ހިޔާ މަޝްރޫއުގެ ފްލެޓްތަކެއް: އެއް ކޮޓަރީގެ ފްލެޓްތައް ނެތް ކަމަށް ބުނެ ސަރުކާރުން ވަނީ އެ ކެޓަގަރީތައް އުވާލާފައި --- ފޮޓޯ/މިހާރު
18 ފެބުރުއަރީ 2021 - 17:20
ހިޔާ މަޝްރޫއުގައި އެއް ކޮޓަރީގެ ފްލެޓްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބުނެ، އެ ކެޓަގަރީތައް އުވާލަން ސަރުކާރުން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވަނީ ހިޔާ މަޝްރޫއު އިއުލާން ކުރިއިރު އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރަން ހަމަޖައްސާފައިވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލޭ ފޭސް 2 ގައި އަޅާ ޓަވަރުތަކުން ބައެއް ފްލެޓް ގަތުމަށް ފަހު ކަމަށެވެ.
މިވަގުތު ގަންނަން ލިބެންހުރީ އެމްޑަބްލިއުއެސްސީން ސަރުކާރަށް ޚާއްސަކުރި 36 ފްލެޓެއް ކަމަށާއި އަދި، އެތަންތަން ދޫކުރާނީ އެޗް14 ކެޓަގަރީން ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބޭ އާއިލާތަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެއަށް ފަހު އެތަނުން ބާކީވާ ފްލެޓްތައް މާލޭގެ ރަށްވެހިންނަށް ޚާއްސަ އެޗް12 ކެޓަގަރީއަށް ދޭން ނިންމާފައިވާ އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވަނީ ސަރުކާރު ކުންފުނިތަކުން އަޅަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓްތަކުގެ ޓަވަރުތަކުން އިތުރު ފްލެޓްތައް ގަންނަން ލިބެން ނެތް ކަމަށާއި އެހެންވުމުން އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރާ ތިން ކެޓަގަރީ އުވާލަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އުވާލަން ނިންމައި، ފޯމްތައް ބާތިލްކުރީ 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ އެޗް11 ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޚާއްސަ އެޗް13 ކެޓަގަރީގެ އިތުރުން އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަކުރި އެޗް15 ކެޓަގަރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
19 February 2021
ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އިޚްލާޞްތެރި ސަރުކާރެއް އަންނާނެބާ?
މާކުންބޭބެ
19 February 2021
ކިތައް މީހުންގެ ހައްގަށް ތި އަރައިގަތީ؟ ނުވަންޏާ އިސްތިއުފާ ދީފަގޭގަ ތިބޭ
ވާނެކަން
19 February 2021
އަދި އަންނާނެ މި އެންމެންނަށާއި އެންމެ މަތީ ފަރާތަށް ޖަވާބުދާރީ ވާން ޖެ ހޭ ދުވަސް.
ސުއޫދު
19 February 2021
ދެން އެމްޑީޕީ އަށް ވޯޓް ދޭނީ ވެސް މާލޭ ކެޓަގަރީއިންތާ
އިބޫއަށޑ
19 February 2021
އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ވޯޓުދިނީ ކުރީ ސަރުކާރުން ހިންގަމުން އައި ކޮރަޕްޝަން އަށް ނޫނެކޭ ބުނުމަށެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވައުދުވެފައިވާ ބޯހިޔާވަހިކަމުން މަހުރޫމުކުރުމަކަށް ނޫނެވެ. މި ސަރުކާރަކަށް ކޮރަޕްޝަނާ ދެކޮޅަށް އެދެ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭވޭ ފިޔަވަޅެއް އެޅިފައެއް ނެތެވެ. ރައްޔިތުން އިތުރަށް ތިކުރީ ބިކައެވެ. އެހެންވީމަ ދެން އެމްޑީޕީގެ ކެންޑިޑޭޓަކަށް ވޯޓުދިނުމެއް ނެތެވެ.
ޥަސް
19 February 2021
ރުޅި ނާރުވާ 14000 ފެލެޓް އަޅާދީބަލަ. ޢެކަކަށްވުރެ ޚިޔާލް މޮޅުވެފަ ކުރެވޭ މަސައްކަތް ގިނަވާނެދޯ ކޯލިޝަންގަ. 7000 އެޅީ ކަނޑު ހިއްކައިގެން. ދެން ހިއްކާފައޮތް ތަނެއްގަ ދަނޑިފަނުން ޖަޒީރާ ކޮށްފަވެސް އެޅޭތޯ ބަލާބަލަ. އަނގަ ސަރުކާރު.
