ޚަބަރު / ޝަންގްރިލާ ވިލިނގިލި ރިސޯޓް

ޝަންގްރިއްލާ ވިލިގިއްޔާއި ކެނަރީފް މި އަހަރު ހުޅުވޭނެ ކަމުގެ އުންމީދެއް ނެތް؟!

ޝަންގްރިއްލާ ބަންދުކުރުމުން 139 މުވައްޒަފެއްގެ ވަޒީފާ ގެއްލުނުް. ކެނަރީފުން ވަޒީފާ ގެއްލުނު މުވައްޒަފުންގެ އަދަދު 200 އާ ގާތްކުރޭ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހާރު އައްޑު އަށް ކުރައްވާ ދަތުރުގައި އައްޑޫ މޭޔަރު ސޯދިގު އަދި އެހެން ބައެއް ބޭފުޅުންނާއެކު.

ކޮވިޑް-19 އާ ހެދި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ބަންދުކޮށްފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފް ރިސޯޓް ހުޅުވޭނެ އިރަކާ ބެހޭ ގޮތުން ޖަވާބެއް ދެއްވަން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް ދަތިވާ ކަހަލަ ގޮތަކަށް މިއަދު އައްޑޫގައި ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ޝަންގްރިއްލާ އާއި ކެނަރީފް ހުޅުވުމާ ގުޅޭ ގޮތުން އެ ތަންތަނުގެ މެނޭޖްމަންޓަތަކާ ވާހަކަ ދައްކަމުން އަންނާތީ މި އަހަރުގެ ތެރޭގައި އަލުން ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެކަމަކު، މިއަދު މިނިސްޓަރު މައުސޫމް ދެ ރިސޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުން ފާހަގަވީ މި އަހަރުގެ ތެރޭގައި ދެ ތަން ހުޅުވޭނެ ކަމުގެ ބޮޑު މާ ބޮޑު އުންމީދެއް ނެތް ކަމެވެ.

އައްޑޫގެ ޓޫރިަމް ޒޯންތަކުން ބިންތަކެއް ހަވާލުކުރަން ފޭދޫގައި ހަވީރު ބޭއްވި ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވީ އަންނަ އަހަރު އައްޑޫގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު ދެ ރިސޯޓް އޮންނާނީ ހުޅުވިފައި ކަމަށެވެ.

"ކެނަރީފާއި ޝަންގްރިއްލާ ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އުންމީދު ކުރަނީ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރަންވާ އިރަށް އެ ދެ ތަން ހުޅުވި ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައި އޮންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެ އަށް ވުރެ އަވަސްވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑު އިނގޭތޯ. އެހެންވީމާ ރަން އަހަރު އައްޑޫގައި ފާހަގަކުރާ އިރު ދެ ތަން އޮންނަން ވާނީ ހުޅުވިފައި. އެ ތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ވާނީ ލިބިފައި."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ މިދިޔަ އަހަރު ބަންދުކުރި އިރު 139 މުވައްޒަފެއްގެ ވަޒީފާ ގެއްލިފައިވެ އެވެ. ކެނަރީފުން ވަޒީފާ ގެއްލުނު މުވައްޒަފުންގެ އަދަދު 200 އާ ގާތްކުރެ އެވެ.

މި ވަގުތު އައްޑޫގައި އޮޕަރޭޓްކުރާ ހަމައެކަނި ރިސޯޓަކީ 2019 ގައި ހުޅުވި ސަދަން ޕާމެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ 2009 ގައި ހުޅުވި ތަނެކެވެ. ކުރިން ހެރަތެރައިގެ ނަމުގައި ހިންގި ކެނަރީފަކީ 2007 ގައި ހުޅުވި ރިސޯޓެކެވެ.

13 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްކަލަ މީހާ ދޯ

19 March 2021

މައްސަލައަކީ ސީދަލަށް ވާހަކަ ނުދައްކާތީ. އަމިއްލަ ބަޔަކު ކުރާ ވިޔާފާރިއެއް. ކޮވިޑް އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކުން ދަތުރު ފަތުރު މިއޮތީ މަޑުޖައްސާފަ. ގައުމުތަކުގެ ގިނަ އެއަރޕޯޓްތައް އަދިވެސް ބަންދު. މިކަމާ ހެދި މި ކުންފުނިތަކުން ޚަރަދުތައް ބޮޑުކަމުން ވަގުތީގޮތުން ބަންދުކުރީ. ވިޔާފާރި ރަގަޅުނުވަނީސް މިތަންތަނެއް ނުހުޅުވާނެ. ސަރުކާރުން މިތަންތަން ހުޅުވަން ކުރެވޭނެ މާބޮޑުކަމެއް ނެތް.

The name is already taken The name is available. Register?

