން ފްލެޓް އަތުލި ކަމުގެ ޝަކުވާ ބޮޑު.
ހުޅުމާލޭގެ ފްލެޓްތަކެއް: އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ ކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފައި.
28 ޖެނުއަރީ 2021 - 11:50
ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމާ ޚިލާފަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ ފައިސާ ޖޫރިމަނާގެ ގޮތުގައި ކަނޑަމުންދާ މައްސަލައެއް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ފެންމަތިކޮށްފި އެވެ.
އެ ތަނުން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ މައްސަލައިގައި ގިނަ ޝަކުވާތަކަކާ އެކު މައްސަލަ ޝަރީއަތަށް ހުށަހަޅައިދޭން އެދެމުން އަންނަ ކަމަށެވެ. ބޮޑު އަދަދުން ޖޫރިމަނާކޮށް ފައިސާ ނުދެއްކުނު މީހުންގެ އަތުން ފްލެޓް އަތުލާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ޕީއައިއެލްސީން ބުންޏެވެ.
We have received complaints that HDC has charged heavy unfair penalty amount with regard to some of the social housing flats in breach of the contract.
— SHUNA 🇲🇻 (@ShunanaMariyam) January 27, 2021
If you are facing this problem, and if you can’t afford to hire a lawyer then email to [email protected]
Read press release👇🏾 https://t.co/6K8JwrXryD
އެ ލޯފާމުން މިހާރު އަންނަނީ އެ މައުލޫމާތު ހޯދަމުންނެވެ.
"މި މައްސަލަ މި ޖަމިއްޔާ އިން ދިރާސާކުރިއިރު، ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ސޯޝަލް ހައުސިން ފްލެޓްތަކާ ގުޅޭ ގޮތުން އެޗްޑީސީން ޖޫރިމަނާކޮށްފައި ވަނީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުންތަކާ ޚިލާފަށް ކަން ފާހަގަކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ފައިސާ ނުދިން ބިދޭސީންގެ ހައްގުގައި ޕީއައިއެލްސީގެ ވަކީލުން އެ ރަށަށް ގޮސް މިދިޔަ އަހަރު ހަރަކާތްތެރިވަނީ.
ޕީއައިއެލްސީން ބުނި ގޮތުގައި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ބަލާނީ މުއައްސަސާތަކާ ވާހަކަ ދައްކައިގެން ހައްލެއް ހޯދޭތޯ އެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހައްލެއް ނުހޯދިއްޖެ ނަމަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ ފައިސާ ޖޫރިމަނާގެ ގޮތުގައި ކަނޑައި ފްލެޓް އަތުލާފައިވާ މީހުންގެ ހައްގު ހޯދައިދޭން ހިލޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދޭން ވެސް، މިފަދަ ގިނަ މައްސަލަތަކުގައި ވަކާލާތުކުރާ، ޕީއައިއެލްސީން ވަނީ ނިންމައިފަ އެވެ.
މި މައްސަލާގައި އެތަނުގެ އެހީތެރިކަން ބޭނުންވާ މީހުން 10 ދުވަހުގެ ތެރޭގައި ލިއުންތައް ފޮނުވައިދޭން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުރްމަނާނާ
28 January 2021
ޖޫރިމަނާ ދައްކަންޖެހޭނެ، ކުލިވެސް ދައްކަންޖެހޭނެ. ފުރަތަމަ މި މަހު ކުލި ދައްކާލާނިއްޔޭ، ޔޫރިމަނާ އަދި ބާއްވާލާށޭ ބުނެފައި ހަމަޖެހިލާންވެގެން ގިނަ މީހުން އުޅެނީ. ވަރަށް އެހެން ކަހަލަ ދިރިއުޅުމުގެ ގޮތެއް ގިނަ މީހުނަށް މިހާރު ދަސްވަމުން މިދަނީ.
ބާދަގަނޑަށް
28 January 2021
100އިން100ހަޤީގަތެއް . ފުލެޓަށްފައިސާނުދައްކާކަމަށްހަދަނީ . އެކައުންޓަށް ޖަމާކުރާފައިސާ ޖަމާވަނީއެމީހަކަށް ޕެންޝަނަށްލިބޭފައިސާ ޕެންޝަނަށް ލބޭނީ 3080ރުފިޔާނަމަ އެމީހަކަށް ފުލެޓަށް 3000ރުފިޔާދައްކަން ޖެހޭނީ ފުލެޓަށް 2018އިންފެށިފެން މިހާތަނަށް ފައިސާޖަމާނުވާކަމަށް ހަދާ ފައިސާނުދައްކާކަމަށް ހަދާ މީހެއްގެ އަތުން 40ހާސްރުފިޔާޖޫރިމަނާއާއެކުއޭކިޔާކައްވާލާފި . މިހާރުއެމީހާ އެޗްޑީސީއަށް ގޮސް ފައިސާދައްކަނީ ޖަމައަވާފައިސާއެކައުންޓުނ ނުކެޑޭގޮތައް ހެދީ .
ލޯކަނު
28 January 2021
ޖައުފަރުގެ ޕަރީ އަކީ މީ އަބަދުވެސް މަސްހޫރުވާން އެނބުރޭ ވަހުތާނެއް.
ޖަނާބުއަންބާމު
28 January 2021
މިގައުމުގާ ކޮންމެތަނަކަށް ބަލާލިޔަސް ހަމަހުރީ ތިހާލުގާ ނޫނީ ތިއަށްވުރެވެސް ހާލަތު ދެރަކޮށް.
އާއި
28 January 2021
ގާނޫނީ ވަކީލު އަބަދު މިކުރާ މަސައްކަތަކީ އެއްބަސްވުންތަކާއި ޚިލާފަށް އަމަލުކޮށް ދިރިއުޅޭތަނަށް ކުލި ނުވަތަ ޖޫރިމަނާ ނުދައްކާ މީހުންގެ ދިފާއުގައި މަސައްކަތްކުރުން މީކޮންޒާތެއްގެ ގާނޫނީ މަސައްކަތެއްބާ؟