ރިޕޯޓް / މާލޭ ދަފްތަރު

2018ގައި ރަށްރަށު މީހުން ގިނަވީ މާލޭގެ ގޭގެއަށް، ދަފްތަރަކަށް ނޫން

މިދިޔަ ސަރުކާރުން ހުޅުމާލޭ ހިޔާ ފްލެޓުތައް ދިން އަހަރު ރަށްރަށުގެ މީހުން މާލޭ ދަފްތަރުގައި ޖެހުނު އަދަދަށް ވުރެ ގާތްގަނޑަކަށް ފަސް ގުނައިން މާލޭގެ ގޭގޭގައި ރަޖިސްޓްރީކޮށްދީފައިވޭ. އެ ސަބަބާ ހެދި 2018 ވީ ރަށްރަށު މީހުން މާލޭގެ ރަށްވެހިކަން ހޯދުމުގެ ރެކޯޑް އަހަރަކަށް.

ތޮއްޖެހިފައިވާ މާލޭގެ އިމާރާތްތަކެއް: ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީ ވެގެން ވޭތުވެދިޔަ 26 އަހަރު ތެރޭ ރަށްރަށުގެ 15،000 އަށް ވުރެ ގިނަ މީހުން މާލޭގެ ރަށްވެހިކަން ހޯދާފައިވޭ.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދެން މިދިޔަ ސަރުކާރުން ހުޅުވާލުމުން، ހުޅުމާލޭ "ހިޔާ" ފްލެޓްތަކަށް ކުރިމަތިލާން މާލެ ނޫން ރަށްރަށުގެ ރަށްވެހިންނަށް އޮތް ފުރުސަތު ފުޅާވި އެވެ. އެކަމަކު އެ ފުރުސަތު ދިން 2018ގައި ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ ރަށްރަށަށް ނިސްބަތްވާ 404 މީހުންނެވެ. އޭގެ ފަސް ގުނައާ ގާތްކުރާ އަދަދަކަށް ރަށްރަށު މީހުން އެ އަހަރު މާލޭގެ ގޭގޭގައި ރަޖިސްޓްރީކޮށްދީފައިވެ އެވެ.

ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންގެ ކެޓެގަރީއެއް ވެސް ހިޔާ މަޝްރޫއުގައި ހިމެނެ އެވެ.

"މިހާރު" އަށް ލިބިފައިވާ މާލޭ ސިޓީ ކައުންސިލްގެ ރިޕޯޓަކުން އެނގޭ ގޮތުގައި އަތޮޅުތަކުން މާލެ އަށް ރަށްވެހިކަން ބަދަލުކުރާ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް އެރި 2018ގައި ރަށްރަށުގެ 1،972 މީހަކު މާލޭގެ ގޭގެ އަށް ރަޖިސްޓްރީ ބަދަލުކުރި އެވެ. އެއާ އެކު 2018 ވެގެން ދިޔައީ ރަށްރަށުގެ މީހުން ރެކޯޑް އަދަދަކަށް މާލޭގެ ރަށްވެހިކަން ހޯދި އަހަރަކަށެވެ. ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީވި މީހުން ހިމެނޭ ގޮތަށް އެ އަހަރު ރަށްރަށުގެ 2،376 މީހަކު މާލޭގެ ރަށްވެހިންނަށް ވި އެވެ.

ޕީޕީއެމް ސަރުކާރުން ހިޔާ މަޝްރޫއު ހިންގީ ރަށްރަށުގެ މީހުންނަށް މާލެއަށް ރަށްވެހިކަން ބަދަލުކޮށްގެން ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ކަމުގެ ޝަކުވާ މާލޭ މީހުން ކުރެ އެވެ. ދިން ފުރުސަތުގެ ބޭނުން ހިފައިގެން، ރަށްރަށުގައި ގޯތި ގެދޮރު ހުރި މީހުން ވެސް ފްލެޓް ހޯދާފައިވާ ކަމަށް ބުނެ، ފްލެޓް ނުލިބުނު މާލޭގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިކަން މިހާތަނަށް ބޮޑަށް ގުޅުވަމުން އައީ ދަފްތަރުގައި ރަޖިސްޓްރީވެގެން ފްލެޓަށް އެދެން ހުޅުވާލި ފުރުސަތާ އެވެ. އަދި ދަފްތަރު އުވާލަން، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާ ގޮތަށް، ބައެއް މީހުން މިހާރު ވެސް ގެންދަނީ ވަކާލާތުކުރަމުންނެވެ.

