ގާނޫނުއަސާސީއަށް 10 އަހަރުު ފުރުން ފާހަގަކުރަން ބޭއްވި ފޯރަމެއްގައި ސަފާ ޝަރީފް ވާހަކަދައްކަވަނީ. ޕޮލިސް ބޯޑަށް އޭނާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި. ފޮޓޯ: ހުސައިން ވަހީދު/މިހާރު
05 އެޕްރީލް 2021 - 14:58
ފުލުހުންގެ އާ ގާނުނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން އިންނަވާ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ކުރިން މަސައްކަތްކުރެއްވި، ސަފާ ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްްކޮށްފި އެވެެ.
ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ތިއްބަވާ ދެ މެމްބަރުން އައްޔަން ކުރުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ދެ މަގާމަށް ކުރިމަތިލާން މަޖިލީހުން ފުރަތަމަ ހުޅުވައިލި އިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފާސްްވީ އެންމެ ބޭފުޅެއްްގެ ނަމެވެ. އެއީ އެމްޑީޕީގެ ބައިނަލް އަގުވާމީ ތަރުޖަމާނަކަށް ކުރިން ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ހާމިދު އަބްދުލް ޣަފޫރެވެ.
ފުރަތަމަ ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ ބޭފުޅަކު އައްޔަން ނުކުރެވުމުން، އެ މަގާމަށް ކުރިމަތިލާން ދެ ވަނަ ފަހަރަށް މަޖިލީހުން އިއުލާނު ކުރި އެވެ. އެގޮތުން ކުރި އިއުލާނުގެ މުއްދަތު ހަމަވި އިރު ކުރިމަތިލެއްވީ ސަފާ ހިމެނިވަޑައިގަންނަވާ ގޮތުން ހަތް ބޭފުޅެކެވެ.
1- މުހައްމަދު އިމްރާން ޝަރީފް، މ. ތަންތާރަ/ މާލެ
2- ސަފާ ޝަރީފް، ދެތަނޑިމާގެ/ އައްޑޫ ހުޅުދޫ
3- އަހުމަދު އުސައިދު ހަސަން، ލަކީސްޓާ/ ގދ.ހޯޑެއްދޫ
4- އާއިޝަތު ރަޝީދު، ކޮކާގެ/ އައްޑޫ ފޭދޫ
5- ހައްވާ ރީނާ ހަސަން. މ. ދިއްކަލި/ މާލެ
6- އިބްރާހީމް ތައުފީގު، މއ. ރިހިވިލާގެ/ މާލެ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މި ނަންތައް ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް މިއަދު ފޮނުވި ރިޕޯޓުގައިވާ ގޮތުން ހުރިހާ ބޭފުޅުންނާ ވެސް ކޮމިޓީން އިންޓަވިއުކޮށް، މައުލޫމާތު ސާފުކުރި އެވެ. އަދި އެއަށް ފަހު، ހަ ބޭފުޅުންނާ މެދުގައި ވެސް ކޮމިޓީއަށްް ފެންނަ ގޮތެއް ކަނޑައަޅަން ކޮމިޓީގައި ވޯޓަށް އެހި އެވެ.
ޕޮލިސް ބޯޑަށް އައްޔަން ކުރަން ކޮމިޓީގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިވަޑައިގެންނެވީ ހަމައެކަނި ސަފާއަށް ކަމަށް ވާތީ ކޮމިޓީން ތަޅުމަށް ފޮނުވީ އޭނާގެ ނަމެވެ. ޕޮލިސް ބޯޑަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށްް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެއް މެމްބަރަކު ދެއްވީ ވަކިގޮތަކަށްް ވޯޓުދޭން އެދިވަޑައިނުގަންނަވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
06 April 2021
"ނެޕޯޓިޒަމް" އަކީ އަހަރެން ކުޑައިރު، މި ރާއްޖެއަށް ޑިމޮކްރަސީ ނުގެނެވިގެން ނަޝީދު ލޮލަށް ނިދިނައިސްގެން އުޅުނު ދުވަސްވަރު، އެއިރުގެ ރައީސްއަކަށް ހުރި މައުމޫނު އާއި ދިމާލަށް ގޮވާތީ އިވުނު ބަހެއް. މަށަށް މި ބަސް ދަސްވީވެސް ނަޝީދު ފަރާތުން. އެ ބަހުގެ މާނަ ތިރީގައި އެ ވަނީ. ތަރުޖަމާ ކުރައްވާ ތިި ބޭފުޅުން! nepotism the practice among those with power or influence of favouring relatives or friends, especially by giving them jobs.
ރަދުން
06 April 2021
މަޖިލިސްގެ ރައީސަށްލަފާދޭ ބޯޑެއްހަދާފާ ބައްޕައާއި މަންމަޢާއިބޮޑުދައިތައަށްވެސް މުސާރަދީ ޤައުމު ކައި ހުސްކުރޭ.
މަގޭވަތަން
06 April 2021
ޔާﷲ، ކެހިވެރިންގެ ނުބައި ރޭވުންތަކުން މިގައުމާ ރައްޔިތުން ސަލާމަތް ކޮށްދެއްވާށި.އާމީން
އިބްރާހިމް ވަހީދު
05 April 2021
ނަށީދުގެ ވަކީލު, އޭޖީ ރިފްއަތުގެ ކުރީގެ އަނބި, ހިސާންގެ ބިޒްނަސް ޕާޓްނަރު (ލޯފާމުގެ)
ގުލްޒާރު
06 April 2021
އެހެންވީމާ ޑިމޮކުރަސީ މަހަށްގެންގޮސް އެ ކަނޑުފައްތާށެވެ.
ބުރުވާލިބާގިރުގެ ސިޔާސީ މާވަހަރު
05 April 2021
ތިބޯޑަށް މިހާރު މަދުވަނީ އާމާލު ކުލޫނީ.
ރެނދަން
05 April 2021
ސަފާމެން ނޫން މީހަކު ކަމަކު ނުދޭ ދ އެއްވެސް ތާކަށް އައޔްަން ކުރާކަށް. ހިސާން މެން ހުރިހާ ބޯޑަކަށް ނުފޫޡު ފޯރުވަން ކުރާ ކަންކަން މީހަމަ. ދެންވެސް ބުނާނެ އިސްލާހު ކުރަނީއޭ..
އަމީ
05 April 2021
ގާތް މިހުނަށް ހެޔޮ ގޮތާއި މަތީ މަގާމުތަށް. ދެން ނެއްތޯ ލދނ އެހެން ވަޒީފާއެއް.
ޖަނާބު އަންޖާމު
05 April 2021
ކުޅިބައި މިހިރަގެން ހަމަވަނީ..........
ޝާސާ
05 April 2021
ތާހިރެއްނުން، ރައީސް ނަޝީދުގެ ލޯޔަރަކަށް
މިލްކް ކްރެބް
05 April 2021
ދެން މި ހާވަރަށް ތިޔަ ބޯޑެއް މިނިވަން ވާނީ ?