ފިޔަވަތި މަރާމާތު ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާ ސަފީރު ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ފޮރިން މިނިސްޓްރީ
24 މާޗް 2021 - 18:50
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބައިތިއްބަން ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ނިންމައި އެތަން އިފްތިތާހުކޮށްފި އެވެ.
ފިޔަވަތި މަރާމާތު ކުރުމުގެ މަޝްރޫއު ހިންގީ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް އިންޑިއާ އިން ރާއްޖެއަށް ދިން 109 މިލިއަން ރުފިޔާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.
އެ މަޝްރޫއުގައި ފިޔަވަތީގެ ވެލްކަމިން އޭރިއާ ތަރައްގީ ކުރުމާއި އިމާރާތުގެ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ކުދިން ކުޅިވަރު ކުޅޭ އޭރިއާއެއް ގާއިމްކުރަން ފެންޑާއެއް ހެދުމާއި ކޮމްޕިއުޓާ ސިސްޓަމްތަކާއި ގޭމް ސްޓޭޝަންތަކަށް ޚާއްސަ ކޮޓަރިތަކެއް ހެދުމުގެ އިތުރުން އިމާރާތަށް ބޭނުންވާ ފަރުނީޗަރު ވަނީ ފޯރުކޮށްދީފަ އެވެ.
މަޝްރޫއުގެ ނިމުން އިފްތިތާހުކުރަން ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިޖްތިމާއީ ގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ މަޝްރޫއު ހިންގީ އެ ޒިންމާގެ ތެރެއިން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
25 March 2021
ވަޔެއް ލާންވެސް އިންޑިއާ
ޕްރައިއޯރިޓީޒް
25 March 2021
ފޮރިން މިނިސްޓްރީ ރީތިކުރަންވެސް އަދި ވަގުތީ އިމާރާތް ހެދުމަށްވެސް ތިޔަށްވުރެ ގިނަ ފައިސާ ޚަރަދުކުރި.
ޝޮކްތެރަޕީ
24 March 2021
މަރާމާތެއް ކުރަންވިޔަސް އިންޑިޔާ. އެމްޑީޕީ މީހުންނަ ބަދަލުދެން ވީމަ ދައުލަތުގެ ބަޖެޓުން. މީ ކިހިނެއްވާކަމެއްތަ؟