އެކަމަކު އަތޮޅުތަކުގެ މީހުން މާލޭ ދަފްތަރުގައި ޖައްސައިދޭން ފެށިތާ މި ވީ 26 އަހަރު ތެރޭ ދަފްތަރުގައި ރަށްރަށު މީހުން ޖެހުނު އަދަދުތަކަށް ބަލާ އިރު 2018 ދަނީ ހަތް ވަނަ އަށެވެ. ރަށްރަށު މީހުން ދަފްތަރަށް އެންމެ ގިނައިން ބަދަލުވީ 2008ގަ އެވެ. އަތޮޅުތަކުން މާލެއަށް ރަށްވެހިކަން ބަދަލުކުރި ރެކޯޑް އަހަރަކަށް 2018 ވީ ގޭގޭގައި ރަޖިސްޓްރީވި މީހުން ގިނަކަމުންނެވެ.

ކޮންމެ އަހަރަކު މާލޭ ރައްޔިތުން މާލޭ ދަފްތަރަށް ބަދަލުވެފައިވާ އަދަދުތަކާއި ރަށްރަށުގެ މީހުން ދަފްތަރަށާއި މާލޭގެ ގޭގެ އަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އަދަދުތައް 1987 އިން 2020ގެ ނިޔަލަށް. ތަފާސްހިސާބު: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް (ލޯންގޭ) ލަފާކުރައްވާ ގޮތުގައި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމާ ގުޅިގެން މާލޭގެ ގޭގޭގައި ރަޖިސްޓްރީވާން ބޭނުންވި މީހުންނަށް އެ ފުރުސަތު މައިގަނޑު ގޮތެއްގައި ލިބިފައި ހުންނާނީ ރަށްރަށުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ މާލޭ މީހުންގެ ފަރާތުންނެވެ.

"މިސާލަކަށް އަޅުގަނޑު އިނދެގެން އުޅެނީ ރަށެއްގެ މީހަކާ. އަޅުގަނޑުގެ ގެއެއް ހުންނަންޏާ އެ ގޭގައި އޭނާ ޖައްސާފައި އޮއްވާ އޭނާގެ ބޭބެ ބުނެފާނެ ޖައްސައިދޭން. ފްލެޓެއް ލިބެންޏާ ޖައްސަން ބޭނުންވާނެތާ. ދެން އަނެއްކާ އޭނާގެ ބައްޕަ ވެސް ބުނެފާނެ ޖައްސައިދޭން. އެކަހަލަ ގޮތަކަށް ގޮސްފައި ހުންނާނީ،" މާފަންނު ދެކުނު ތަމްސީލްކުރައްވާ އަދި ސިޓީ ކައުންސިލް އުފެދުމުގެ މާ ކުރިން، މާލޭ މުނިސިޕަލްޓީގައި ވެސް މަސައްކަތްކުރެއްވި، ކައުންސިލަރު ވިދާޅުވި އެވެ.

ދަފްތަރުގައި ނުޖެހި ގޭގެ އަށް ދިޔައީ ކީއްވެ؟

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ދަފްތަރު ހައުސިން މިނިސްޓްރީ އަށް ގެންގޮސް، ފްލެޓަށް ކުރިމަތިލާން ދަފްތަރުގައި ޖެހެން ޕީޕީއެމް ސަރުކާރުން ހުޅުވާލީ، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ އިއުލާންކުރި ކެޓެގަރީތަކަށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓަށް ކުރިމަތިލެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ޚާއްސަކޮށް 40 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ގެއްލޭ ކަމުގެ ޝަކުވާ އޭރު ބޮޑުވި އެވެ. ދަފްތަރުގައި ޖެހިގެން ފްލެޓަށް އެދުމަކީ އެކަމަށް އޮތް ހައްލެއް ކަމަށް ޑރ. މުއިއްޒު އޭރު ވިދާޅުވި އެވެ.

