އިދިކޮޅު ހަރަކާތުގައި އިސްވެ އުޅުއްވާ އަބްދުއްރަހީ،މް: މިއަދު ހަވީރު ފުލުހުން ވަނީ ކުއްލި ގޮތަކަށް އޭނާ ހައްޔަރުކޮށްފައި،
22 ފެބުރުއަރީ 2021 - 17:39
ފުލުހުން ދެންމެ ބުނީ، އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޗުޕީއޭގެ އުސޫލާ ޚިލާފަށް، އޭނާ އިސްވެ ހުންނަވައިގެން މާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށް. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު މިހާރު އަބްދުއްރަހީމް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނޭ.
އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހައްޔަރު ނުކޮށް ދޫކޮށްލައިފި. އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށް ވޭ.
އިދިކޮޅު ހަރަކާތް ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެންމެ ހައްޔަރުކޮށްފި އެވެ.
އިިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ހައްޔަރުކުރީ ގެ އަށް ވަޑައިގަންނަވަން ޕާޓީގެ އޮފީހުގެ ދޮރުމައްޗަށް ނުކުމެވަޑައިގެންނެވި ތަނުން ކަމަށެވެ.
އަބްދުއްރަހީމް ހައްޔަރުކުރި ސަބަބެއް އަދި ނޭނގެ އެވެ.
އޭނާ ކުއްލި ގޮތަކަށް މިއަދު ހައްޔަރުކުރިއިރު، ހަޑިހުތުރު ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ، އަބްދުއްރަހީމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިދިޔަ ޖެނުއަރީ 31 ގައި ވަނީ ފަށައިފަ އެވެ.
ދައުލަތުން ކުރި ދައުވާގައި ވަނީ ނޮވެމްބަރު، 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ކުރި މުޒާހަރާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަމުން، ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި ހުތުރު ބަހެއް (އެކަށީގެން ނުވާ ބަހަކަށް ވާތީ އުނިކޮށްފައިވާ) ބޭނުން ކުރައްވާފައިވާ ކަމަށެވެ. ހުތުރު ބަސް ބޭނުން ކުރެއްވުމުގެ އިތުރުން އެ ފަނޑިޔާރުން ޖަލަށްލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި ކަމަށް އެ ދައުވާގައިވެ އެވެ.
މިދިޔަ ޖެނުއަރީ 27 ގައި އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއަކާ ގުޅިގެން ވެސް ފުލުހުން އަބްދުއްރަހީމްގެ މައްޗަށް ވަނީ ތިން ތުހުމަތެއް ކޮށްފަ އެވެ. އެއީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގެ އިތުރުން އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް މަގުމަތީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރުމުގެ ތުހުމަތު ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެ އެވެ. އެކަމަކު، އެއީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި ދަރުބާރުގެ ކައިރީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އޭރު ފުލުހުން ބުނެފައި ނުވާ ކަމަށް އޭނާ މީޑިއާގައި ވިދާޅުވެފައި ވެ އެވެ.
ޖެނުއަރީ 27 ގެ މުޒާހަރާއާ ގުޅިގެން އަބްދުއްރަހީމް ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު ދޫކޮށްލީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
23 February 2021
ބަލަ އަދުރޭ މެން ގާނޫނާ ހިލާފް ވީމަވެސް ޖޫރިމަނާ ނުކުރެވޭ މި މީހުނައް ހިދަނީ ވަކި ގާނޫނެއްބާ
ފުތާ
23 February 2021
ހިސާބު ސޯ ފުލުހައް ގެންގޮސާ ކޮންމެ ފަހަރަކު ގަޑި އިރެއްވެސް ނުވެ ދޫކޮއްލާ ނިކަމެތި މީހަކު ވިއްޔާ ދުވަސް ޖަހާނެ 15ދުވަސް ނޫނީ 10 ދުވަސް ނޫނީ ޖޫރިމަނާ މީކޮންކަހަލަ އިންސާފެއްތޯ
ސަންޕަ ހަސަންފުޅު
23 February 2021
އަދުރޭ އިސްތިއުފާ.
މިވަރެއްނެތް
22 February 2021
ޑިމޮކްރަސީއަކީ އިއްޔެގެ ވެރިން މިނި ނާޅިން މިއަދު އެވެރިން މިނުން. ޕީޕީއެމް ގެ ވެރިކަމުގައި އިދިކޮޅު މީހުންނާއި، މަޖިލީސް މެންބަރުންނާއި ރިޕޯޓަރުންނާއި ފަނޑިޔާރުން ދަމާކޫއްތާ ގެންދިޔަ އުސޫލުން މިއަދު އެވެރިންނާމެދުވެސް ކަންކަން ވާނެދޯ؟ ހަމަ އެއުސޫލުން އަދުގެ އެވެރިން ކަންކަންކުރާ އުސޫލުން މާދަމާ އެވެރިންނާމެދުވެސް ކަންކަން ވާނެ. މިއީ ދުނިޔަވީ ގާނޫނު.
ލާމަސީލު
22 February 2021
ތީގެން މީހަކު ޖޫރިމަނާވެސް ކުރެވެނީކީނޫން. އަހަރުން ކާންބޯން ކުރާ މަސައްކަތް ނިންމާފަ ގެޔަށްދިޔަސް ޖޫރިމަނާ. މިއީ ބޮޑުވެއްޖެ ކަމެއް. އިންސާފު މިއޮތީ ވަކިބަޔަކަށް ބަހާލާފަތާ ދޯ
ޢަދުރޭ ރަހީމް
22 February 2021
ޢަދުރޭ ގެންދިޔައީ އަދުރޭ އެދުނުގޮތަށް، އަދިރޭ ޖަލުގަ ބާއްވާފަ ޔާމީން ދޫކޮށްލަން
އަރުތަ
22 February 2021
ތީ ވަރަށް ހިފިނުހުރެވިގެން އުޅޭ ފިރިހެނެއް، ޤާނޫނީ ހަމަތަކުގެ މަތިން ތިމީހާއާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު ލަސްނުކޮށް އަޅާބަލަ، އޭރުން ހުންނާނެ ހަތަރެސްކަން ހަމަވެފަ.
އަލްޖިބްރާ
22 February 2021
ތިޔަހަރަ އަރާ އަރަފޯދެނީ ! ޔާމީނުވެސް މިހާރު ވަރަށް އުފާވާނެ!
ރިކާބް
22 February 2021
އަދުރޭ ހައްޔަރު ނުކޮށްވެސް އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ބޭއްވުމުގެ ކަންކަން ކުރެވޭނެ..ހުރިހާ މުއައްސަސާއެއް މުށުތެރޭގައި އޮތީ..
ޝޮކްތެރަޕީ
22 February 2021
އަދުރޭޔަ ކިހިނެއްތަ ތިހަދަނީ.؟ ސަރުކާރުގެ ވައުދުތައް ނުފުއްދުނީމަ ރުޅިގަނޑު ބާލަނީ އަދުރޭޔައްތަ؟
އަރުތަ
22 February 2021
ހީވަނީ، އަދުރޭ ވެކްސިން ޖަހައިގެން މައިތިރި ނުވެގެން އުޅޭތީވެ އެކަމާހެން.........