ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން، ގޮވާލައި އޭނާ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި.
29 މާޗް 2021 - 09:55
ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ސަރުކާރުން ފައިސާ ދިނުމަށް ފަހު، އެ ވެންޓިލޭޓަރުތައް އަދިވެސް ނުލިބިވާ މައްސަލަ އަލުން ތަހުގީގޮށް، އެކަމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މިއަދުގެ ޖަލްސާ އަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އެއްވެސް މީހަކަށް ދައުވާ ކުރެވެން ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވާފައި ވަނީ އެހެން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް، އެ ކުންފުންޏަށް 31 މިލިއަން ރުފިޔާ ދިނީ ފައިނޭންޝަލް ގެރެންޓީ ނުހޯދައި ކަމަށް ވާތީ އެކަމުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏަށް ފައިސާ ދިނުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ފުރަތަމަ ތުހުމަތު ކުރީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓެއްގަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެންގުމުންނެވެ. އޮޑިޓް ރިޕޯޓް ނެރުުމުން، ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރަން އޭސީސީއަށް ހުށަހެޅީ ސަރުކާރުންނެވެ.
އޭސީސީން އެ މައްސަލަ ބަލައި، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އެހެން މުވައްޒަފުންނާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޝަމީމް ނިންމެވީ އެކަމުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އޭރު ތިއްބެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން 33 މެމްބަރުންނެވެ.
ބަހުސްގައި އާދަމް ޝަރީފު ވިދާޅުވީ، އެ މައްސައިގައި އެންމެ ކަންބޮޑުވަނީ ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ އެކަމުގައި ގެއްލިފައި ވާއިރު، އެ ފައިސާ ހޯދަން ވެސް ސަރުކާރުން މަސަައްކަތް ނުކުރާތީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
29 March 2021
ވަޒީރުންނާއި މިނިސްޓްރީ ތަކުގެ އިސްވެރިން ތަކެއްގެ މައްޗަށް މިފަހަ ޙިޔާނާތުގެ ވައްކަމުގެ ތުހުމަތު ކުރެވޭހިނދު "އެކަން ކަމުގެ ސާފު މައުލޫމާތާއި ފައިސާގެ މުއާމަލާތް ހިންގާފައިވާގޮތް ނޭގޭ" ކަމަށް ދައުލަތުގެ ޕްރޮސިކިއުޓަރ ބުނާކަމުގައިވާނަމަ މިކަމާއިބެހޭގޮތުން މަޖިލީހުން ދައުލަތުގެ އޮޑިޓަރ ޖެނަރަލް އާއި ފައިނޭންޝަލް ކަންޓްރޯލާރ ގެ އިތުރުން ފިނޭންސް މިނިސްޓަރާއި ސުވާލުކޮށް ޙަޤީގަތް ދެނެގަނެ އިހުމާލުވި ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާންޖެހޭ.
ނީރާ
29 March 2021
އާދަނުއެވެ. ތިމާމެންގެ ވެރިކަމުގައި ހިނގައިދިޔަ ޖަރީމާ ތަކާގުޅިގެން ތިމާމެންގެ މެންބަރުންލައްވާ ކުއްލި މަސައަލަ ހުށަނާޅަނީ ލިބޭ މުސާރަ ކުޑަވގެންބާ؟ ނުވަތަ އުތީމު ތަކުރުފާނަށްވުރެވެސް ޤައުމުދެކެ ލޯބިވާތީބާ؟
މޮޔަ ނުގޮވާ
29 March 2021
ކުއްލި މައްސަލައެއްގެ ގޮތުގައި ވައްދަންވީ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ނަގައިގެން މަޖުލީހަށް ހާޒިރުނުވާ މައްސަލައެއް ނޫންތޯ؟ މީ ރައްޔިތުންގެ މާލިއްޔާތުން ގެއްލިގެންދާ ފައިސާއެއް ނޫންތޯ؟؟؟
ކުބޯނޯ
29 March 2021
ޥެންޓިލޭޓަރ ވައްކަމުގެ ސަބަނުން ގައިމުވެސް އެމްޑީޕީ އައް ހެލްތް މިނިސްޓްރީގެ ސޮލޮޓް ލިބިއްޖެ. ސިއާސީ ފައިދާވެއްޖެ. ޅައްކަވާހަކަ
ސީޒަން ޖެކްޝަން
29 March 2021
ކުއްލިއަކާ ކުއްލިމައްސަލަތައް ހާދަގިނަވެއްޖޭ.
ޙަބީބު.
29 March 2021
80 ޔައްވުރެ ގިނަމެންބަރުން ރައްޔިތުންގެ ފައިސާއިން އަމިއްލަޔައް 82500 ރުފިޔާ އަމިއްލަޔައް ފަސްކޮއްގެން މުސާރަޔާ އިނާޔަތައް ނަގާފަ ހާޒިރުވަނީ 32 މެންބަރުން އަހަރަކު 3 މަހު ޗުއްޓީ ދީފަ ކޮބާ ލަދެއް