ގަދަވަޔާއެކު ހދ. ވައިކަރަދޫގެ ދޮންކެޔޮ ފީނިތައް ވެއްޓިފައި--
15 މެއި 2021 - 14:41
ހދ. ވައިކަރަދު އާއި އެ އަތޮޅު މަކުނުދޫގެ ދޮންކެޔޮ ދަނޑުތައް، މިހާރު މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ބާރުގަދަވިއިރު އިއްޔެ އިން ފެށިގެން ރާއްޖޭގެ އެންމެ އުތުރަށް ވަނީ ވަރަށް ބޮޑަށް ވައިގަދަވެ މޫސުން ގޯސްވެފަ އެވެ. އާދަޔާ ހިލާފަށް ވައިގަދަވެ، އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު މިއަދު ވިދާޅުވީ، އެ ރަށުގެ ދޮންކެޔޮ ދަނޑުތައް މި ކޮޅިގަނޑުގައި ވަނީ ބިމާ ހަމަވެފައި ކަމަށެވެ. ގާތްގަނޑަކަށް 161 ދަނޑު އެ ރަށުގައި އޮންނައިރު، ގިނަ ދަނޑުތަކުގައި ހައްދަނީ ދޮންކޭލެ އެވެ. އެކަމަކު ކޮޕީ ފަތާއި މިރުސް ފަދަ އިތުރު ބާވަތްތައް ވެސް ބައެއް ދަނޑުތަކުން ހައްދަ އެވެ.
ވާފިރު ވިދާޅުވިގޮތުގައި، ގާތްގަނޑަކަށް ހުރިހާ ދަނޑަކަށް ވެސް އިއްޔެ ގެއްލުންވި އެވެ. ދޮންކެޔޮ ފީނިތައް ވެއްޓި އެހެން ބާވަތްތަކުގެ ގަސްތަކަށް ވެސް ގެއްލުންް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
ވައިކަރަދޫން އިއްޔެ 1،000 އަށް ވުރެ ގިނަ ދޮންކެޔޮ ގަސް ވެއްޓުނެވެ.
ވާފިރު ވިދާޅުވީ ރޭ ވެސް ކޮޅިގަނޑެއް އައި ކަމަށާއި މިހެންކަމުން ވެއްޓުނު ދޮންކެޔޮ ގަހުގެ އަދަދު މާބޮޑަށް ވެސް އިތުރުވާނެ ކަމަށެވެ.
ކޮޅިގަނޑުގައި ހދ. ވައިކަރަދޫ ދޮންކެޔޮ ދަނޑަށް ގެއްލުންވެފައި--
އެ ރަށުުގައި ހައްދާ ދޮންކެޔޮ ފަދަ ތަކެތި އާންމުކޮށް ގެނެސް ވިއްކަނީ މާލޭގަ އެވެ. ރިސޯޓުތަކުން ވެސް އެެ ގަނެ އެވެ. އެކަމަކު ކޮވިޑާ ހެދި ދަނޑުގަައި ހެއްދި ސާމާނުކޮޅު ވިއްކާ ނުލެވެނީސް ކޮޅިގަަނޑުގަައި މިވަނީ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެފަ އެވެ.
ވައިކަރަދޫގެ ދަނޑުތައް ހަލާކުވިއިރު ގިނަ ކެޔޮ ގަސްތަކުގައި ކެޔޮގަނޑު އޮތީ އަޅައިފަ އެވެ. ކެޔޮގަނޑު ހަރުވެފައި ހުރި ބައެއް ގަސްތައް ވެސް އޮތީ ވެއްޓިފަ އެވެ.
ގަދަވަޔާ އެކު ވައިކަރަދޫގެ ގިނަ ދޮންކެޔޮ ދަނޑުތަކަކަށް ވަނީ ގެއްލުންވެފައި--
މި ކޮޅިގަނޑުގައި މަކުނުދޫގެ ވެސް 95 ޕަސެންޓް ދަނޑުތަކަށް ވަނީ ގެއްލުންވެފަ އެވެ.
އެ ރަށު ކައުންސިލުން ބުނިގޮތުގައި، 57 ދަނޑު އޮންނައިރު އެ ދަނޑުތަކުގައި ހައްދާފައިވާ ދޮންކެޔޮ ގަސްތަކުގެ ތެރެއިން 700 އެއްހާ ގަސް ވަނީ ވެއްޓިފަ އެވެ. މި ގަސްތަކުގެ ތެރޭގައި ވެސް ކެޔޮގަނޑު އަޅާފައި ހުރި ގަސްތައް ވެސް ހިމެނެ އެވެ.
މަކުނުދޫ ކައުންސިލުން ބުނީ ކޮންމެ ދަނޑަކަށް ވެސް ލިބުނު ގެއްލުން ކައުންސިލަށް އަންގަން ދަނޑުވެރިންގެ ކައިރީގައި އެދިފައިވާ ކަމަށެވެ.
