ސާޓޭގައި ބައިވެރިވި ކުންފުނިތަކުގެ ރެޕްރެޒެންޓޭޓިވުންނާއެކު ޓޫރިޒަމް މިނިސްޓަރު (ވ3) އާއި ތޮއްޔިބު (މ) ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްއެމްޕީއާރުސީ
25 މާޗް 2021 - 12:46
ދެކުނު އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޝޯ "ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް" (ސާޓޭ)ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މިއީ ކޮވިޑް-19ގެ ފަހުން ވާޗުއަލް ނޫން ގޮތަކަށް ރާއްޖެއިން ބައިވެރިވި ދެވަނަ ޓްރެވަލް އިވެންޓެވެ. މީގެ ކުރިން ރަޝިއާގައި ބޭއްވި މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް (މިޓް)ގައި ވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
ސާޓޭ ފަށަން އިންޑިއާގެ ނޮއިޑާގައި ބޭއްވި ހަފްލާފައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްދަމު ބައިވެރިވެވަޑައިގެންނެވި އެވެ.
ޑރ. މައުސޫމް ވިދާޅުވީ އިންޑިއާގެ ޓޫރިސްޓުން ގެންދަނީ ކޮވިޑްގެ ތެރޭގައި ދުނިޔޭގެ އެހެން ޓޫރިސްޓުންނަށް ދަތުރުފަތުރު ކުރުމުގައި އިތުބާރު ހޯދައިދެމުން ކަމަށެވެ. އަދި އިންޑިއާއަކީ މިހާރު ރާއްޖޭގެ އެއް ވަނަ މާކެޓުކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށާއި ޓްރެވަލް އޭޖެންޓުންނަށް އޭނާ ވަނީ ޝުކުރުއަދާ ކުރައްވައިފަ އެވެ.
މި ފެއާގައި އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ 13 ކުންފުންޏަކުން ބައިވެރިވެ އެވެ.
އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި އަހަރު އެ ކުންފުނިން ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއާ އާއި ރޯޑް ޝޯގައި ބައިވެރިވާނެ އެވެ. މީގެ ތެޜޭގައި ސްޕެއިންގައި ކުރިއަށްދާ ފިތޫރު ފެއާ އާއި އައިޓީބީ އާއި ޑަބްލިއުޓީއެމް ފަދަ ބޮޑެތި ފެއާތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުންބުލް
25 March 2021
ހަބޭސް.