ދަފްތަރުގައި ރަޖިސްޓްރީވާން ޖުލައި 11، 2018ގައި ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު އެކަން ކުރަން ބޭނުންވި އެވެ. ފުރަތަމަ ތިން ދުވަހު އެކަނި ވެސް 1،800 އަށް ވުރެ ގިނަ ފޯމު ނެގި ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ. އެކަމަކު ކައުންސިލްގެ ތަފާސްހިސާބުން މި އެނގެނީ 2018ގައި ދަފްތަރުގައި ޖެހުނު މީހުން އެއަށް ވުރެ މާ މަދު ކަމެވެ.

އެއީ ކީއްވެގެންކަން ކަށަވަރު ނޫނަސް، ދަފްތަރުގައި ޖެހެން ހުޅުވާލި ފަހުން، ހިޔާގެ ދަފްތަރު ކެޓެގަރީން ޕޮއިންޓް ދޭ މިންގަނޑަށް އިތުރު ބަދަލުތައް ގެނެސްފައިވެ އެވެ. އަދި، މައިގަނޑު ގޮތެއްގައި ދެ ކޮޓަރީގެ ފްލެޓުތައް ހިމެނޭ ހިޔާ މަޝްރޫއުން ދަފްތަރުގެ މީހުންނަށް ބޯހިޔާވަހިކަން ދޭން އޭރުގެ ސަރުކާރުން ނިންމާފައި އޮތީ އެއް ކޮޓަރީގެ ފްލެޓު ވެސް ހިމަނައިގެންނެވެ. ދަފްތަރުގައި ނުޖެހި ގޭގޭގައި ރަޖިސްޓްރީވި ރަށްރަށު މީހުން ގިނަވީ، މިފަދަ ސަބަބުތަކާ ހެދި، ދަފްތަރު ކެޓެގަރީ އަށް ވުރެ، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންގެ ކެޓެގަރީ އަށް ޝައުގުވެރިކަން ބޮޑުވެގެން ކަމަށް ވެދާނެ އެވެ.

ދަފްތަރުގައި 6،000، ގޭގޭގައި 9،000

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު އިއްޔެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ ދަފްތަރަކީ "މިއާ ހެދިގެން ސަލާމަތް ނުވެގެން" އުޅޭ، "މާ ކުރިން ވެސް އުވާލަންވެފައި އޮތް އެއްޗެއް" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެހެން ރަށްރަށުގެ މީހުން މާލޭގައި އުޅުމަކީ މާލޭގެ ރަޖިސްޓްރީގައި ޖައްސަން ޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭނާ ވެސް އުމުރުން ފަސް އަހަރުން ފެށިގެން މާލޭގައި ދިރިއުޅުއްވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާން ދުވަހަކު ވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިހްތިޔާރުގައި އަޅުގަނޑު މާލެ އަށް އައިސް މިހިރީ. އަޅުގަނޑު އުފަންވީ ރަށަށް ވުރެން އަޅުގަނޑަށް މި ރަށުގައި ހުރެގެން ކޮންމެވެސް ފުރުސަތުތަކެއް، ކޮންމެވެސް ކަމެއް އިތުރަށް ލިބޭ ކަމަަށް އަޅުގަނޑު ގަބޫލުކުރާތީ މި ތަނުގައި އައިސް އަޅުގަނޑު މިތާ ޖެހިގެން މިހިރީ. މިތާނގެ ރަޖިސްޓްރީއެއްގައި އަޅުގަނޑު ޖައްސާކަށް ނުޖެހޭ. ރަޖިސްޓްރީގައި އަޅުގަނޑަށް ޖެހޭނެ ގޮތް އެބަ އޮތް. އެއީ އަޅުގަނޑު ލާރި ހޯދައިގެން، އަޅުގަނޑު ތަންކޮޅެއް ގަނެގެން ދެން މި ތަނުގެ މިލްކުވެރިއަކަށް އައިމާ އަޅުގަނޑަށް މި ތަނުގައި ޖެއްސިދާނެ،" އަސްލަމް ވިދާޅުވި އެވެ.

