އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި-- ފޮޓޯ: ސޯޝަލް މީޑިއާ
15 އެޕްރީލް 2021 - 11:01
އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަަލައާ ގުޅިގެން ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެމްޑީޕީގެ އޮފީހަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނަކު ހަައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން، 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހު، އެމްޑީޕީގެ އޮފީހަށް ގެއްލުން ދިންއިރު އެ ދުވަހު ވަނީ ކައުންސިލް އިންތިހާބުގެ ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނަން މަސައްކަތް ކުރުމުން އިންތިހާބާ ބެހޭ މައި މަރުކަޒުގައި ހަމަނުޖެހުން ވެސް ހިނގައިފަ އެވެ.
އެތަނަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ވަޑައިގަތުމުން އިދިކޮޅު، ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު އެމްޑީޕީން ބުނެފައި ވަނީ އެ ހަމަނުޖެހުންތައް ހިނގީ ވޯޓުތައް އަލުން ގުނަން މަަސައްކަތްކުރުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
15 April 2021
ފެބްރުއަރީ 7 ގެ ފަހުން ވިލާ ޓީވީބިލްޑިންގ އަށް ގާއުކައި ބިއްލޫރި ތެޅި މީޙުން ހައްޔަރު ކުރަނީ ކޮން އިރަކުންތޯ؟
މޫސާކުއްދާ
15 April 2021
ތިބުނާ ބަޔަކު ހައްޔަރުކޮށް ޝަރީޢަތް ހިންގައި ޖަލަށް ހުކުމްކުރި ކަން ނޭގުނީތީ ހިތާމަ ކުރަން.
ރޯޒަސް
15 April 2021
އެއެންމެންނަށް އަދަބު ލިބުންނަމަ މިވާހަކަ ދައްކާކަށް ނުޖެހުނީސް
ސައިޚް
15 April 2021
ތިވެސްދެން މީހުންދޯ، ނޫހެއްގަ އެއްޗެއްލިޔެލާއިރަށް ކޮމެންޓް ކުރެވޭތޯ ބަލާތި، ތަނެއްދޮރެއް ނޭންގުނަސް، ތިފެންނަނީ ތިމީހުންގެ ފެންވަރު، 7 ފެބުރުއަރީގެ ފަހުން ހިނގި ތިފާޑުގެ ކަންކަން ނުވެސް އެނގި ތިހުސްއަނގަކަނީދޯ.؟
ވަހީދު
15 April 2021
ހައްޔަރު ކުރި މީހުންގެ ތެރޭގައި އެލެކްސް ހިމެނޭތަ؟