ޚަބަރު / ވައްކަމާއި ފޭރުން

އެމްޔޫ ފަޅާލައި، ފަސް މިލިއަން ވަގަށް ނެގުން: ދައުވާ ލިބުނު ފަސް މީހުން ވެސް ސަލާމަތްވެއްޖެ

ހުކުމުގައިވާ ގޮތުން ނަމަ އެމްޔޫ ސްޓޯރުގެ ވައްކަމުގައި ހިމެނޭ މީހުންނާ، ގެއްލުނު ފައިސާއާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތް.

އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިޖޫރީތައް ފަޅާލާފައި: އެ މައްސަލާގައި ދައުވާލިބުނު ފަސް މީހުން ވަނީ ސަލާމަތްވެފައި --- ފޮޓޯ/ ޕޮލިސް

31 މާޗް 2021 - 12:55

42 comments

އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ވެގާ ސްޓޯ ބިލްޑިންގްގައި ހުންނަ އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް އޭޕްރީލް، 2016 ގައި ފަޅާލައި، ތިޖޫރީގައި ހުރި 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު (3.2 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރީ ފަސް މީހަކަށެވެ.

އެއީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީނާއި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ވައްކަމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އެއީ ވެގާ ސްޓޯ ބިލްޑިންގާ ޖެހިގެން ހުރި ފިލާ ބިލްޑިންގްގެ ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީމީހާ އެތަނުގެ ސިޑި ގޮޅީގައި ބަނދެފައި ބޭއްވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ ވެގާ ސްޓޯ ބިލްޑިންގާ އިންވެގެން ހުރި ފިލާ ބިލްޑިންގްގެ ވައްކަމުގެ ދައުވާ ލިބޭ ހަތަރު މީހަކު ދަބަސްތަކަކާއި ދަތްދަގަނޑެއް ހިފައިގެން ނުކުމެގެން ގޮސް ޓެކްސީއަކަށް އެރި ކަމަށް ދެ ހެއްކަކު ހެކިބަސް ދިނަސް އަދި އެ ޓެކްސީ ހުއްޓުވައި ފާސް ކުރިއިރު، މާސްކާއި ބޮލުގައި އަޅާ ވިގާއި ޓޭޕް ރޯލު ފެނުނު ކަމަށް ހެކިން ބުންޏަސް، ވައްކަން ކުރި މަންޒަރު ފެނުނު ކަމަށް އެއްވެސް މީހަކު ހެކިބަސް ދީފައި ނެތް ކަމަށެވެ.

ގާޒީ އަލީ އާދަމް އިއްވެވި އެ ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ވައްކަމަށް ވަނީ އަނިޔާވެރި ގޮތުގައި އަދި ސިއްރުން މީހެއްގެ މުދަލެއް ނެގުން ކަމަށެވެ. އެކަމަކު ތިން ތިޖޫރީއެއް ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އޭގެ ތެރެއިން ދައުވާ ލިބޭ އެއްވެސް މީހެއްގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާއިރު، ފަހުން ފުލުހުން ހޯދި ފައިސާތަކުން ވެސް އެ ފަސް މީހުންނާ އެކަމާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދައި އެ ފައިސާތައް އެމްޔޯ ސްޓޯރާ ހަވާލުކުރި އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެއީ އެހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ވައްކަމެވެ.

42 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 4%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިއްރުން

02 April 2021

" ގާޒީ އަލީ އާދަމް އިއްވެވި އެ ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ވައްކަމަށް ވަނީ އަނިޔާވެރި ގޮތުގައި އަދި ސިއްރުން މީހެއްގެ މުދަލެއް ނެގުން ކަމަށެވެ. " ސިއްރުން ކުރީމަ ވައްކަމަކަށް ނުވިއެއްނު

The name is already taken The name is available. Register?

އަލޭ

01 April 2021

މަގުމަތީ ކޯޓް ހަދައިގެން އުޅުނު މީހުން ބާރުދޭ ގާނޫނުތައް ހުންނާނީ ވަރަށް ބޮޑަށް ކުށްވެރިން ހިމާޔަތްވާ ގޮތަށް ހަދައިދީފަ. ހިމަ ރޮދިފަށަކުންވެސް ކުށްވެރިއާ ނުބަނދެވޭހާ މޮޅަށް އެ ހަދާފަ ހުންނާނީ. އެމީހުންގެ ވަކީލުންނަކީ ގާނޫނީ ބާގަނޑުތަކުގެ ތެރެއިން ކުށްވެރިން ދޫކުރަން އެންމެ ތަޖުރިބާހުރި މީހުން. އެބާގަނޑުތައް ނައްތާލާކަށް ބޭނުމެއްނުވާނެ. ވެރިކަމަށް އެންމެ ކުރިން އެރުނީވެސް ކުށްވެރިންގެ ބިޔަ ބޮޑު ސަޕޯޓާއެކު. އެރުނީމަ ކުށްވރނނަށް ދިނީ 2ވަނަ ފުރުސަތު

The name is already taken The name is available. Register?