ކައުންސިލުން މިދިޔަ މަހު ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި "މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު"ގައި މީހުން ރަޖިސްޓްރީކުރަނީ ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނާއި ރަޖިސްޓްރީވާނެ ގެއެއް ވަންދެން ދަފްތަރުގައި ރަޖިސްޓްރީ ކޮށްދޭ މީހުންނާ ބެހޭ ގަވާއިދުގެ ދަށުންނެވެ. ރަށެއްގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވާން އެދިއްޖެ ނަމަ އެކަން ކޮށްދޭން ގާނޫނު ލާޒިމްކުރެ އެވެ.

މާލޭ މީހުން ދަފްތަރުގައި ރަޖިސްޓްރީކޮށްދޭން ފެށީ 1987ގަ އެވެ. އަދި މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން މާލޭގެ ރަށްވެއްސަކަށް ވާން އެދޭ ރަށްރަށު މީހުންނަށް 1994ގައި ދަފްތަރުން ފުރުސަތު ދޭން ފެށި އެވެ.

"ދަފްތަރުގެ މަގްސަދަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ ގެއެއްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ގޮތް ދަފްތަރުން ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރުމުގެ ގޮތުން ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރަން މާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ރަޖިސްޓްރީ ވާނެ ފުރުސަތު ހޯދައިދިނުމެވެ،" ކައުންސިލްގެ ރިޕޯޓުގައިވެ އެވެ.

ދަފްތަރުގައި މިހާތަނަށް ޖެހުނު މާލޭ ރައްޔިތުންގެ އަދަދަކީ 3،000 އެވެ. ރަށްރަށަށް ނިސްބަތްވާ މީހުން ދެ ގުނަ އިތުރެވެ.

ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީވުން ހިމެނޭ ގޮތަށް ވޭތުވެދިޔަ 26 އަހަރު ތެރޭ ރަށްރަށުގެ 15،000 އަށް ވުރެ ގިނަ މީހުން މާލޭގެ ރަށްވެހިކަން ހޯދާފައިވާކަން ކައުންސިލްގެ ތަފާސްހިސާބުތަކުން އެނގެ އެވެ.

އެކަމަކު ދަފްތަރުގެ މުޅި ތާރީޚަށް ބަލާ އިރު ވެސް ގޭގޭގައި ރަޖިސްޓްރީވެގެން މާލޭގެ ރަށްވެހިކަން ހޯދާފައިވާ މީހުން މާ ގިނަ އެވެ. ކައުންސިލްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 1994 އިން ފެށިގެން މިހާތަނަށް ރަށްރަށުގެ 6،000 މީހުން ދަފުތަރުގައި ޖެހުނު އިރު އެ މުއްދަތުގައި މާލޭގެ ގޭގޭގައި ރަށްރަށުގެ 9،000 މީހުން ރަޖިސްޓްރީވި އެވެ.

މާލޭގެ ރަށްވެހިކަން ލިބުނު ރަށްރަށު މީހުން ޖުމްލަކޮށް ދެވަނަ އަށް އެންމެ ގިނަ 2008 އަށް ވުރެ 2018ގެ އަދަދު ދެ ގުނަ އިތުރެވެ.

37 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 6%
icon angry icon angry 78%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާބެއްޔާ

19 March 2021

މަގޭ ގޭގަގެ ރަޖިސްޓްރީގައި ހިމަނަދޭށޭ ރައްޓެއްސަކުބުނި! މަބުނީ ކަލޭ ރަށުގައި ރަޖިސްޓްރީއެއް ނޯވޭހޭ؟ އޭނާ ބުނީ ފުލެޓްލިބޭނީ ރަޖިސްޓްރީގައި ޖެހިގެނޯ!! މަބުނީ ކަލޭގެ ރަށުގަވެސް ކަލޭގެ އަމިއްލަ ގޯތި އޮވޭ ނޫންހޭ! މިހާރު މާލޭރައްޔިތުންނަށް ތަނެއްހިއްކާފައި ގޮތިދޭން އުޅޭވާހަކަ ބުނިމާ އަނެއްކާ އޭނާ ބުނި ރަޖިސްޓްރީގައި ޖެހެން ނުވަތަ ހިގާށޯ ދެމީހުންނައް ތިޔަގެ ރަޖިސްޓްރީކުރަން. މަބުނީ ކަލޭ ތިހިރީ ހަމަ ހޭގަހޭ!