އަސްލުހިޔާ
19 February 2021
ނުފޫޒުގެ ބެއިނުންކޮއްގެން އެކްޓިވިސްޓުންނާއި އެމީހުންގެ އަނބިންނަށް ފުލެޓް. މަދު މީހުން ތިބި ކެޓަގަރީ ތައް ބާކީ. މަޖުލިސް އިންތިހާބު ހޯދީ ދަޅަ ދައްކައިގެން. މިފަހަރު ވާ ސަލާން.
މެސެޖް ޓު ކޮމެންޓާސް
19 February 2021
ކޮމެންޓަރުންނަށް ބުނެލަން އޮތީ މިސަރުކާރަށް ވޯޓް އެޅިޔަސް ނޭޅިޔަސް މިސަރުކާރަށް ތާއިދުކުރާ މަކުނުން ރާއްޖޭގައި ގިނަވީ. ވޯޓުނާޅައިވެސް އެމްޑީޕީއިން އެހުރީ ގިނަ ގޮޑިތައް ހޯދައިފައި. 2018 ވަނަ އަހަރުގައި އީސީއިން ވޯޓް އޮޅުވާލިގޮތަށް މިފަހަރު ވޯޓް އޮޅުވާލިޔަސް ކުރާނެއެއްވެސް ކަމެއް ނޯންނާނެ. ހުރިހާ ކޯޓުތައް އެމްޑީޕީ. މަޖްލީސްވެސް އެމްޑީޕީ. ޕޮލިހާއި ޕީޖީވެސް އެމްޑީޕީ. ރޯމާއި ދުވާލު އެމްޑީޕީ މީހަކު ވައްކަން ކުރިޔަސް ރޭޕް ކުރިޔަސް އެދޫކޮށްލަނީ. ވިސްނާލާ
ބާރުބާރު ޔަންނި
19 February 2021
ދެންއޮތީ ހުރިހާ ފްލެޓް ޖޭއެސްޗީއަށް ހާޒިރުުކުރުން ތިންބާރު ގަށާލުން
ކަކުނިބޯ
18 February 2021
މިއީ ކޮންތާކުން އިންސާފު ކިޔަވާގެންތިބި ބައެއްބާ؟ މެތަމެޓިކްސް އިން ޕީއެޗްޑީ މީހަކަށް ލިބުނުގޮތަށް މިމީހުންނަށް އިންސާފުން ޕީއެޗްޑީ ދޭންވެއްޖެ. ހައްޤުމިންވަރުން ޕީއެޗްޑީ ދޭންވެއްޖެ. ވިސްނާލާ އުވަލީމާ ތިކުޅެވެނީ ބަތްކައްކާ. އުވަލާނެކަން އެގޭނަމަ އެމީހުން ތިޔަކެޓަގެރީއަކަށް ނުލާނެ. އެންމެރަނގަޅުގޮތަކީ އެމީހުންނަށް އެންމެރަގަޅަށް ވާދަކުރެވޭ ކެޓަގަރީިއަކަށް ބަދަލުކޮށްދިނުން އުވާލާނަމަ. އުވާލަން މާއައުލާކަންބޮޑު އެހެންކެޓަގަރީތައްވެސް އެބަހުރި
ހަލީމާ
18 February 2021
ނިކަން ބަލާބަލަ ރަށްރަށުގަ ދިރިއުޅޭ ކިތަށް މީހުންނަށްތޯ ފުލެޓު ދީފަ ތިބީ ؟މަށަށް އެނގިގެން އެތަށް ބަޔަކަށް ދީފަ އެބަތިބި. ކޮބާ މާލޭގަ ަގަނަ ތެޅޭ މީހުންގެ ހައްގު؟ އަނގަ ސަރުކާރު، އިންސާފެއް ނެއް ސަރުކާރު، މަކަރު ސަރުކާރު
1828
19 February 2021
ހުޅުމާލެއަކީ މާލޭ މީހުންގެ ބިމެއްނޫން. އެއީ ހުރިހާ ދިވެހި ރައްޔިތުންގެ ބިމެއް.
ޞޔގުގ
19 February 2021
މާލޭގަ ކުއްޔަށްއުޅޭ މީހުންނަށް އެންމެހައްގީތިތަންތަން. މާލޭމީހުން ދަހިކަމުން ސަތޭކައަކަފޫޓުހަމަނުވާ ތަންތަންކޮޅު އަމިއްލައަށްދިރިއުމަށްއެކަށީގެންވާގޮތަށް ނުހަދަ އެވަރުގެ ތަންތަންކޮޅުގަވެސް ދެކޮޓަރިއަޅާފަކުއްޔަށް ދޫކުރާތީ މާލޭމީހުންގަނަތެޅެންޖެހެނީ