ދިއްދޫގެ ބަނދަރު: އެ ރަށުގައި ޖޫނިއާ ކޮލެޖެއް އަޅަން ވަނީ ހުޅުވާލާފައި.
22 އެޕްރީލް 2021 - 14:15
ދެ ރަށެއްގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
މި ސަރުކާރުގެ ވައުދުގައި ހިމެނޭ ޖޫނިއާ ކޮލެޖު އެޅުމަށް މި ފަހަރު ހުޅުވައިލީ ހއ. ދިއްދު އާއި ނ. ކެނދިކުޅުދޫގަ އެވެ. އަމިއްލަ ހަރަދުގައި އެ ތަންތަން ހަދަން ހުޅުވައިލީ އެކޮމޮޑޭޝަން ބްލޮކަކާއެކުގަ އެވެ.
އިއުލާނުގައި ވަނީ ޖޫނިއާ ކޮލެޖު ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 24 ގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅޭނެ ކަމަށެވެ. އެ އަށް ފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓު ލިސްޓުކުރާ ބަޔަކަށް ކަމަށް ބުންޏެވެ.
ދިއްދު އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އެޅުމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މިދިޔަ ފެބްރުއަރީ މަހު އެ ދެ ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ޖޫނިއާ ކޮލެޖު ފަރުމާކުރަނީ އުމުރުން 16-21 އަހަރާ ދެމެދުގެ ކުދިންނަށް ދެ އަހަރުގެ ތެރޭގައި ތައުލީމާއި ތަމްރީނުގެ ކޯސްތައް ފުރިހަމަކުރެވޭ ގޮތަށެވެ. ޖޫނިއާ ކޮލެޖުގެ ސަބަބުން އެ އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމުގެ އުނގެނުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ބިން ދާވޫދު
22 April 2021
ބޭކާރު މޮޑެލްއެއް...މިތާ ޕޮލިޓެކްނީކާ ، ޔުނިވާސިޓީތަކާ ހުއްޓަ ކޮން ޖޫނިޔާ ކޮލެޖެއް ގެ ވާހަކައެއް. ރައްޓެހިންނަށް ޕުރޮޖެކްޓް ދޭން ރަނގަޅު މަގެއް އެކަމަކު ގައުމައްވާނީ ބޮޑުތަނުން ގެއްލުން.