The name is already taken The name is available. Register?

ދުރުމި

12 March 2021

މާލެ މޭޔަރ ސިފާއާއި އަސްލަމާއި އީވާ އަށް ބުނެ ލާން ބޭނުން ވަނީ ހާދަން ކުރައްޗޭ ކުރިއަށް އޮތީ ބޯމަތި ވެފައިވާ އިންތިޚާބު އެއް ކަން ތި ދައްކާ ވާހަކަ ވަރަށް ކާރިން އަޑު އަހަމުން ބަލަމުން ދާ އެތައް ބަޔަކު މާލެގަޔާއި އަތޮޅު ތެރޭގައި އެބަތިބި ހިޖުރަ ކުރުމުގެ ފުރުސަތު އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހުލުވާލެވިފައިވާ ފުރުސަތެއް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަދި އެއީ އެހެން ގައުމުތަކުގެ މީހުންނަށް.

The name is already taken The name is available. Register?

ކެވިން

11 March 2021

މަޖިލިސްގޮނޑި މާލެއަށް ގިނަކުރަން ބޭނުންވާތީ ދަފޮތަރު އުވާލެވޭކަށްވެސްނެއް. އެކަމަކު އެމީހުން ބަލައިގަންނަންވެސް ބޭނުމެއްނުވޭ. އައްޑޫގައި އިނގިރޭސަިން އުޅުނުދުވަސްވަރު ތަދުމަޑުކަމާއި ވަޒީފާއާ އެކިބޭނުމުގައި އެކި ރަށްރަށުން އައްޑޫއަށް މީހުން ބަދަލުވަމުންދިޔަ. އެހެންދިޔަ މީހުން އައްޑޫ ރައްޔިތުން ބަލައިގަތީ ހިތްހެޔޮކަމާއިއެކީ އާއިލީ ބައެއްފަދައިން އެކިގޭގައި ރަޖިސްޓްރީކޮށްގެން ގެންގުޅުނީ. ރަށު ރައްތިތުންނަށް ބަދަލުކޮށް ގޯތިވެސް ރަށުން ހަމަޖައްސާދިނީ

The name is already taken The name is available. Register?

އަލީ

11 March 2021

ކޮންމެ ދިވެހި ރައްޔިތަކު ވަޒަންވެރިވެގެން އުޅޭ ރަށަކުން ދިރިއުޅެވޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރަށް ލާޒިމް ކަމެއް. މާލޭ މީހުންނަށްވެސް މިފުރުސަތު އޮންނަންޖެހޭނެ އަތޮޅުތަކަށްގޮސް ވަޒަންވެރިވުމުން. ދިރިއުޅޭ ރަށުން ދިވެހީންނަށް ތަފާތުކުރުމެއްނެތި ހަމަހަމަ ފުރުސަތު ލިބެންވާނެ. އެންމެންނަކީ ދިވެހީން. މާލޭ މީހުން އެހެންމީހުން ތަފާތުވެގެންނުވާނެ. ހަރަދުކުރަނީ އެންމެންގެ ފައިސާ. ތަފާތު އަންނަންވާނީ އެމީހެއްގެ މާލީ ހާލަތާއި ދިރިއުޅުމުގެ ހާލަތާއި ވަޒަނުގައި ދިރިއުޅުނު ދުވަހުގެ އަދަދުން.

The name is already taken The name is available. Register?

ވާނުވާ.

11 March 2021

މި ސިޔާސީ މީހުން ގަންނަ ނުބައި ގަނޑު ތަކުން ހުރިހާ ގެއްލުމެއް ރައްޔިތުން ނައް...މި މާލެ މީ މިހާރު އިންސާނުން ނައް އުޅެވޭނެ މާހައުލެއް ނޫން! ކާރެއް ބާއްވާލާނެ ޕާކިން ނެއް ނެތް! ނަރުދަމާ އިން ހޮޅިތައް ބެދޭނެ! މަގު ތައް ހީވަނީ އޮއްވަޅު ގޮނޑިއެއް ހެން! ކުނިއަޅާ މީހުން ކުނި އަޅަނީ! ޓުރެފިކް ތޮއްޖެހޭއިރު ކޮޕު ގޮލައެއް ހުންނަނީ ކީ ނޫން! ޢެ މީހުން ތިބީ ފޫގަޅާފަ ޖޫރިމަނާ ކުރަން...ދެން މިހިން ގޮސް ބައިވަރެއް...އެކަމަކު ހަމަ ރައްޔިތުންނައް ޓަކަޔޯ...

