މިއީ "މޯލްޑިވްސް އާކައިވް" އިން ޓްވީޓްކޮށްފައިވާ، މާލެ މަތިން 1960 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް.
28 އެޕްރީލް 2021 - 15:25
ރާއްޖޭގެ ރަށްތަކުގެ މަތިން 1940 އާއި 1980 އާ ދެމެދު ނަގާފައިވާ [އޭރިއަލް] ފޮޓޯތަކުގެ ކޮޕީރައިޓް އޮތީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ކަމަށާއި އެހެންވެ އެ ފޮޓޯތައް އާންމުންނާ ހިއްސާކުރެވޭނީ އެކަމަށް ކަނޑައަޅާފައި އޮތް އުސޫލެއްގެ ތެރެއިން ކަމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވެ އޮތޯރިޓީން ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ، އިހުގެ އޭރިއަލް ފޮޓޯ އާއި ސެޓެލައިޓް އިމޭޖްތައް ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެއީ "އިނގިރޭސި ވިލާތު ސަރުކާރުގެ ކޮޕީރައިޓް [ކްރައުން ކޮޕީރައިޓް] ގެ ދަށުގައިވާ މައުލޫމާތުތަކެއް ކަމަށްވާތީ މި މައުލޫމާތުތައް އާންމުންނާ ހިއްސާކުރުމުގައި ވަކި އުސޫލެއް ކަނޑައެޅިފައި" އޮންނަ ކަމަށެވެ.
ނަމަވެސް އިއްޔެ ދިން ޖަވާބުގައި ބުނެފައިވަނީ ބޭނުންވާ މައުލޫމާތަކީ ކޮން ކަމަކަށް ބޭނުންކުރާ މައުލޫމާތެއްކަން އެންގުމުން ޑާޓާ ހިއްސާކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެ މައުލޫމާތެއް ހިއްސާކުރެވިދާނެ ކަމަށެވެ.
ބެލެވޭ ގޮތުގައި އެއީ، އެ ފޮޓޯތަކާއި އިމޭޖްތައް ވަކި ކަންކަމަކަށް ބޭނުންކުރުން މަނާވާ ގޮތަށް ކޮޕީރައިޓް އޮތުމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް މި ސިޓީ ޓްވީޓްކުރަމުން އިސްތިއުމާރީ ބާރުތަކުން ކޮށްފައިވާ ކަންކަމަށް އިޝާރާތްކޮށް، އަހަރެމެންގެ އަމިއްލަ ރަށްރަށުގެ ތާރީޚީ ފޮޓޯތައް ހޯދުމުގެ ހައްގު ވެސް ނެތީތޯ ސުވާލުކޮށްފައިވެ އެވެ.
ރާއްޖޭގެ މަތިން ނަގާފައިވާ އިހުގެ ގިނަ ފޮޓޯތަކަކީ ރާއްޖޭގައި އިނގިރޭސިންގެ އިސްތިއުމާރު އޮތް ދުވަސްވަރު އެކި ބޭނުންތަކަށް އިނގިރޭސި ވިލާތުން ނަގާފައިވާ ފޮޓޯތަކެވެ. އިނގިރޭސި އިސްތިއުމާރުގެ ދަށަށް 1887 ގައި ރާއްޖެ ދިއުމަށް ފަހު ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
4732
29 April 2021
ތިފޮޓޯ ނެގީ ރާއްޖޭން ތިފޮޓޯ ނެގުމުގެ ހުއްދަތަކާއި ރައިޓްސްތަކާއި ދެންވެސް ހުންނަ ޕާމިޝަންތައް ހޯދައިގެންތޯ ވެސް ބަލަން ރަނގަޅު!!
