އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ: ލޯކަލް އިންތިހާބުގައި ވޯޓު ލާން މީހުން ނުނުކުތް އަނެއް ސަބަބަކީ ވައްކަން ކޮށްފައި ތިބި އިތުރު މީހުން ދޫވެފައި ތިބުން ކަމަށް މިއަދު ވިދާޅުވި. ފޮޓޯ: މަޖިލިސް
14 އެޕްރީލް 2021 - 17:39
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީހުން ވޯޓުލާން ނުނިކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންް މިނިވަންކުރާ ވާހަކަ ދައްކަމުންދާތީ ކަންބޮޑުވެގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި މިއަދު އިދިކޮޅު މެމްބަރުން ވަނީ ކައުންސިިލް އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށާއި ރައީސް ޔާމީން ގެ އަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވީ އެހެން އިންތިހާބުތަކާ ހިލާފަށް މި ފަހަރުގެ އިންތިހާބުގައި ޕީޕީއެމަށް ރަނގަޅު ކާމިޔާބީއެއް ލިބުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ޖުމްލަކޮށް ބަލާއިރު އެއީ އެމްޑީޕީ އަށް ގެއްލުނު އިިންތިހާބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލެއިން އެމްޑީޕީ އަށް ނާކާމިޔާބުވީ ގިނަ ސަބަބުތަކަކާ ހުރެ ކަމަށެވެ. އެމްޑީޕީން ދައްކަމުން އައީ ވާހަކައަކީ ވައްކަން ކުރުން ހުއްޓުވުމާއި ކޮރަޕްޝަން މަދުކުރުމުގެ ވާހަކަތަކުގެ އިތުރަށް ކުރިން ވައްކަން ކުރި މީހުންނަށް ހައްގު އަދަބުދޭނެ ކަމުގެ ވާހަކަތައް ކަމަށް އާޒިމް ވިދާޅުވި އެވެ.
އެ ވާހަކަތައް ދައްކަމުން ދަނިކޮށް، ރައީސް ޔާމީން މިނިވަންކުރާ ކަމުގެ ވާހަކަތައް ރަށުތެރޭގައި ދައްކަން ފެށުމަކީ ރައްޔިތުން ވޯޓު ލާން ނުދިޔަ ސަބަބު ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އަނެއް ސަބަބަކީ ވައްކަން ކޮށްފައި ތިބި އިތުރު މީހުން ދޫވެފައި ތިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް އެ ދުވަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުން ވޯޓު ދިނީކީއެއް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރާށެކޭއެއް. ނޫން. އޭގެ އިތުރު މީހުން ހައްޔަރުކުރުމަށް،" އާޒިމް ވިދާޅުވި އެވެ.
"އެކަމާ އިދިކޮޅުވެގެން މީހުން ނުކުމެ ވޯޓު ނުދިނީ. އަޅުގަނޑުމެން އެކަން ކުރާލެއް ލަސްވެގެން. މަޑުނުޖެހި ވައްކަން ކުރުން ކުރިއަށްދާ ދިއުމާ މެދު ކަންބޮޑުވެގެން."
އާޒިމް ވިދާޅުވީ މި ސަރުކާރުގައި ވެސް ވައްކަމުގެ އަމަލުތައް ކުރަމުންދާ ކަމަށެވެ. އެކަމަކު އެކަންކަން ކުރިއަށް ވުރެ "80 ޕަސެންޓް" ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބީއެއް ލިބުނަސް ހިތްވަރާ އެކު ތެދުވެ، ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ. ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެ ކުށްތައް ކޮށްފައި ވަނީ ކުރީ ސަރުކާރުގެ ވެރިން ވެސް ބައިވެގެން ކަމުން، އެކަން އޮތީ "ހަތް ބޮޅު ކަންވާރެއް" ފަދައިން އޮޅުވާލައިފަ އެވެ. އެހެންކަމުން، މައްސަލަ ހައްލުކުރަން ވަގުތު ނަގާނެ ކަމަށާއި ދެ އަހަރާއި ބައިވުމުން އެކަން ނުވީ ކަމަށް ކަންބޮޑުވެ، ހުއްޓާލަން ޖެހޭވަރު ނުވާ ކަމަށް އާޒިމް ވިދާޅުވެ އެވެ.
"ހަތް ބޮޅު ކަންވާރު އޮޅުންފިލުވުމަށް ފަހު އަޅުގަނޑުމެން ދުވާ ދުވެލި ވަރަށް ބާރުވާނެ،" އާޒިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
15 April 2021
ކޮސް ގޮވީމަ އެއީ ލަދުވެތިކަމެއް.