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

11 March 2021

ޓްރާންސްޕޯޓް ކާރު ސިޓީނަގާގޮތައް ގޭގޭގެ ވެރިންނަށް ނުވެސް އިގި އެބަތިބި އެގޭގޭގައި ޖައްސާފައި!

The name is already taken The name is available. Register?

ހަން

11 March 2021

އެބައެއްގެ ދަހިވެތިކަން ހުރިވަރު ތިކަމުން އަންގައިދެނީ. ތިމާ ރަށުގަ އުޅޭނެ ތަން އޮއްވާ އަދި އެއްބަޔަކު ގެސްޓްހައުސް ވިޔަފާރިއަށް ގޯތި ކުއްޔަށްދީފަ އާމްދަނީ ލިބޭނެ ގޮތް އޮއްވާ ހުޅުމާލެއިން ފްލެޓް ހޯދަން ހުރި ދަހިވެތިކަން ތިކަމުން އެނގެނީ.

The name is already taken The name is available. Register?

ދެރާ

11 March 2021

ދެމެހެއްޓެނިވި ދިގުރާސްތާ ޕްލޭނެއް ނެތް ގައުމެއްގަ 5 އަހަރުން 5 އަހަރުން ސިޔާސަތުބަދަލު ވާއިރު ރައްޔިތުން ވެސް ވާނީ "އެބުރޭ ވަހުތާން" ތަކަކަށް ނުންތޯ. ޢެއްބަޔަކު ޒުވާނުންގެސިޓީ ކިޔާ މާލޭ ސަރަހައްދަށް އެންމެން ޖަމާވެ ދިރިއުޅެން ގޮވާއިރު، އަނެއްބަޔަކު ޖަޒީރާތަރައްޤީނަމުގަ ތިބިތާކު ތިބޭށޭ މި ކިޔަނީ

The name is already taken The name is available. Register?

120687

11 March 2021

ނޫސްވެރިޔާ ކިޔާން ތިޔަ އުޅެނީ ކީކޭ؟ މާލޭ މީހުން ވަކި ޚާއްޞިއްޔަތެއް ލިބިގެން ނުވާނެ. ވޭތުވެ ދިޔަ ދިގު މާޒީގައި ބުއްދި ގަބޫލުކުރެވޭނެ އެއްވެސް ހަމަޔަކުން ބެލި ނަމަވެސް، އެކަށީގެން ނުވާ ނިސްބަތަކުން ރާއްޖޭގެ ތަނަވަސްކަމުގެ ބޮޑު ބަޔެއް މި ފުރަމާލޭގެ ފަސްގަނޑަށް އޮއްސައިގެން މިމާލެޔަށް އައިނަމަ އައިހާ ތަރައްގީއެއް އައިސްފައި އޮތީ. މިއީ ދުވާލު މެންދުރުގެ އިރު ފަދައިން ސާފު ދެބަސްވެވެން ނެތް ހަގީގަތެއް. އަދި ނުވިތާކަށް ކޮބާ؟ އެންމެ އަސާސީ .. 1/3

The name is already taken The name is available. Register?

ކުނާލީ

11 March 2021

ލ.އަތޮޅުފަދަ އެތައް އަތޮޅަކުން މާލޭ މީހުން ގޯތި ނަގާފައިވޭ..އެކަމު ރަޖިސްޓްރީ އޮންނަނީ މާލޭގައި ފްލެޓް ހޯދަން..މާލޭގައި ކުއްޔަށް އުޅޭ ރާއްޖެތޭމީހުންނަކީ 30އަހަރު 20އަހަރު މާލޭގައި ވަޒީފާ އަދާކުރާމީހުން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454