ހަހަ

19 March 2021

އަނެއްކާވެސްދީ ކައުންސިލް މެޖޯރިޓީ! އމޑޕ ގައި ނެތް ކަމެއްކުރެވޭވަރު މީހެއް.

The name is already taken The name is available. Register?

ޖެކް

19 March 2021

އައްޑޫގަ ބޮޑުކޮށް ޓުވަރިޒަމް ދުވަސް ފާހަގަ ކުރަންވާނެ!

The name is already taken The name is available. Register?

ނަލަބެ

19 March 2021

ކިހާދެރަކަމެއް........ އައްޑޫ މީހުންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ!!!!! ސަރުކާރުންސަބްސިޑީ ދީގެންވިޔަސް ތި ތަންތަން ހުޅުވުމަކީ ކޮންމެހެންވެސް ކުރަށް ޖެހޭ ކަމެއް.

The name is already taken The name is available. Register?

2000

19 March 2021

މި ރިޕޯޓްގައި ނ. އޮތޮޅުގައި އޮންނަ މާވެލަވަރު ނުހުޅުވޭނެ ވާހަކަ ލިޔަން ވޭނެ ދޯ. އެއީ ނ. އަތޮޅުން ފުރަތަމަ ރިސޯޓް ހަދަން މައުމޫން ވެރިކަމުގައި އަތަމާ ކުންފުންޏަށް ދިން ރަށެއް. އަދިވެސް ނުހުޅުވާ

The name is already taken The name is available. Register?

ރާއްޖެ

18 March 2021

މިއީ ކަރަންޓީނު ވާން ނުޖެހި ކެމްޕެއިން ކުރުން.

The name is already taken The name is available. Register?

ފާރިހަތު ޖަލީލު

18 March 2021

ފާރިގެ ނަޒަރުގައި އައްޑޫއާއި ފޯއްމުލަކަށް އަމާޒުކޮށްގެން އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްއެއް ހިންގަން އެބަޖެހޭ!

The name is already taken The name is available. Register?

ހުސްކޮށްލާށޭ

18 March 2021

އައްޑު އަތޮޅު ތަރައްގީ ކުރަން ބޭނުންނަމަ އެބަޖެހޭ އައްޑޫ ޓޫރިޒަމް ވިޔަފާރި ނޫން އެހެން ވިޔަފާރި އަކާއި ދިމާލަށް މިސްރާބު ޖަހަން އެގޮތުން ބަލާއިރު ސިންގަޕޯރ ފަދަ ގައުމަކަށް ދޭންވީއޭ އައްޑޫ ހުޅުދޫ މީދޫން މީހުން ބޭލުމަށް ފަހު އެދެރަށް ކުރިއަށް އޮތް 100 އަހަރަށް އެޑިއު ޕާރކްސް ތަކާއި އަދި ފާރމަސޫޓިކަލް ޕާރކްސް ތައް ހަދަން އެމެން ޖެހޭނީ އައްޑޫ ސިޓީ ކައުންސިލަށް އަހަރަކު 10 މިލިއަން ޑޮލަރުގެ ކުއްޔެއް ދޭންއޭ އަދި އައްޑޫ ހިތަދޫ ފިޔަވައި ހުރިރަށްތައް

The name is already taken The name is available. Register?

މަންދޫހު

18 March 2021

މެދުގައި ހުންނެވި ބޭފުޅާ އެޗް.ޕީ.އޭގެ ގައިޑްލައިންއާއި ޚިލާފް، މާސްކްނާޅާ...!

The name is already taken The name is available. Register?

މީހުންނަށްދޭންވީއޭ

18 March 2021

އައްޑޫ އެއާރޕޯރޓަށް ސަރުކާރުގެ ބަޖެޓުން އެބަ ގެއްލުންވޭ އަހަރަކު 60 މިލިއަން ޑޮލަރު އެފައިސާ ގެއްލުން އެވަނީ އިންޓަރނޭޝަނަލް ބޯރޑް އައްޑޫ އެއާރޕޯރޓް ގައި އަޅުވައިގެން އެކަމަށް ކުރާ ބޭކާރު ޚަރަދު ތައް ބޮޑު ކަމުންނޭ އެކަން ހުއްޓާލުމަށް ފަހު ސަރުކާރުން އެ 60 މިލިއަން ޑޮލަރުން ކޮންމެ އަހަރަކު އައްޑޫގައި އޮތް ބޮޑު ފަޅު ތިޔާ އީދަގަލިކުޅި އާއި އެކު ހިއްކާލާ އެތަނުން ވިޔަފާރި މަސައްކަތް ތަކާއި ދަނޑުވެރިކަން ކުރުމަށް ބޮޑެތި ބިން ތައް ދޭންވީއޭ ހިލޭ އައްޑޫ

The name is already taken The name is available. Register?

ޖުހާނު

18 March 2021

60 މިލިއިން ޑޮލަރޭ؟ އޯކޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454