ދެ ވަނަ ފިޔަވަހީގައި 2،000 ފްލެޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ/ފަހި ދިރިއުޅުން ކޯޕަރޭޝަން
08 މާޗް 2021 - 19:23
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ އިތުރު 2،000 ފްލެޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ އެކު މިއަދު ސޮއިކޮށްފި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުގައި އުފެއްދި ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރެވެ. ޖޭއެމްސީން ސޮއިކުރެއްވީ ކައްރީ ސުދައްކަރާ ރެޑީ އެވެ.
ފަހި ދިރިއުޅުމުން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭނީ 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 600 އެޕާޓްމެންޓެވެ. ދެން ހިމެނޭނީ ތިން ކޮޓަރީގެ 1400 އެޕާޓްމެންޓެވެ. މިތަނުގެ ޖާގަ އަކީ 900 އަކަ ފޫޓު ކަމަށް ކުންފުނިން ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއަށް ޖުމްލަ 137 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. މި ފްލެޓްތައް ނިންމަން އެއްބަސްވީ ތިން އަހަރުގެ ތެރޭގަ އެވެ.
މީގެކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން 2،000 ހައުސިން އަޅަން ނިންމައިފަ އެވެ. ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކުރާ މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދަނީ ސަރުކާރުން ސަވަރިން ގެރެންޓީ ދީގެން ނަގާ ލޯނަކުންނެވެ.
މި އަހަރުގެ ތެރޭގައި މަދުވެގެން 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. ބައެއް ފްލެޓުތަކުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އޭގެތެރޭގައި، އެޕޯލޯއާ ހަވާލުކޮށްފައިވާ 1،000 ފްލެޓާއި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ 2،000 ފްލެޓުގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށް 350 ފްލެޓް ހަވާލުކޮށް މަަސައްކަތް ދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލުމެވެ. އެގޮތުން އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލައި އެކަށީގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ހަތަރު ބޭންޑެއް ކަނޑައަޅަން ނިންމާފައިވާ އިރު ކްރައިޓީރިއާތައް ނިންމާނީ އާއްމުންގެ ހިޔާލާއެކުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ފަށާފައިވާ ބައެއް ހައުސިން ޔުނިޓްތައް އަންނަ އަހަރު ނިމެންވާއިރަށް ހަވާލުކުރެވޭނެ އެވެ. މި ސަރުކާރުން ރާވާފައިވާ ހައުސިން މަޝްރޫއުތަކުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށާއި އަމާޒަކީ 15،000 ފްލެޓް އެޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
09 March 2021
މަގޭ 3 ދަރިން އަންނަ އަހަރު މީހުނާ އިނީމަ އަހަރުމެން ދެމަފިރިން ނިދަންވީ ސިޓންގރޫމް ސޯފާގަ؟ އަހަރެން ބޭބެގެ ދެމަފިރިން 18 އަހަރުގެ ފިރިހެން ދަރިއަކާއި 20 އަހަރުގެ އަންހެން ދަރިއެއް ގޮވައިގެން 2 ކޮޓަރީގެ ފްލެޓެއްގަ އުޅޭނީ ކިހިނެއް! 2 ކޮޓަރިއާއި 3 ކޮޓަރި ތަންތަނަކީ ދިރިއުޅެން އެކަށީގެންވާވަރު ޖާގައެއް ނޫން. މިބުނި އެއްޗެއް އެނގިއްޖެނު!
ހަކުރުގުޅި
09 March 2021
އިންޑިޔާ އާއި ޗައިނާ ކުންފުނި ތަކުގެ ކޮލިޓީ ހާސްތަން ތަފާތު. ގޮތަކަށް ބުނާނަމަ އިންޑިޔާ ކުންފުނި ތަކުން ފްލެޓް އަޅަނީ ފީއިލޮށިން. މިއަދު އެކަމަކު މިނޫންގޮތެއް ނެތް.
އިބްރ
09 March 2021
އެގްރިމެންޓް ކޮށްގެން ތަރައްޤީ އަށް އެގްރިމެންޓް ދައްކާ ސަރުކާރު. ބިންގާ އަޅައި ބިންގާ ދައްކާ ސަރުކާރު.
އިސްމާލި
09 March 2021
ބަނދަރު ހިއްކުމުގެ ފޯރި ގަނޑު ނިމި، އެއަރޕޯޓު އެޅުމުގެ ފޯރިގަނޑު ނިމި މިހާރު މިއީ ފްލެޓު އެޅުމުގެ ފޯަހި. ހިތާމަހުރި ކަމަކީ މިއިން ކޮންމެ ކަމެއްވެސް ކުރަނީ ރައްޔިތުން ނަމުގައި ލޯނުނަގައިގެން ބޭރު ކުންފުންޏަކަށް ދީގެން އެމީހުންގެ ވިޔަފާރި ކުރިއަރާ ގޮތަށް. ތިކަން ކުރެވޭނެ ކައުންސިލަށް ނޫނީ ހައުސިން މިނިސްޓްރީއަށް ވެސް. ބޮޑު ކުންފުންޏެއް ހަދައި ބަޔަކަށް މުސާރަ ދޭނެކަމެއް ނެތް.
