ގދ. ތިނަދޫ:އެ ރަށުގެ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލީ މިއަދު މެންދުރު--
28 އެޕްރީލް 2021 - 22:18
ކަރަންޓު ބިލުތަކަކަށް ފައިސާ ނުދައްކައިގެން ގދ. ތިނަދޫ ކައުންސިލް އިދާރާ އިން މިއަދު މެންދުރު ކަރަންޓު ކަނޑާލައިފި އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ކަރަންޓު ކަނޑާލީ ބިލުތަކަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރުމުން ކަމަށެވެ. ސީދާ އަދަދެއް ސާފެއް ނުވި އެވެ. ނަމަވެސް އަމްޖަދު ވިދާޅުވީ އެއީ ހަމައެކަނި ކައުންސިލް އިދާރާގެ ކަރަންޓު ބިލުތައް އެކަނި ނޫން ކަމަށާއި އޭގެ ތެރޭގައި ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ބިލުތައް ވެސް ހިމެނޭ ކަމަށެވެ.
ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ތެރޭގައި މިސްކިތްތަކާއި މަގުބައްތި އާއި ފެރީ ޓާމިނަލް ހިމެނެ އެވެ. ފެރީ ޓާމިނަލުން ވެސް ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. ނަމަވެސް މިސްކިތްތަކާއި މަގުތަކުން ކަރަންޓު ކަނޑައެއް ނުލަ އެވެ.
ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްޖަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓަށް އެހާ ބޮޑު އަދަދެއް ނުދެއްކި ހުރީ މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް އުނިކުރުމުން ކަމަށެވެ. ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުގައި ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރި އިރު ތިނަދޫ ކައުންސިލުން 15 މިލިއަން ރުފިޔާ އުނިކުރި ކަމަށް އަމްޖަދު ވިދާޅުވި އެވެ.
"އެހެންވެ ތާށިވީ. އެއިރު ބެލީ ބިލުތަކަކީ ކޮންމެ މަހަކު ދައްކާ އެއްޗަކަށް ނުވާތީ، ހުރި ބަޖެޓުން މުވައްޒަފުންނަށް މުސާރަ ދެވޭތޯ. ބިލުތައް ދައްކަން އުޅެނިކޮށް ކަރަންޓު ކަނޑާލީ ވެސް،" އަމްޖަދު ވިދާޅުވި އެވެ.
ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ ތިނަދޫ ބްރާންޗުގެ މެނޭޖަރު އަލްމާސް ވިދާޅުވީ ބިލުތައް ނުދައްކައިގެން އެކި ފަހަރު މަތިން ކައުންސިލަށް އަންގާފައިވާ ކަަމަށެވެ. ނަމަވެސް ބިލުތައް ނުދައްކައި ގިނަ ދުވަސްވުމުން ކަރަންޓު ކަނޑާލަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބޭ
29 April 2021
ކައުންސިލް ތަކުގައި ކަރަންޓެއްނެތް ނަމަވެސް ކައުސިލްތަކުގެ މުސާރާ އެތައް ހާހަކުން ބޮޑުކޮށްލަން މަޖުލީހަށް އޮކޭ
ޝަފީރު
29 April 2021
މަޖިލީހުގައި ތިބެނީ ލިބޭވަރު ބަލާ ބައެއްނޫން. ބައިއަޅައިގެން ނަގަން ތިބޭމީހުން. އާންމު ކިދުމަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ކަރަންޓް ކަނޑާލަން ޖެހުމަކީ ސަރުކާރުން ރައްޔިތުންގެ ކަންކަމަށް ފަރުވާކުޑަކުރުން. ސަރުކާރުގެ ވެރިންގެ މުސާރަ ނުދީވެސް ޢާއްމު ޚިދުމަތް ފުރިހަމަކޮށްދެންޖެހޭނެ. ޢެކަމަކު ނުކުރާނެ. ކެމްޕޭނުގައި ހުރިހާކަމެއް ކޮށްދޭން ގޮވާނެ.
ވައުުދުނާމާ50
29 April 2021
ދައުލަތުން މުސާރަދޭމީހުން ދެތާވެސް ތިބީ، ދަުލަތުގެ އެއްމުއައްސަސާއިން އަނެއްމުއައްސަސާއަށް ފައިސާ ނުދެއްކިއަސް މިގޮތަށް ކަރަންޓް ކަނޑާ ނުލެވޭނެ، ދެތަނުން ވެސް ކުރާކަމަކީ ރައްޔަތުންނަށް ހިދުމަތް ދިނުން..
ޖަނާބު އަންޖާމު
28 April 2021
ކޮބާތަ ބަޖެޓުކުރިލާރި. ތަޅާ ބީތާކޮށްލީދޯ؟