ކިނބިދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުން މިހާރު ވަނީ ކޮވިޑް ފެނިފައި-- ފޮޓޯ: ސައުދު އާދަމް
11 އެޕްރީލް 2021 - 19:55
ތ. ކިނބިދޫން ނެގި ފަސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން މަނާކޮށްފި އެވެ.
ޕޮޒިޓިވްވި އެންމެން ވެސް އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ދިޔަ ކަމަށްވެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނި ގޮތުގައި ހަތަރު މީހަކު ޕޮޒިޓިވްކަން އެނގުނީ، ހުމުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ގޮސް، ނެގި ސާމްޕަލުންނެވެ. އަނެއް މީހާ އަކީ، މިހާރު މޮނިޓަރިންއަށް ލާފައި އޮތް އެ އަތޮޅު ވޭމަންޑޫން އެ ރަށަށް ދިޔަ މީހެކެވެ.
ކިނބިދޫގެ ފަސް މީހެއްގެ ގައިން ބަލި ފެނުމާ އެކު، އަދި އެ މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ބަލި ޖެހިފައި ވެދާނެ ކަމަށް ބަލައި، މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.
ވޭމަންޑޫ މޮނިޓަރިންއަށް ލީ، އެ ރަށުން މާލެ ގެނައި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މީގެ ދެ ދުވަސް ކުރިންނެވެ.
ރަށްރަށުގައި ކޮވިޑްގެ ހާލަތު މިހާރު ކޮންމެވެސް ވަރަކަށް ވަނީ ހަމައަކަށް އެޅިފަ އެވެ. އެކަމަކު އަދިވެސް އާ ރަށްތަކުން ދަނީ ބަލިފެންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy