މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ ބައްދަލުކުރައްވައި، މާލޭ ސަރަހައްދުގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުން- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
20 މެއި 2021 - 16:08
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ ދާއިރާ އަށް ނުކަތާ ހިސާބަށް ގޮސްފައިވާތީ، އެ މަސައްކަތަށް އެހީވުމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ނެރެން ނިންމާފައިވާ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރެއްވި މުއިއްޒު މިއަދު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާ ބައްދަލުކުރައްވައި އެ މަޝްވަރާތައް ކުރައްވައިފަ އެވެ.
އެއީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެކަމުގައި އެހީތެރިވުމަށް ސިޓީ ކައުންސިލަށް ކުރެވޭނެ މަސައްކަތެއް އޮތްތޯ ސާފުކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް މޭޔަރު "މިހާރު" އަށް ވިދާޅުވެ އެވެ.
މިނިސްޓަރު ނަސީމާ ހަވާލާ ދެއްވައި މުއިއްޒު ވިދާޅުވި ގޮތުގައި، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސިއްހީ ދާއިރާ އަށް މީހުންގެ ދަތިކަން މިހާރު ވަނީ ކުރިމަތިވެފަ އެވެ . އެހެންވެ، އެހީވާން ސިޓީ ކައުންސިލުގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް މިހާރު ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން، ވެކްސިން ނުޖަހައި ތިބި މީހުން ވެކްސިން ޖެހުމަށް ބާރު އެޅުވުމާއި މި ބަލިމަޑުކަމުގެ ތެރޭގައި ވެސް މާލެތެރޭގެ ސާފުތާހިރުކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމަށް ދެއްވި ކަމަށެވެ. އަދި ސިޓީ ކައުންސިލުން ވެސް ކޮވިޑް ކޮންޓްރޯލް ކުރަން ކުރާ މަަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މޭޔަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ހައުސިން މިނިސްޓަރު އަދި އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ގެންދަވަނީ މާލެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލު ކުރައްވައި، އެހީތެރިވެވޭނެ ގޮތްތައް ބައްލަވަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަދި ވެމްކޯގެ އިސްވެރިންނާ ވެސް މުއިއްޒު މިއަދު ބައްދަލުކުރެއްވި އެވެ.
މާލެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ފްްރޮންޓްލައިނުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް ހިމެނެ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ވެސް ކުރިމަތިވެފައިވާއިރު، މިހާރު ބައެއް ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ކޮންޓެކްޓުންނަށް ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މަސައްކަތަށް ނުކުންނަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
20 May 2021
ކަންތައްތައް ކުރެވޭ މީހުން މަގާމުތަކާއި ހަވާލުވީމަ ފަތުއަޑުކިޔާފަ ކަންތައްތައް އެ ހަމަޖެހެނީ. އިބޫ ސޯލިހު ބަލަން ނުހުރެ ނިކަން މީހުން ކަންތައްތައް ކުރާ ގޮތް ދަސްކޮށްބަލަ
ފައި
20 May 2021
މާލެ ސިޓީ ސަރަހައްދުގައި ޢީ.ޢޯ.ސީ. ހަދަން ފެނޭ... އެޗް.އީ.އޯ.ސީ އަކީ މުޅި ރާއްޖެ ކަންކަން ބަލަހައްޓާ މަރުކަޒު.
ބަރުދާސަތު
20 May 2021
ޥަރަށް މުހިން މް ،ސަޅި ކަމމމމއްމމމމމ މެ.
ފޮނި ކަލޯ
20 May 2021
"ފަހުން" މިކަހަލަ ނުވެސްނޭ މީހުން ޤައުމުގަ ގިނަވީމަ ޤައުމު ހަލަބޮލި ވުން އިތުރުވަނީ މީހަކު ރަނގަޅަކަށް ކަމެއްގަ އުޅުނަސް ހީވަނީ ޕާޓީގެ ބާރު އަތުން ދޫވެ ދަނީކަމަށް މިދެން ބޮޑުވަރު ބަލަ މުއިއްޒުގެވެސް ޤައުމޭ މީ ބުރޯ......!
ލަބީދު
20 May 2021
ޕާޓީ ކުދިން ކައިރީ ބުނޭ ދެން މާލެތެރޭ މުޒާހިރާ ނުކުރާށޭ
ހައްގުބަސް
20 May 2021
މަޖިލިސް މެމމންބަރުުން ނިކުންނަންވީތޯ؟
މާލެސިތީ
20 May 2021
2020 ވަނަ އަހަރު 15 - 20 ދޭތެރޭ އަދަދަކަށް ސިޓީ ކައުންސިލް މުއައްޒަފުން އޭރުގެ އެޗްޕީއޭ ގެ އެކިކަންކަމުގަ ހަރަކާަާތް ތެރިވި، މި އަދާ ހަމަޔައްވެސް ސިޓީ ކައުންސިލް ގެ 10 މުއައްޒަފުންނައްވުރެ ގިނަ މުއައްޒަފުން އެޗްޕީއޭ ގެ އެކި މަސައްކަތް ތަކުގައި އެބަ ހަރަކާތްތެރިވޭ. ސަރުކާރުން ދޭ ކަމަށް ބުނާ ފުރަންޓް ލައިން އެލަވަންސް މިއަދާ ހަމަޔައްވެސް މި ކުދިންނައް ލިބިފައިނުވޭ.