ދިރާސާ ކޮއްފަ
09 March 2021
މި ފްލެޓް ތަކަކީ ލާރި ހުރިމީހުންނަ ގަނެވޭ ޒާތުގެ ފްލެޓުތަކެއް.
ޥިސްނާ
09 March 2021
ޢިންޑިއާއިން މިހާރުވެސް އަޅާފަ ހުރި ފްލެޓްތަކުގެ ފެންވަރު އެހ ހާދަށުގހުރީ، ދެދުވަ ހުން އެއްދުވަ ހު ބިއްލޫރިގަނޑެއްވެއްޓިގެން އެސަރަހަށްދާވެސް ކައިރި ނުވެވޭ، ފްލުޓެއްގެ އަގު ދޭއް ނުވަތަ ތިން މިލިޔަނަށް އަރާ، މި ފަ ހަރު ކި ހާވަރަކުން ދާނެބާ،
އިސްމާލި
09 March 2021
ޓާޓާ ފްލެޓާއި ގާކޮށި ފްލެޓުން އަހަރެމެންނަށް އިބުރަތް ލިބިއްޖެ. މި ރާއްޖޭގައިވެސް ނެތް އެހާ ފެންވަރު ދަށް އިމާރާތްތަކެއް. ޓެމިލްނާޑޫ ގެ ހައުސިން ޕްރޮޖެކްޓެއްް ހެން ހީވަނީ.
އަބުއި އިބުއި
09 March 2021
ހުސްފޭކު. ހުސް ފޭކު. ފޭކު. ފޭކު. ވޯޓަށް އޮޅުވާލުން
ޑާންސްޑާންސް
08 March 2021
ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 2،000 ފްލެޓް އަޅަން ސޮއިކޮށްފި ނަމަ ވެސް ރައްޔިތުން ތަމެން ދައްކާ ވާހަކަ މިއަދު ޤަބޫލެއް ނުކުރާނެއޭ ތަމެން ތިޔާ އުޅެނީ މަމެން ޕިންކީންގެ ޓައިޓޭނިއަމް ޕްލޭޓެޑް ވެރިކަމުގައި ބިނާ ކުރި 25 ހާސް ފްލެޓްސް ތައް ވެސް އޭގެ ހައްގުވެރިނަށް ނުދީ އެފްލެޓްސް ތައް ވެސް އޮޅާލަންވެގެންނޭ ކުދިންނޭ ޕިންކީންނަށް އެކަނިއޭ ފްލެޓްސް ތައް ދެވޭނީ ދިސް އިޒް ދަ ފީލިންގް ހުރިހާ ކުދިން ވެސް މަމެން ޕިންކީން ބުނާ ބަސް އަޑުއަހާށޭ ގެޓް އަޕް އެން
ވޯޓްދޭންވީއޭ
08 March 2021
މިސަރުކާރުން އަޅާ ފްލެޓްސް އެއީ ރަސްގެފާނަށް ހެދުން ފެހި މީހުން ފަހާ ދިން ހެދުން ފަދަ އެއްޗެކޭ ރަސްގެފާނަށް ހެދުން ފަހާދިން މީހުން ފަހާދިން ހެދުން ފެނުނު އިންސާނަކު މިދުނިޔޭގައި އަދި އެއް ނެތޭ އެގޮތަށް އެމްޑީޕީގެ ވެރިކަމުގައި އަޅާ ފްލެޓެއް ދިވެހިރައްޔިތަކަށް ނުފެންނާނެއޭ ނަތިންގް ގޮނާ ޗޭންޖް ކުދިންނޭ އޯއް އޯއް މަމެން ޕިންކީން ނާއި ހުރިހާ ކުދިން ވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި އަތާއި އަތް ގުޅުވާލާ ނަށާލާ ލަވަ ކިޔަމުން ގޮސް ވޯޓް ފޮއްޓަށް
ދޮންބެއަލީ
08 March 2021
އިންޑިޔާ ކުންފުނިން ރާއްޖޭގައި ފުލެޓް އެޅުން ބަލައެއްނުގަނެވޭ.. ޗީޑި އިމާރާތް ކުރުމުގައި އިންޑިޔާ ފެންވަރު އެހުރީ ގާކޮށީގައި...ފެން ހުރަސްނުވޭ އިމާރާތުން...ފަހަތަށް ފިޔަވަޅެެއް އެޅުންތީ...