ޚަބަރު / އެކްސިޑެންޓް

މުޅި ދުވަސް ދެ ރަހުމަތްތެރިންނާ އެކު، ދެން ފެނުނީ އެ ބިރުވެރި މަންޒަރު

ްފުވައްމުލަކުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި ކާރުގެ ތެރޭގައި ތާށިވި ދެ މީހުން ނެރުމަށް މަސައްކަތް ކުރަނީ.

އަލީ އާމިލް އަހުމަދާއި އަހުމަދު މުތީއު އަބްދުލްހަކީމް އިއްޔެގެ މެންދުރުފަހުގެ ބޮޑު ބައެއް ހޭދަކުރީ އެ މީހުންގެ އެކުވެރިއެއްގެ ގަރާޖުގަ އެވެ. ފުވައްމުލަކަށް އަލަށް ގެންދިޔަ ރީތި ސްޕޯޓްސް ކާރު މަރާމާތުކޮށް، ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެތަނުގައިކުރި އެވެ.

ދަޅު ބޮއެ، މަޖާކޮށް، އެކި ވާހަކަތަކުގައި ތިބެ އެ މީހުން މަސައްކަތް ނިންމާލައި، ކާރު ދުއްވާލަން ނުކުތީ ހަވީރު ހަތަރެއް ޖަހާ ބޮޑުވި ފަހުންނެވެ.

އެކަމަކު ގަރާޖުގެ ވެރިޔާ އަދި ދެ ޒުވާނުންގެ އެކުވެރިޔާ އެވަގުތު އެތާކު ނެތެވެ. އަސްލު ނަން ޖަހަން ބޭނުންނުވާތީ، މި ރިޕޯޓްގައި އެކުވެރިޔާގެ ނަމަކަށް ބޭނުން މިކުރަނީ އަހުމަދު ޝިމާލް އެވެ.

ޝިމާލް ބުނި ގޮތުގައި ދެ އެކުވެރިންގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ކާރުގައި ނުކުތް އިރު ގަރާޖުގައި ނުހުރެވުނަސް، އިއްޔެ އެމީހުންނާ އެކު އެންމެ ގިނަ ވަގުތު ހޭދަކުރެވުނީ އޭނާއަށެވެ. ގަރާޖުން ނުކުމެ ހޭދަވި 15 ވަރަކަށް މިނިޓް ތެރޭގައި އިވުނީ އޭނާއަށް ފެނުނީ ގަރާޖާ ވަރަށް ކައިރީ އޮތް ނައިބު ތުއްތު މަގާ ދިމާއަށް މީހުން ދުވާ ތަނެވެ.

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި މަރުވި ދެ ޒުވާނުން ކަމަށްވާ އާމިލް (ކ) އަދި މުތީއު

އޭރު އެހެން ދިޔަ އެމްބިއުލާންސް ފަހަތުން ޝިމާލް ވެސް ދިޔައީ، މާ ނުރައްކާތެރި ކަމެއް ހިނގި ކަމުގެ ހީތަކާ އެކު ވެސް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އޭނާއަށް ފެނުނީ، މަގުގެ އެއް ފަރާތުގައި ހުރި ގަހެއްގައި ޖެހިފައި އޮތް ކާރެވެ. އެއީ އޭގެ ކުޑައިރުކޮޅެއް ކުރިން އޭނާ މަރާމާތުކުރި ކާރުކަން ޔަގީންވި އެވެ.

އެ ކާރުގައި ތިބީ ކޮން ބައެއްކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު ކާރު ތެރޭގައި އޭރު ލެޔާ ތަތްތެޅިފައި އޮތް ދެ ޒުވާނުން ފެނުމާ އެކު އެއީ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ އާމިލް އާއި މުތީއުކަން އޮޅޭވަރެއް ނުވި އެވެ. ލިބުނު ސިހުން، ހިތާމަ، ބިރު އެހާ ބޮޑެވެ. ނަމަވެސް ދެ ރަހުމަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް، އެތަނުގައި ތިބި އެހެން މީހުންނާ އެކު، އޭނާ ފެށި އެވެ.