ފަހުން
20 May 2021
މުއިއްޒު ހީކުރީ މީނަ އަކީ ގައުމުގެ ރައީސް ކަމަށްތަ؟ ސިއްހީ ދާއިރާގެ މީހުން މަދުވެގެން އުޅޭ ވާހަކަ ބުނީމަ ސިޓީ ކައުންސިލް މުވައޒިފުން ނެރެގެނ ކޮން ކަމެއް ކުރަންބާ؟ އެމީހުން ކުއްލި އަކަށް ޑޮކްޓަރުން ނުވަތަ ނަރުހުންނަށް ވާނީ ބާ؟ ކިހިނެއް ވާ ކަމެއް މިއީ!!
އަލި
20 May 2021
އަދި ތި ވިސްނީ ރަނގަޅަކަށް ނޫނޭ. އެޑްމިން މަސައްކަތަށާއި ސަޕޯރޓް ސްޓާފުން ގޮތުގައި ވެސް މަސައްކަތް ކުރާނެ މީހުންގެ ދަތިކަން އެބައޮތޭ. ފުރަތަ ވިސްނާލާފަ ކޮމެންޓް ކުރަމާދޯ.
އަފުރާސިޔާބު
20 May 2021
ބަލަގަ. ޑޮކްޓަރުންނަށްވުރެ މާގިނަ މަސައްކަތް އެތާތިބި ސިވިލްސާވަންޓުން އެބަކުރެޔޭ. ޑޮކްޓަރުންގެ ކަމަކީ ފޮނިބައިސާ ކެނޑުން. މިރާއްޖެއަކީ އެންމެ ފުށްޓައްކަކުން ތިޔަކަން ހައްލުކުރެވެން އޮތް ގައުމެކޭ. މިރާއްޖެއަށް ކޮލެރާއާ ޝިގެއްލާގެ ބަލިމަޑުކަން މިއަށްވުރެ ބޮޑުކޮށް ކުރިމަތިވިޔޭ. ނާސިރާއި މައުމޫން އެ ދެކަން ހައްލުކޮށްލީ ހާދަ ހިކުމަތްތެރިކޮށޭ. އެއިރަކީ ދަތުރުފަތުރު އުނދަނގޫ ބޭސް ލިބުން އުނދަގޫ ދުވަސްވަރެއް. ޓެކްނޮލޮޖީވެސް އެހާދަށް. މިހާރު ސުމެއްނުންތަ
ރާއްޖެ
20 May 2021
މިގައުމުގަ ރައީސެއް އެބަ ހުރިތަ؟ ޑޮކްޓަރުން ނަރުހުން ނޫން މީހުންނަށް ވެސް ކުރެވޭނެ މަސައްކަތް ހުންނާނެ. އެޗްޕީއޭއަށް ދެވޭނެ އެހީތެރިކަންވެސް ހުންނާނެ.
ޖަމީލުބެ
20 May 2021
ވަރަށް ރަނގަޅު ނިންމެވުމެއް. އެހެން އިދާރާތަކުންވެސް އެބަޖެހޭ މިދަޑިވަޅުގަ އެހީތެރިކަން ފޯރުކޮށްދެން. ގައުމީ ޚިދުމަތަކީ މިއީ
ޙާމަ
20 May 2021
ސިވިލްސަރވިސް މުވައްޒަފުން މިކަމުގަ އެހީތެރިވާން ނެރުން ވަރަށްމުހިންމު. ވަކިއުމުރުފުރައެއް ކަޑައަޅާފަ ނެރެންވީ..
ސީޒަން ޖެކްޝަން
20 May 2021
މުއިއްޒު ސިޓީކައުންސިލާހަވާލުވިފަހުން ހީވަނީ މުޅިން އެހެންމާލެއަކަށް އަލިވިލިގެންއުޅޭހެން.
ދޮންބެއަލީ
20 May 2021
ސަރުކާރުގެ އިސްބޭފުޅުން ގޮތް ހުސް ވެ، ވަރުބަލިވެފައިވާ ވަގުތެއްގައި ޤާބިލް ދީންވެރި މޭޔަރެއް މާލެއަށް ލިބުނުކަމީ ވަރަށް ބޮޑު ނަސީބެއް އަޅުގަނޑު އެމް.ޑީ.ޕީ މީހެއްގެ ގޮތުގައި ސަރުކާރަށް ގޮވާލަންް މޭޔަރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް... އަދި ދަނީ މާލޭ ރައްޔިތުން ކައިރީ ވައުދުވީ ގޮތަށް....ޓެކްސީ ދުއްވާ ކުދިން އުފާކުރޭ ދެއްވި ލުޔަށް ވަރަށް ބޮޑަށް ...