ތިމާވެށީގެ ގާނޫން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސް ހިފުމާއި މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ބޭނުން މަނާކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރާ ކަމުގެ ރިޕޯޓް އީޕީއޭ އަށް ލިބެމުންދާ ކަމަށް އެ އެޖެންސީން ބުނި.
ދިގުރަށުގައި މިޔަރު ހިއްކަން ބަހައްޓާފައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހު ނަގާފައިވާ ފޮޓޯއެއް: މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަހެއް، އަދި ހިމާޔަތްކޮށްފައިވާ މަސް ބާނާ ނަމަ ފިޔަވަޅު އަޅާނެ ކަަމަށް އީޕީއޭ އިން ބުނި
15 އެޕްރީލް 2021 - 17:00
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ތިމާވެށީގެ ގާނޫނުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސް ހިފުމަކީ މަނާ ކަމެކެވެ. އަދި މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ބައެއް ބާވަތްތައް ހިފުން ވެސް މަނާކޮށްފައި ވެ އެވެ. ނަމަވެސް މި ދެ ކަންތައް ކުރުން އާންމުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އީޕީއޭ އަށް މީހުން ޝަކުވާކޮށް، ރިޕޯޓްކުރަމުންދާ ކަމަށް ބުނެފައި ވެ އެވެ.
މީގެ ތެރެއިން އެންމެ އާންމުވެފައި ކަމަށް ފާހަގަ ކުރެވެނީ 2010 ވަނަ އަހަރު ބޭނުން މަނާކޮށްފައިވާ މިޔަރުގެ މަސްވެރިކަމެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި މި މަސައްކަތް ފުޅާކޮށް ކުރެ އެވެ. އޭގެ ތެރޭގައި އދ. ދިގުރަށާއި އަދި އެތޮޅު ދަންގެތި ހިމެނެ އެވެ.
މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ރާއްޖެއިން ބޭރަށް 429 ކިލޯގެ މިޔަރު އުރަހަ ގެންދަން އުޅެނިކޮށް ހިފަހައްޓާފައި ވެ އެވެ. ކަސްޓަމްސް އިން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މިއީ ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަމާއި ގުދުރަތީ ދިރުންތައް މުއްސަނދިކުރުމަށްޓަކައި ކޮށްފައިވާ ދެ ކަންތައް ކަމަށް އީޕީއޭގެ އިއުލާނުގައި ފާހަގަކޮށްފައި ވެ އެވެ. އަދި އެ ދެ ގާނޫނުން އީޕީއޭ އަށް ލިބިދޭ ބާރުގެ ދަށުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެ އެވެ.
ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) އަށެވެ. މި ރޭޓުން ބަލާނަމަ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިލަބެ
25 April 2021
ގަވާއިދު ތަންފީޒުވާނަމަ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭބޭރުމީހުންގެ ކަންތައްމިހާބޮޑެއްނުވީސް އެއްވެސް ޓެކްސްދއއްކުމަކާއިނުލާ ހުރިހާވައްތަރެއްގެ ވިޔަފާރިކުރާކަން ސިޓީކައުންސިލްއިން އެވަނީބުނެފަ ބެންކޮކް ނޭޕާލް ފިލިޕީންސް އިން އަންހެނުންއެތެރެކޮށް ހަށިވިއްކުމުގެ ވިޔަފާރިތައްވެސް ވަރަށްގިނަ ފޮޓޯއާއިއެކު އެކަންޕޮލިހަށްވެސް އަންގާހަދައިފި ވާކަމެއްހަރާމް އެހެނެއްނޫން ވެހިކަލްތަކުގަ އިސްޓިކާޖެހުމުގެ ކަންތައްބަރާބަރަށް ގެންދޭ އެކަމު ރޭގަނޑު ބައްތިނުދިއްލާ ބަންގާޅީން ބައިސްކަލްދުއްވުމާއި ވަންވޭއާއި އިދިކޮޅަށް ދުއްވާމީހުނަށް ކުރެވޭ އެއްކަމެއްވެސްނެއް ދެން މިޔަރުބާނާމީހުނަށް ފިޔަވަޅުއަޅަންވީކީއްވެ މިޔަރު ހަމަބާނަންވީ މިޔަރުލޮނުމަހަށް ރަނގަޅު އަގުލިބޭ މިމަސައްކަތް އިތުރުކުރުންވަރަށްމުހިއްމުކަމަށްދެކެން .....
ކޮރަލް
15 April 2021
ގަވާއިދާ ހިލާފައް އުޅޭ ގަވާއިދާ ހިލާފައް މަސްވެރިކަން ކުރާ ބިދޭސީ އޮޑި ދޯނި ފަހަރު ޗެކްކޮށްލީމަ ފެންނާނެ އެވެ. ދިވެހި ޒުވާނުން ދޯނި ފަހަރުން މަސްވެރިކަމަށް ޖާގަ ނުލިބި ބިކަ ވެފަ އެވެ.
ބިލް ކުލިންޓަން
15 April 2021
މިކަމާ ޕޮލިހުންނޫޅޭތަ؟ އަދި ކޮބާތަ އެންވައިރޮންމެންޓުގެ ބައްޕަ، މަޖުލީހުގެ އަހަންމަދުބެ.
އްހަމަދުހު
15 April 2021
ދައުލަތުން ބޮޑެތި އަދަދުތަކުން ވައްކަން ކުރިޔަސް ކޮންމެސް ފިޔަވަޅު ނާޅާތި
ހށނ
15 April 2021
ގަވާއިދާއި ހިލާފަށް ކުރާ ކޮންމެކަމަކަށް ފިޔަވަޅެއް ނޫނަސް އަދަބެއް އޮވޭނޫންތޯ؟ އަބަދު ފިޔަވަޅެއް އަޅާނެވާހަކަ މިދައްކަނީ.
އޮނަރަބްލް އަފީފު ދީދީ
15 April 2021
ތިއީ ސޯލިޙްގެ ޒީރޯޓޮލަރަންސް ސަރުކާރަށް ކުރެވޭނެކަމެއްނޫން. ރާއްޖޭގެ އެތައްޤާނޫނުތަކާއި ރާއްޖެބައިވެރިވާ ބައިނަލްއަޤުވާމީ ގިނަ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކުން ކަޑައެޅިގެންމަނާކޮށް އަދި އެއަށް ރާއްޖެ އަމަލުކުރާން އެއްބަސްވެފައިވާ ކަންކަމާއި ޙިލާފަށް 129 ކިލޯގެ މިޔަރު އުރަހަ ވައިގެމަގުން ސްމަގުލް ކުރާންއުޅުނު ނުރައްކާތެރި މީހުނަށް ދީފައިވާ ރަޢްކާތެރިކަމަށް ބަލާލުމުން "އެޗްޕީއޭ ދައްކަނީ ހޮޅިވާހަކަ" ކަން ވަރަށް ރަނގަޅަށް އިގޭނެ. ތިކަމެއްނުވާނެ.