ހިންނަވަރުން މަރުވި މީހާގެ ޖަނާޒާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދަނީ
29 މާޗް 2021 - 09:17
ޅ. ހިންނަވަރުން އިއްޔެ ފަތިހު މަރުވި މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 63 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ސްޓްރޯކެއް ޖެހިގެން، އެ އަތޮޅު ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.
އޭނާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ރޭ ދަންވަރު ލިބުނު އިރު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް މިއަދު ވިދާޅުވިގޮތުގައި ކުއްލި ގޮތަކަށް އެ މީހާ މަރުވި ނަމަވެސް، އިއްޔެއާ ހަމައަށް އޭނާގެ ހާލު ރަނގަޅެވެ.
ހިންވަރުގައި މިހާރު ވެސް ކޮވިޑް-19ގެ ބިރު އެބައޮތެވެ. ރޯގާގެ އަލާމާތްތައް ހުރެގެން މީގެ ދެ ދުވަސް ކުރިން އެ ރަށުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އެ ރަށް މިހާރު ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެކަމަކު އެ ރަށުން މަރުވި މީހާ އާއި ކޮވިޑްގެ ބަލިމީހާއާ ގުޅުމެއް ނެތެވެ.
ކޮވިޑްގެ ބިރުވެރިކަން މިހާރު ވަރަށް ބޮޑުވެ، ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ އެ އަތޮޅު ފެލިވަރުން ބަލި ޖެހުނު މީހުންގެ ތެރޭގައި ވެސް ހިންނަވަރުގެ ތިން މުވައްޒަފަކު ހިމެނެ އެވެ. އަދި އެ ރަށުގައި ބަލިއޮތްކަން މިންވަރު ދެނެގަތުމަށް ގިނަ ބައެއްގެ ސާމްޕަލް މިހާރު ވަނީ ނަގައިފަ އެވެ.
ހިންނަވަރުގެ އިތުރުން އެ އަތޮޅު ނައިފަރުގައި ވެސް ކޮވިޑް މިހާރު ވަނީ ފެތުރިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
29 March 2021
ޢަދިވެސް މައިއެއާޕޯޓު ބަންދުކޮއް ދެޑޯޒު ވެކްސިން ފުރިހަމަ ނުކޮއް ރާއްޖެ ނާދެވޭ ގޮތައް ހަދާކައްނުވެބާ ކިހަބޮޑު ގެއްލުމެއް މިވަނީ ރައްޔިތުންނައް ފުރާނަޔައްވުރެ ބޮޑައް ޑޮލަރައް ދަހިވެތި ވާބަޔަކު ނުދެކެން މިނޫނީ
މައިމޫނާ
29 March 2021
އަނެއް ބަޔަކު ގޮވަނީ މިހާރު ހުރި ފިޔަވަޅުތައް ވެސް މާ ހަރުކަށިކަމަށް.