އެ ކާރުގެ ދޮރު ހުޅުވަނީ މައްޗަށެވެ. ނަމަވެސް ގަހުގައި ޖެހިފައި އޮތްލެއް ބާރުކަމުން ލިބުނު ގެއްލުންތަކުގައި ދޮރެއް ނުހުޅުވުނެވެ. އެހެންވެ ޝިމާލްމެންނަށް ޖެހުނީ ޗެއިން ބްރޭކަރާއި ބޮޑެތި ކަތުރާއި ގްރޭންޑަރު ފަދަ ސާމާނު ބޭނުކޮށް ދޮރު ކީހާލާށެވެ. ބައެއް އެއްޗެހި އޭނާގެ ގަރާޖުން ލިބުނެވެ. އަނެއް ބައި އެއްޗެހި ގެންދިޔައީ ކައިރީގައި ހުރި ވޯކްޝޮޕަކުންނެވެ.

ދޮރު ކީހާލަން ގަޑިއިރެއްހާއިރު ނެގި އެވެ. ދެ ޒުވާނުންނަށް ވެފައި ވަރު ފެނުނީ ވެސް އެހާ ހިސާބުންނެވެ.

ޝިމާލް ބުނިގޮތުގައި އާމިލްގެ ސިކުނޑިން ބައެއް އޮތީ ބޭރުގަ އެވެ. މޫނު މަތި ވެސް ޒަހަމްވެ، ސިފަ ވަކިނުވާ ވަރަށް ލެއިން ފޯވެފަ އެވެ.

ފުވައްމުލަކުގައި އިއްޔެ އެކްސިޑެންޓް ހިނގި ވަގުތު، ޒުވާނުން ސަލާމަތް ކުރުމަށް މީހުން މަަސައްކަތް ކުރަނީ-- ފޮޓޯ: އެމްވީކްރައިސިސް

އެއީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ހިތްހަލާކުވާ ފަދަ ބިރުވެރި އަދި ހިތްދަތި ވަގުތުކޮޅެކެވެ. ނަމަވެސް ދެ ރަހުމަތްތެރިންގެ ފުރާނަ ސަލާމަތްކުރަން، ހިތްވަރާ އެކު، ޝާމިލް އުޅުނެވެ.

"ކުރިން އަޅުގަނޑުމެންނަށް ބޮލުގެ ސިކުނޑި ފެންނަނީ ފޮޓޯ އާއި ވީޑިއޯތަކުން. އެކަމަކު އެކުވެރިޔާގެ ސިކުނޑި އަޅުގަނޑުގެ ހަމަ ލޮލަށް ފެންނަން އޮތީ،" އަދިވެސް ގަބޫލުކުރަން ދަތި އެ ހިތާމަވެރި މަންޒަރާ ބެހޭ ގޮތުން ޝިމާލް ބުންޏެވެ.

ދެ އެކުވެރިންގެ ހާލަތު ފެނުމުން ހިނދުކޮޅަކަށް އޭނާއަށް ހުއްޓުން އެރި އެވެ. ނަމަވެސް ފުރާނަ ސަލާމަތްކުރެވޭތޯ ސިކުންތެއް ވެސް ބޭކާރުނުކޮށް އެންމެން މަސައްކަތްކުރި އެވެ.

ޝިމާލް ބުނިގޮތުގައި ކާރު ދުއްވަން އިން އާމިލްގެ ކަނާތު އަތް، ކާރުގެ ދޮރު ތެދުކޮށްލި ވަގުތު، ކުޑަކޮށް ހަރަކާތްކޮށްލި އެވެ. އެކަމަކު އެމްބިއުލާންސްއަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އާމިލް އާއި މުތީއުގެ ހަށިގަނޑުން ވެސް އެއްވެސް ހަރަކާތެއް ނުފެނެ އެވެ.

ދެ ޒުވާނުން މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އާމިލަކީ ރޭސް ޖަހައި އުޅުނު ޒުވާނެއް ނޫން

އާމިލާއި މުތީއު ދުއްވީ އެހެން އެކުވެރިޔަކު އަލަށް ގަނެގެން ގެނައި ކާރެކެވެ. ޝިމާލްގެ ގަރާޖުގައި ކާރަށް ބައެއް ބަދަލުތައް ގެނެސް، މަރާމާތު ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭނާ ބުނިގޮތުގައި އެ ދުވަހު ވެސް، ކާރުގެ ބްރޭކް ޕެޑް ބަދަލުކޮށް، އެހެން މަރާމާތުތައް ވެސް ކުރި އެވެ. އެކަމަކު ކާރުގައި މައްސަލައެއް ނޫޅޭނެ ކަމަށް އޭނާ ބުންޏެވެ.

ކާރު ދުއްވަން އިން އުމުރުން 19 އަހަރުގެ އާމިލަކީ، ޝާމިލް ބުނިގޮތުގައި ރޭސް ޖަހައި، "މޮޅެތި ގޮތްގޮތަށް" ކާރު ދުއްވާ ޒުވާނެއް ނޫނެވެ. އެހެންވެ، އޭނާ ގަބޫލުކުރަނީ، އެކްސިޑެންޓްވީ ބާރު ކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.

"ހުރިހާ އެކުވެރިން ވެސް އެ ކާރު ދުއްވާނެ. ކާރުގައި އެއްވެސް މައްސަލައެއް ނޫޅޭނެ،" ޝާމިލް ބުންޏެވެ.

އިއްޔެ ހެނދުނުން ފެށިގެން ހުރިހާ ވަގުތެއް އާމިލް ހޭދަކުރީ ޝާމިލްއާ އެކު އެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކި އެވެ. އޭނާ ކުރި މަސައްކަތްތަކާއި ކުރަން ބޭނުންވާ ކަންކަން ވެސް ކިޔައިދިނެވެ. އަދި އެކްސިޑެންޓްވުމާ ހަމައަށް، އިއްޔެ އަކީ އެކުވެރިންގެ މެދުގައި އެންމެ މަޖާކޮށް، ސަކަރާތް ޖެހި އެއް ދުވަސް ކަމަށް ވެސް ޝާމިލް ބުންޏެވެ. އެހެންވެ، ކައިރީގައި ދެ އެކުވެރިން އެގޮތަށް ކުއްލިއަކަށް ވަކިވެގެން ދިޔުން އަދިވެސް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ.

"އަޅުގަނޑު ގެއިން ގަރާޖަށް އާދެވޭނީ އެތާ ކައިރިން ލާފައި. އެހެންވެ، އެ ހިސާބު ފެންނަ ކޮންމެ ފަހަރަކު އެމީހުންގެ މަތިން ވަރަށް ބޮޑަށް ހަނދާންވޭ،" ޝާމިލް ބުންޏެވެ.

"އެކަމަކު ކަމެއް ވާންވީމައި ފަހެއް ނޯންނާނެ."

24 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 92%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކާރު

01 March 2021

އަހަންނަށް ފެންނަގޮތުގައި ކާރުވެސް ދުއްވަންވީ ހެލްމެޓް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަޅައިގެން.

The name is already taken The name is available. Register?

ދޮން އާމިރު

02 March 2021

ތީތި ކަޑައޭ

The name is already taken The name is available. Register?

ޙަބީބު.

01 March 2021

ދެންއެދުވަހު އެމިހުންް އެއްވެސް ނަމާދެއްކުރިބާ ހިޔެއްނުވޭ ބަލާފަކާ ދީނައް އެހާލޯބިކުރާ ބައެއްހެނެއް

The name is already taken The name is available. Register?

ހޗފގޗ

02 March 2021

ތިހެން ބުނަން ހެޔޮވެސް ނުވާނެ. ކިޔޭ ނުކިޔޭ އެެެެެެށްޗެެއް ނޭގެންޔާ ނުބުނުން އެންމެ ޜަނގަޅުވާނީ..ނޫނީ ހެޔޮދުއާ ކޮށްދެއްވާ

The name is already taken The name is available. Register?

ރަންދެލި

01 March 2021

މި އެކްސިޑެންތުގެ ފޮޓޯ ތަކުގައި 2 ސިތުގެ ވެސް އެއާ ބޭގް މަސައްކަތް ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އެއާ ބޭގުންވެސް ފުރާނަ ސަލާމަތް ވާ ވަރުގެ ރައްކާތެރިކަން ނުލިބުނުކަން ފާހަގަ ކުރެވެއެވެ. މި ރާއްޖޭގައި ދުއްވާ ގިނަ ކާރު ތަކަކީ އެޢ ބޭގް ހަލާކުވެފައި ހުންނަ ވެހިކަލް ތައްކަން ހިތާމައާއެކު ފާހަގަ ކޮށްލަމެވެ. އަދި އެާ ބޭގް ހުންނަން ޖެހޭ ޤަވާޢިދެއްވެސް ހެދިފައެއް ނެތެވެ. ރޯދްވާދިނަސް ކަންކަމުގާ އޮތީ އެމީހަކާ އެމީހެކެވެ.