ލުގުމާން
15 April 2021
މިސަރުކާރުގަވެސް އަދި އޭގެ ކުރީސަރުކާރު ތަކުގަވެސް ވައްކަމާއި ކޮރަޕްޝަން ގެ ކަންކަމުގަ އެއްމެ އަރާހުރި އެކަކީ އަޒިމް ކިޔާމީހެއް. ބޮޑު ވަގެއްކަމަ ގިނަބަޔަކު ލޭބަލް ކުރާމީހެން. ދެން ތިޔަބުނީޔާމީން ދޫކޮށްލަން ގޮވާތީއޭ އެމްޑީޕީއަށް ވޯޓުނުލިބުނީ. ބަލަގަ ޔާމީން ދޫކޮށް ގޮވަނީވެސް އެކަމާ އިހްތިޖާޖް ކުރަނީވެސް ޕީޕީ އެމް އިންނާއި ރައްޔިތުން. އެމްޑީޕީއިން ގޮވަނީ ހައްޔަރުގަ ބަހައްޓަން. އާޒިމް މިއަދު ކޮން އެއްޗެއް ތޯހިއްޕަވައިގެން ހުއްނެވީ
ހުޅުލޭ ބޮޑުމީހާ
15 April 2021
އެޔެއް ދައްކާލާނަން އާޒިމް މެންނަށް ދެން އޮންނަ މަޖްލިސް އިންތިހާބަކުން. މިހާރު ރައޔިތުންގެ ލާރި ބޭނުން ވަރަށް ނަގައިގެން ނެށިދާނެ. ފަހުން ޖެހޭނީ އަމިއްލަ ލާރިން ނަށަން
ވަހުތާން
15 April 2021
އަހިވަކާއއިޖެހި ފާވާނީ އަހިވަށް ނޫންތަ؟ ހޭވޭރިކަމެއްގައި ނުތިބޭބަޔަކު ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯންނާނެ! ތިމާއަށް ނިއުމަތެއް ލިބުނީމާވެސް ތިވަނީ އެކަމަށް ޙަރާމްކޯރު! ތިނޫން ދުވަހެއްވެސް ދައްކަވާފާނެ!
ބޮޑު ވަޒީރު
15 April 2021
ތި މުޅި ބައިގަޑު ހަތަރެސްފައި ން ފޫގަޅައިގެ ން ހަމައެކަ ނި ރައީސް ޔާމީ ން ޖަލައްލީމަ ތިބައިގަ ނޑުގެ މަގުސަދު ވަރަށް ސާފު ހަމަ ރައީސް ޔާމީ ން ދެކެ ޖެހިލު ންވަ ނީ ދިވެހިރާއްޖެ ތަރައްގީ ގެނެސްދީފަ އޮތްވަރު ފެ ނިފަ.
އުސްމާނުބެ
15 April 2021
ކަލޯމެން ދުވަހަކުވެސް ނުވާނެ ރަގަޅެއް، ތިވަރު ބަޔަކައް ވެރިކަމެއް ނުކުރެވޭނެ....
އަލި
14 April 2021
ވޯޓު ނުދިނީ އިންސާފެއްވެސް އަމުދުން ނެތީމަ؟. މީވަރަށް ވާހަކަ. ދެންވެސް ވޯޓެއް ނުލިބޭނެ. އިންޝާﷲ.
ނަހޫ އައިޝާ
14 April 2021
މީނަވެސް ބޯ ހަމަނުޖެހެންފެށީތަ؟. ވަކި މީހެއްގެ ދަށުވެގެން އުޅެއްންޏާ ތިހެންވާނެ. ހުސް ޕަޕެޓް.
ޒިންދަގީކާހަކުރު
14 April 2021
މި އާޒިމްއަކީ މުޅިޔަކުން ހަމަ ވާހަކަ ދައްކާ މީހެއް ނޫން. މީނަ އަކީ ތަސްމީނު ފެކްޝަނުގެ ފެށުން ޑީއާރުޕީ މީހެއް. ބައެއް ފަހަރު އެ ކިބުރު ބޮޑު ގޮތްގަނޑު ހުރޭ. ޕީޖީ ގްރޫޕު ލީޑަރަކަށް މީނަ މިއައި ގޮތެއްވެސް ބަލަންޖެހޭ. ،މީނަ އިލްޔާސް ލަބީބް ގިޓާ ކަހަލަ މީހުންނާ ހެދި ޕާޓީ ދަނީ އޮޔާ
ޢަމީނު
14 April 2021
އެއްގޮތަކަށްވެސް ހަޖަމެއް ނުކުރެވުނު! ހެހެހެހެހެ.