ހައި ކޯޓުގައި އޮތް ޝަރީއަތަށް ފަހު، ޔާމީން އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: އަހުމަދު އައުޝަން/މިހާރު
12 އެޕްރީލް 2021 - 17:49
މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ދެރަގޮތެއް" ނުވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ޕްރެސް ބްރީފިންގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން ވެސް މިދިޔަ ހަފުތާގައި އެ މަނިކުފާނާ ބައްދަލުކުރައްވައި ޔާމީނަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި އޮތް މީޑިއާ ބްރީފިންގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ވާއިރު، ކިހާ ދުވަހެއްގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުން ރައީސް ވިދާޅުވީ، "ލަސްތަކެއް ނުވެ އަޅުގަނޑު އެއަށް ގޮތްތަކެއް ހޯދަން މަސައްކަތް މިކުރަނީ" ކަމަށެވެ.
ޔާމީނާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސިއްހީ މައްސަލަތަކެއް ނެތް ކަަމަށެވެ. އެކަމަކު، އަނބިކަނބަލުން ފޮނުއްވި ސިޓީފުޅުގައި ޔާމީންގެ ސިއްހީ މައްސަލަތަކެއްގެ ވާހަކަ ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި ޔާމީންގެ ޓެސްޓުތަކެއް ހަދަން ބޭރަށް ފޮނުވަން ޑޮކްޓަރު ރިކޮމެންޑް ކުރި ނަމަވެސް ޔާމީން އެގޮތެއް ބޭނުންފުޅެއް ނުވި އެވެ. އެއީ ރާއްޖެ އިން ހެދެން ނެތް ޓެސްޓުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއީ ވަރަށް ކުރީގެ ރިކޮމެންޑޭޝަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސަލްބެ
12 April 2021
ޖަލުގަ ފޮރުވާ ބާއްވައިގެން ވެސް މިޑްޓަރމް އިލެކްޝަނުން ވީ ބަލި. ދޫކޮށްލާފަ ހުރިނަމަ އެންމެ ގޮޑިއެއްވެސް ލިބުނީސްބާ؟؟؟؟؟؟
ބޮޑުމީހާ
12 April 2021
އެއްވެސް މީހަކަށް ދެރަގޮތެއް ހަދައިގެން ނުވާނެ!
ދޯރި
12 April 2021
ޔާމީނު ހިންގާފައިވާ ޖަރީމާތަކަށް ބަލާއިރު ގެޔަށް ބަދަލު ކުރާކަށް ނުފެނެއެވެ. ފުރާނައަށް ނުރައްކާ ބައްޔަކަށް ނޫނީއެވެ.
ކޮރަލް
12 April 2021
ޔާމީން ރައްޔިތުންނަށް ކޮށް ދިން ކަންކަން ފެންނަން އެބަހުއްޓެވެ. ސޯލިހް ކުރި ކަންކަން ބުނެ ބަލާށެވެ.
ގަރަޑޭ
13 April 2021
ސޯލިހު އަދި ވައްކަމެއް ނުކުރޭނު. ކުރިނަމަ ފެންނަން ހުންނާނެ.
މިއަދު
12 April 2021
ރައިސްޔާމީން ވައްކަމެއް ކޮށްފަވާނަމަ އެމައްސަލަބަލާ އަދުލުވެރި ހުކުމެއްކުރައްވާ.އޭސީސީ އާއި ރ ޔާމީނާދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ހުޅުވުނު އެކައުންޓެއްގައި 1 މިލިއަން ރުފުޔާ ނުވަތަ 1 މިލިއަން ޑޮލަރު ހުރިއިރު އެގޮތަށް އެކަންކުރުމަށް ރުހުންދިން އޭސީސީ ކުއްވެރިނުވެ ރ ޔާމީން ޖަލުގަ އޮންނަންޖެހުމަކީ ގަބޫލު ނުކުރެވޭ ކަމަކަށް މިވަނީ
ޕޮގުބާ
12 April 2021
ބިރު ނުގަނޭ ގޮޅި ތިބޭފުޅާ ވަންނަގޮޅި ހަދުވާވާނީ ތިބޭފުޅާގެ ބެލުމުގެ ދަށުން
ގަބޭ
12 April 2021
މިހާރު އެއުޅެނީ ޖުޑިޝަރީ އަތް އަތްބާނުވަން. އެމަޅީގަ ނުޖެހޭތި. ޑޮކްޓަރު ސިޓީއެއް ހޯދައިގެން ވަރަށް އަވަހަށް ދާނެ. 2 އަހަރުވެސް ކެތްކޮށްނުލެވިގެން އެއުޅެނީ. ޅައެއްޗެއް އަލައިފިއްޔާ ރައްޔިތުންގެ އިތުބާރު މިޅިން ގެއްލޭނެ.
ގަބީލާ
12 April 2021
ގަބޫލް ކުރަންޖެހޭ ހަގީގަތަކީ ޔާމީން ވައްކަން ކުރެއްވިކަން ސާބިތު ވެވޭ ވަރަށް ޝަރީއަތް ހިންގުނު، އެކަން އަދިވެސް ގިނަބަޔަކަށް ގަބޫލްނުކުރެވިގެން އުޅެނީ ކީއްވެގެންހޭ! އަހަރެމެން ބޭނުންވަނީ ތާހިރު ނަޒާހަތްތެރި ތެދުވެރި ބަޔަކު އުޅޭގައުމެއް.
ގަގަގާ
12 April 2021
ކޮބާ އަމިއްލަޔަށް ކުރި ވައްކަން. ތިވަރުގެ ނަޒާހަތްތެރިއެއް ނުހުންނާނެ!!!! ަހަހަހަހަހ އިގޭތީ މިބުނީ
މަގޭ ބަސް
13 April 2021
"ޔާމީން ވައްކަން ކުރެއްވިކަން ސާބިތު ވެވޭ ވަރަށް ޝަރީއަތް ހިންގުނު،" ނުހިންގޭ. ޝަރީއަތް ހިންގީ 2 ފާސިގުންގެ ހެކިބަހަށް. ފާސިގުން ދޮގުހެކިބަސް ދިނުމުން ޖަލު ހުކުމުގެ އެތިބީ ބަދަލުގައި ގޭބަންދުގައި. މިމައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ފައިސާ ބޭނުންކުރި މީހުން އެތިބީ މިނިވަންކަމާއެކު. ޔާމީން އެތައްފަހަރަކު ބުނި އެ ފައިސާ އެހުރީ ހުރިގޮތަށޭ. ވައްކަންކޮށް އެފައިސާ މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށްފިއްޔާ ވަގު މިނިވަންކަންމަތީގައި. މީހާ ޖަލުގައި
މާލޭ މޭޔަރު
12 April 2021
ދެން އަވަހަށް ގެ އަށް ފޮނުވޭތޯ ބަލާދީ ބަލަ