The name is already taken The name is available. Register?

ސޭފްޓީ

01 March 2021

އެއާބޭގުން އެކަނި ރައްކާތެރިކަން ނުލިބޭނެ. ސީޓްބެލްޓް އަޅައިގެން ތިބި ނަމަ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު ބޮޑު..

The name is already taken The name is available. Register?

ނިބިހޫރު

01 March 2021

ކޮންމެ ކަމެއްގެ ވެސް ވަގުތު ޖެހުނީމަ އެކަމެއް ވާނެ. އެ އިންސާނެއްގެ އަަޖަލު ހަމަ ވީމަ، ދެން އެކަމަށް އެއްޗެހި ކިޔާ ހަދާކައް ނުވާނެ. އަހަރެމެންގެ މަރު ހުރީ ކޮންގަތަކަށް ކޮންތާކައް ދެވިގެން ކަމެއްވެސް އިނގެނީކީ އެއް ނޫން.

The name is already taken The name is available. Register?

ހަކުރުގުޅި

01 March 2021

މިކަން ތަހުގީގު ކުރަން އެބަޖެހޭ. ކާރުގެ ބުރޭކް ސިސްޓަމްގައި މައްސަލަ އުނުޅުތޯ ބަލަން ޖެހޭ.

The name is already taken The name is available. Register?

އިބްރާހިމް6684

01 March 2021

އާމީން

The name is already taken The name is available. Register?

ސިމްޕަލް

01 March 2021

ދެ އެކުވެރިންގެ ހަދާނުގައި ކަމެއްކުރަން ބޭނުންނަމަ ޝިމާލް ކުރަންވީކަމަކީ ސައިކަލާއި ކާރު ދުއްވާ ޒުވާނުން މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއަޅަންވީ. ގަރާޖުކައިރީ ތިޔަ ކާރުގެ ފޮޓޯގަޑެއް ހަރުކޮށް، ގަރާޖުން ޚިދުމަތް ހޯދާ ކޮންމެ މީހަކަށް ބާރަށް ދުއްވުމުން ދިމާވެދާނެ ގެއްލުން ހަދާންކޮދީ.

The name is already taken The name is available. Register?

އަލީ-2

28 February 2021

ސައިކަލުގައުޅޭ ބައެއް އަންހެންވެރިން ދުއްވަނީ ބަލާނުލާ... އެމީހުނަށް ބަލަން ޖެހެނީ އެހެންމީހުން،،،!!

The name is already taken The name is available. Register?

އަލީ-3

04 March 2021

އެކްސިޑެންޓް ވީ ކާރެެެއް. އެތެރޭގައި ތިބީ ދެފިރިހެނުން. ނަންވަނީ އަންހެނުން! މާލެތެރެއަށް ބަލާލިއަސް އިނގޭނެ ހޭބުއްދި އަތަށް ލައިގެން ދުއްވަނީ ކޮން ބައެއްކަން

The name is already taken The name is available. Register?

ސަމުއް

28 February 2021

ބުރަދާ އަޑަށް ބާރުލާފަ ކާރުގަ މައްސަލައެއް ނެތޭ ތި ބުނަނީ ހާދަ ޔަގީންކަން ބޮޑުވީމައޭ

The name is already taken The name is available. Register?

1234

28 February 2021

ތިކާރުގައި ފެންނަންހުރި ފޮޓޯތަކުން އެއަރބޭގެއް ފެންނާކަށް ނެތް. މިފަދަ ސްޕޯޓްސް ކާރުގައި ހާއްސަކޮށް އެއަރބޭގް ހުންނަންޖެހޭނެ. އޭގެ ސަބަބުންވެސް ފުރާނަ ސަލާމަތް ކުރެވުނީސް

The name is already taken The name is available. Register?

ރަންދެލި

01 March 2021

އެއާ ބޭގް އެ އޮތީ ފެންނަން ހުދު ކޮތަޅެއް ކަހަލަ ގޮތަކަށް ވައި ގޮސްފަ އޮތް ހަމެއް ހެން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454