ޖޯޖް
29 April 2021
ތަނެއް ދޮރެއް ނޭނގޭ އިރުވެސް އަނގަތަޅާތި
ސޯލިހު
28 April 2021
މަ ކުޑަ އިރު ސަލްޓަން ޕާރކް އަށް ގޮސް މަގޭ ފޮޓޯ ފޮޓޯގުރާފަރެއް ލައްވަ ނެގުވިން. ފަހުވަގުތު ވީ ގޮތަކީ މަ ޖެހުނީ ލާރި ދީފަ އޭނަ އަތުން އެފޮޓޯ މަ އައްޕަ ލައްވަ ގަނުވަން. މީގަ ދެން ކޮބާ މަގޭގެ ކޮޕީރައިޓްސް
ބޮޑުމީހާ
28 April 2021
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ޓްރާންސްޕޭރަންސީ މޯލްޑިވްސް ވީތަނެއްވެސް ހޯދަން އެބަޖެހޭ
ނަށީދު.
28 April 2021
އެބަޔަކު ނެގި ފޮޓޮއެއްގެ ހައްގު އެބަޔަކަށް އޮންނާނީ! އެކަމާ ހަޅޭއް ލެވުން ރަގަޅެއް ނޫން!
ފުރަދާނަ
28 April 2021
ވަރަށް ނުރައްކާތެރި ވާހަކައެއް! މިއީ މިނިވަން ގައުމެއް! ކޮބައިތޯ ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިގުލާލު!
ރޯޒަސް
29 April 2021
ތިހެން ވީއރު ގޫގުލް ގަ ގޮސް ބުނަންވީނު ރާއްޖޭޣެ ހުރިހާ ފޮޓޯތަކަކީ ތިމަންނަމެންގެ މިލެކެކޭ!!
އީނާޒާ
28 April 2021
" އަމިއްލަ ރަށްރަށުގެ ތާރީޚީ ފޮޓޯތަކޭ" ކިޔާނެ ކަމެއް ނެތް.. އެއީ ބަޔަކު މަތިންދާ ބޯޓާއި ކެމެރާ ބުރަ މަސައްކަތުން އީޖާދުކޮށްގެން ނަގާފައިވާ ފޮޓޯތަކެއް. ވީމާ އެއީ ފިކުރީ މުދަލެއް. ދެން ތިހެން ކިޔާފައި ގޫގްލް މެޕްސް ވެސް އަހަރެމެން ބޭނުން ގޮތެއް ހެދޭ އަމިއްލަ އެއްޗަކަށް ހެދޭނެތަ؟
ގެދާނޯމޮސް
28 April 2021
ފޮޓޯތަކޭ ކިޔާފަ މީކޯއްޗެއް!
ކޮރަލް
28 April 2021
މިޒަމާނުގަ ފޮޓޯ އަކީ ވ އާއްމު އެއްޗެކެވެ. ފޮރުވައިގެން ގެންގުޅޭ އެއްޗެއް ނީނެވެ. ރާއްޖެ މަތީން ނަގާ ފޮޓޯ އަދި ވީޑިއޯގެ ހައްގު ރާއްޖެ އަށް އޮންނާނެ އެވެ. ރާއްޖެ މައްޗަށް އެރޭނީ ވެސް ރާއްޖެ އިން ހުއްދަ ދީގެންނެވެ. މިއީ ފޮޓޯ ފޮޓޯވައިގެން ގެންގުޅޭ ޒަމާނެއް ނޫނެވެ.
ކަނަމަނަ
28 April 2021
ޢިގިރޭސި ސަރުކާރުން އެތައް ޚަރަދެއްކޮށްގެން އެމީހުން ނަގާފައިވާ ފޮޓޯތަކަކަށް މިހާރު ކޮން ޒުވާބެއް ކުރާކަށް. ފުރަތަމަ ބަލަންވީނު ރާއްޖޭގެ ޓޫރިޒަމް ފައްކާވަމުން އައި ދުވަސްވަރު ބިދޭސީ ފޮޓޯގްރާފަރުން ނަގާފައިވާ ރާއްޖޭގެ ފޮޓޯތައް ޕޯސްޓްކާރޑް ހަދައިގެން ވިއްކާ އެތައް މިލިއަން ޑޮލަރު ހޯދަމުން ދާއިރު އެފޮޓޯތަކުގެ ކޮޕީރައިޓްސް ލިބޭތޯ....
އިބްރާހީމްސ
28 April 2021
ކޮޕީރައިޓު ލިބޭނީ އޭގެ އުފެއްދި ފަރާތަކަށް.