އަލީހަމީޑު

01 April 2021

ތިޖޫރީއަށް ބޯކޮއްޕައިގެން އޮއްވަ ނުފެންނަންޏާ ސާބިތު ނުވަނީތަ؟ ސަދޫމް

The name is already taken The name is available. Register?

ސަމްސިއްޔާ

01 April 2021

އެމީހުންގެ އަތުން ފެނުނުފައިސާ އެމްޔޫސްޓޯރާ ހަވާލުކުރީ ކޮން ފްރިންސިކްހެއްކެއް ހުރެގެން؟؟

The name is already taken The name is available. Register?

20000

31 March 2021

މިއޮތީވާ ގައުމެއް. ކުރީގައި ދިވެއްސަކަށް ވީތީ ފަހުރުވެރިވޭ. މިއަދު ފަކުރު ގަންނަނީ/ ވަގުން ވަކަން ކުރަންވީ އޯކޭ. މީހުން މަރާ މީހުން މަރަންވީ. އޯކޭ ކޮން ގައުމެއްގައިތަ ޤަވާއިދާ ޚިލާފަށް މިހާ ގިނަ އަދަދަކަށް ބިދޭސީންނަށް އުޅެވެނީ. އހަރަމެން ލަންކާ މަގުމަތީގައި ޕާސްޕޯޓް ނުލާ އުޅުނަސް އެތައް ސުވާލެއް. ކުރޭ. މިއީ ދުނިޔޭގައި އޮތް ހަމަ އެކަނީ އިންސާނީ ހައްޤު ހިމާޔަތް ކުރާ ގައުމު. ސަޅިއެއް ނޫ

The name is already taken The name is available. Register?

ބުރޯ ބުރޯ

31 March 2021

ހަހަހަހާ ވައްކަން ކުރަނީ ވަގަށޤ ވައްކަންކުރިތަން ފެނިފަ ނެތުމުން ސާބިތުނުވެ ޗަލާގަޔާ ސަޅި ގައުމެއް މީ. ޕީޖީ ހަބޭސް އުންސުރާ ފަންސުރު ނެތީމަ އޭ.... ދައުލަތެއް ފޭލްކޮށޤލުމަށޤ މިކުރަމަސައްކަތް ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

ޙޫރޭ

31 March 2021

ނެޓްފްލިކްސް އިން އެއްޗެއް ހަދަން ފެންނަނީ

The name is already taken The name is available. Register?

މިދިޔަ ސަރުކާރު

31 March 2021

މިދިޔަ ސަރުކާރުގަަ ހިނގާފަ އޮތް ވައްކަމެއް!

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

31 March 2021

ސަދޫމުގައި ވެސް ވައްކަން ކުރަނީ ހެޔޮނިޔަތުގައި! ކުއްވެރިވަނީ ޖަމަލުގެ ވެރިމީހާ! ސޭކުސްތާނުގައި ވެސް ސަދޫމުގައި ކުރާހަކަލަ ސަރިއްޔަތް ވަރަށްގިނައެވެ.

The name is already taken The name is available. Register?

އިލި

31 March 2021

ހެޔޮނިޔަތުގައި ކޮއްފިކަމެއް ގެއްލިނުދާނެ. ތިޔަވައްކަން ކޮއްފަތިޔޮތީ ހެޔޮނިޔަތުގައި ކަމުގައިވާތީ އެކުރި ބުރަމަސައްކަތުގެ ބަދަލު ދޭންޖެހޭނީ އެމް ޔޫ އިން. އެރޭގެ ދުވަހުމުސާރަޔާ ކެއުމަށް ހަރަދުކުރިބައިވެސް.އަދުލުއިންސާފު ކެކިބަންޑުންވަނީ

The name is already taken The name is available. Register?

ޝަފީރު

31 March 2021

ވަރަށް ސަޅި ކޮމެންޓެއް. ވައްކަންކުރާއިރު ފުލުހުން ވެސް ގޮވައިގެން އެމީހުން ވައްކަން ކުރަން ވަންނަނަމަ ހެއްކާ ޤަރީނާ ލިބޭނެ. އެވަރުން ވައްކަމުގެ ފަންސުރު ހަމަވާނީ. މިހުކުމް ބުނާގޮތުން ވައްކަމުގެ އެއްވެސް މައްލައަކަށް ފަންސުރު ހަމައެއްނުވާނެ. ޝަމީމުގެ ނިންމުމަށް ވަރަށް ބޮޑު ކުރިއެރުމެއް މިބިއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454