ދަރުބާރުގޭގައި އޮތް ރަސްމިއްޔާތު ނިންމަވާލެއްވުމަށް ރައީސް ނިކުމެ ވަޑައިގެންނެވި. އެމެރިކާގެ އިންތިހާބީ ރައީސްއަށް އެ މަނިކުފާނު މަރުހަބާ ވިދާޅުވި-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
09 ނޮވެމްބަރ 2016 - 18:39
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯއްދެވުމަކީ ކޮންމްވެސް ވަރެއްގެ އުފާތަކެއް އަދި ހިތްހަމަ ޖެހުންތަކެއް ލިބޭ ކަމެއް ކަމަށް ރަައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން މުޅި ދުނިޔޭގެ ކަންކަމަށް އެމެރިކާއިން "ޕޮލިސް ކުރުން" ނުވަތަ ފާރަލުން މިހާ ހަމައިން ހުއްޓާލަން ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވާ ވާހަކައަށް ރައީސް ޔާމީން ތާއީދު ކުރެއްވި އެވެ.
"މިއީ އެއްވެސް ޝައްކެއް ނެތްގޮތުގައި ރަނގަޅު ވާހަކައެއް." އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ގައުމަކީ ވެސް ސިޔާދަތީ ބާރު އޮތް، ފުރިހަމަ އިސްތިގްލާލީ ބާރު އޮންނަ ބަޔަކަށް ވާންޖެހޭ،"
ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ކުރާކަންކަން ޕޮލިސް ކުރާކަށް އެހެން ގައުމަކަށް ނުޖެހޭނެ ކަމަށާއި ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އަމަލު ކުރައްވާނަމަ ދުނިޔެ އަކީ މިހާރަށް ވުރެ އަމާންތަނަކަށްވާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުން އުޅެން ބޭނުންވާ ގޮތަށް އުޅޭވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް ފެނިގެން އައިސްފައިވަނީ ދުނިޔޭގެ ކޮންމެ ދިމާއެއްގައި ވެސް ހިނގާ ކަންކަމަށް ކޮންމެވެސް ބާރު ހުރި ގައުމަކުން ނުފޫޒު ފޯރުވާތަން ކަމަަށެވެ. އެހެންވެ، ދުނިޔޭގައި އުޅޭ މީހުން ދެ ދަރަޖައަކަށް ބެހިފައިވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
އެކަމަކު ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އެންމެން އެއް ދަރަޖައިގެ ބަޔަކަށްވެ، ޑިޕްލޮމަސީގައި އެއް ބަހުރުވައަކުން ވާހަކަ ދައްކާ ބަޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ހިސާބުން ދުނިޔޭގެ މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޓްރަމްޕްގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އެ މަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރިޓިކަލް
10 November 2016
ޓްރަންޕައް މިތާ ރައީސްގެ ނަންފުޅުވެސް ނޭނގޭ... ކެކެކެ
ނީނާ
10 November 2016
މީކޮންކަހަލަ ވެރިއެއްތ؟
ބޮކުބާޑު
10 November 2016
އެމެރިކާގެ ރައީސަކަށް ޓުރަމްޕް ހޮވުމުން އުފާ ފާޅުކޮށް ހިތްހަމަޖެހޭ ކަމަށް އެއްޗެއް ބުނި މަދު ގައުމު ތަކުގެ ތެރޭގަ ރާއްޖެ އާއި އިޒުރޭލް ހިމެނޭ. އިޒުރޭލުން ބުނީ ފަލަސްތީނުގެ ނިމުން އައީ ކަމަށް. ރާއްޖެ އުފާކުރަނީ ކީއްވެބާ؟؟ ޔާމިނަށް ހިތްހަމަޖެހުން މިިލިބެނީ ކީއްވެބާ؟؟