ކޮޅިގަނޑުގައި ގެއްލުން ލިބުނީ ދަނޑުތަކަށް އެކަންޏެއް ނޫނެވެ. ގޭގޭގައި އިންދާފައި ހުރި ބަބުކެޔޮ ގަސްތައް ވެސް ވެއްޓި ގެއްލުން ލިބުނެ އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުގައި އިއްޔެގެ ކޮޅިގަނޑުގައި ވަނީ އެ ރަށުގެ ބަނދަރު ސަރަހައްދު ވެލިގަނޑު ކަނޑައިގެން ގޮސްފައި ހިލަތައް ވެސް ފައިބައިފަ އެވެ. ބަނދަރުގެ ލައިޓްތައް ވެސް ވެއްޓިފައިވާ ކަމަށާއި ދޯނިފަހަރަށް ވެސް ގެއްލުންވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެހީ ހޯދަން، ކަމާ ބެހޭ ފަރާތްތަކަށް ވެސް ސިޓީ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ. ކުއްލި ކާރިސާތަކަށް އެހީވުމަށް ރަށްރަށުގެ ކައުންސިލްތަކަށް ބަޖެޓް ނުދޭތީ އެކަމުގެ ނުރުހުން ވެސް ފާޅުކުރި އެވެ.
ކޮޅިގަނޑުގައި އުތުރުގެ ގިނަ ރަށްތަކަކަށް ގެއްލުންވިއިރު ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.
މެޓުން ބުނީ ރާއްޖެއާ ދުރަށް ތޫފާން ދަތުރުކުރި ނަމަވެސް ރާއްޖެ އަށް ހުޅަނގު މޫސުން ފެށިފައިވާތީ ވިއްސާރަ ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރަސީދު
15 May 2021
ދަނޑުވެރިންވެސް ސަދަގާތް ކުރަންޖެހޭނެ އިސްލާމުންގެ ގޮތަކީ އެއީ ހަމަ އެކަނި ބާޒާރުން ިލބޭ އެންމެ ބޮޑު އަގު ބަލައިގެން ވިއްކި އަކަސް ކަމަކު ނުދާނެ. ހުސްވި ރޯދަމަހު ފިތުރު ޒަކާތް ނުދައްކާ މީހުންވެސް ކުރިއަށް އޮތްތނުގައި ހެޔޮމަގު ހިޔާރު ކުރާނެ ކަމަށް ހީކުރަން. ﷲ އީ އަޅަމެނަށް ރިޒުގު ދެއްވާ ފަރާތް، ތިޔަ ލޮބުވެތި އަހުންނަސް ހެޔޮމަގު ދައްކަވާ ހެޔޮގޮތް މިންވަރު ކުރައްވާށި .. އާމީން
އަދިހަމަ
16 May 2021
ދަހިވެތިކަމުން ބޮޑު އަގުގައި އެއްޗެހި ވިއްކުމާ އެއްޗެހި ވިއްކާއިރު އެހެން މީހުންނަށް ގެއްލުންވެދާނެ ކަމާމެދު ފަރުވާނުބަހައްޓާ ގެއްލުންދޭ ފަދަ ތަކެތި ކާބޯތަކެތީގެ ތެރޭ ބޭނުންކުރުމަކީވެސް އެމީހެއްގެ މަސައްކަތުގެ ބަރަކާތް ކެނޑޭނެކަމެއް.
ލައްގަޅޭ
15 May 2021
ބިމަކު ނޫންބާ ދަނޑު ތައްހައްދާފަހުރީ؟
ވާއްޕެ
15 May 2021
އޭ ލައްގަޅޭ..ކަލޭ ކޮއްޗެކޭ ތިޔަ ކިޔަނީ..
އައްބެ
15 May 2021
ބަލިމަޑުކަމާއި ތޫފާންތަކާއި ނުބައިވެރިން އެބައެއްގެ މައްޗަށް ފާކުރެއްވުމަކީ މާތްﷲގެ ކޯފާނޫން ދެންކޯއްޗެއް. އަހަރެމެން އިސްލާހުނުވެ އަދިވެސް ތިބެންވީތޯ؟
ރަށުމީހާ މަކުނުދޫ
15 May 2021
މަކުނުދޫ ދަނޑުތަކަށް ލިބުނުގެއްލުން ދަނޑުވެރިން ކައުންސިލަށް އަނގާށޭ ބުނާއިރު، ދަނޑުތަކަށް ވަޑައިގެން ގެއްލުން ބައްލަވާލެއްވޭހައި ޢިއްޒަތްތެރި ކައުންސިލަރުން މަކުނުދޫ ގައި ނެތުމަކީ ޢަޖައިބުވާންވީ ވަރުގެ ކަމެކެވެ. ޢިއްޒަތްތެރިކަންމަތީ އޮފީހުގައި މުސާރަ ނަންގަވައިގެން ތިއްބަވާށެވެ.