ލަދުންބޯހަލާކު
10 November 2016
ޔާމީނަށް ކިޔޭ ނުކިޔޭ އެނގޭބާ؟ ލަނޑަޔާވާނީ ހަމަ ލަނޑަޔާ
ވިސްނާ
10 November 2016
ދުނިޔޭގެ ގިނަ މީހުން ޓްރަޕްޓް ސިފަކުރަނީ ދެވަނަ ހެޓިލަރުގެ ގޮތުގައެވެ. ހެޓިލަރު ޔަހޫދީންނެެވެ. ޓްރަޕްޓް މުސްލިމުންނެވެ. މިފަދަ ނުބައި ވިސްނުން ގެންގުޅޭ މީހުންގެ ސިޔާސަތު ކަމުދާނީވެސް އެފަދަ ސިޔާސަތުތަކަށް ލޯބި ކުރާ ލީޑަރުން ނަށެވެ. އިންސަނީ ކަރާމަތަށް ހިތް ނޭދޭ މީހުންނެވެ. އަދި އެއްކަމެއް ފާހަގަ ކޮށްލާނަމެވެ. ޓްރަޕްޓް ވެރިކަމަށް ހޮވިގެން ފުރަތަމަ ދިން ތަގުރީރުގައި ވިދާޅުވީ މިއީ އެންމެގެ ރައީސް ކަމަށެވެ. ނޮވެމްބަރު 17، 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ދަރުބާރުގެއިންވެސް މިފަދަ އަޑެއް އިވިގެން ދިޔައެވެ. ނަމަވެސް ކަންހިނގައިދިޔަގޮތް އޮޅުމެއްނެތްމިންވަރަށް ފެނިގެން ހިގައްޖެއެވެ. ވާދަވެރިން ގެ އިތުރުން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި އިސް އެންމެންނަށް އަހުވަ ޖައްސައިފިއެވެ. އެންމެ ކުޑަމިނުން ލޯބިވާ ބޭބެއަށްވެސްމެވެ.
އުމަރު
10 November 2016
ޓްރަމްޕްބުނީ އެމެރިކާއިން މުޅި ދުނިޔެ ޕޮލިސް ނުކުރުމަށް އެކަމަކު ޔޫއެންގެ އެޖެންސީތަކުން އެދުނީމާ ބާރުގަދަ ގައުމުތަކުން ދުނިޔޭގެ ގައުމުތަށް ޕޮލިސްކުރާނެ އެއީ އިންސާނީ ހައްގުތަކަށް އަރައިގަންނާތީ،
އަލީ
10 November 2016
ރާއްޖޭގެ ރައްޔަތުންގެ އުފާވެރިކަން ގެއްލިއްޖެ ފޮޓޯއިން އެފެންނަ މީހަކު ވެރިކަމަށް އައި ފަހުން.
ވިސްނާލީމާ
10 November 2016
މަރްހަބާ ޓްރަމްޕް! އަހަރެމެންގެ ގައުމާދޭތެރޭވެސް ރަނގަޅަށް ކަންކުރައްވާނޭކަމުގާ ހީކުރަން! ކިތަންމެ ގަބޫލުކުރަން ދަތިނަމަވެސް ޓްރަމްޕް ތިވަނީ އެމެރިކާގެ ރައީސްކަން ހޯއްދަވާފާ! އެކަން ދެންޖެހޭނީ މަވެސް ގަބޫލުކުރަން! އެކަމަކު އަހަރެންގެ އެދުމަކީ ބާރެއްލިބިފާވިޔަސް މުސްލިމުންނާދޭތެރޭ ނުބައިކޮށް ކަންތައް ނުކުރުން! -އިބްރާހީމް-
ނަސީމު
10 November 2016
ތިއަޑު ޓްތަމްޕް އަހައިފި
ބިލެތު އާދަނު
10 November 2016
ބޭފުލާގެ ވިސްނުން ރަގަޅެއްނޫން، ވިސްނުން ރަނގަޅު ކޮސްލައްވާ،
އަސްލުމާ
10 November 2016
ޓްރަންޕަކީ ރޭސިސްޓެއް މުސްލިމުންނާ މެދު ނަފްރަތުގެ ނަޒަރަކުން ދެކޭ މީހެއް. ދުނިޔޭގެ އެއްވެސް މުސްލިމު ގައުމެއްގެ ލީޑަރަކު ކޮމެންޓެއް ނުދޭ އަދި. އެއީ ޓްރަމްޕްގެ ގޮތް ނޭނގޭތީ. ބައެއް ކުދި ގައުމުތަކުގެ ވެރިން ރައްޔިތުންނާމެދު ހިތު ހުރިގޮތަކަށް ކަންތައްކޮށް، ޚުދުމުޚުތާރުކަން ދެއްކުމުން އެކަމާވެސް އެމެރިކާއިން އެއްޗެކޭ ނުބުނުމޭދޯ ރަނގަޅީ ތިޔަ ވިދާޅުވަނީ.