29 މެއި 2021 - 10:35
އައްޑޫގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހަކު މިހާރު ނެތް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނެފި އެވެ.
މިދިޔަ މަހުގެ ތެރޭގައި އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، އޭގެ ތެރެއިން ހާލު ސީރިއަސްވި ހަ މީހަކު އައްޑޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކުރި އެވެ. އޭގެ ތެރެއިން 83 އަހަރުގެ މީހަކާއި 91 އަހަރުގެ މީހަކު މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ. އެޑްމިޓްކުރި އެހެން މީހުން ވަނީ ގެޔަށް ދޫކޮށްލައިފަ އެވެ.
މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ މީހަކު ނެތަސް އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ އަދިވެސް 100 އިން މަތީގަ އެވެ. އިއްޔެ ޕޮޒިޓިވްވި 10 މީހުންނާ އެކު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 175 އެވެ. މިދިޔަ މަހުން ފެށިގެން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 270 އެވެ. ބަލިން ރަނގަޅުވެފައި ވަނީ 93 މީހެކެވެ.
Addu City Covid-19 case status as of 28th May 2021, 18:00hrs!#StayHome #WashYourHands #WearAMask pic.twitter.com/2qyiprvW6Y
— Addu Emergency Operations Center (@EOCaddu) May 28, 2021
އައްޑޫގެ ކޭސްތަކަށް ބަލާ އިރު މީހުން އުޅޭ އަވަށްތަކުގެ ތެރެއިން ހިތަދޫގައި 119، ހުޅުދޫގައި 24، މަރަދޫގައި 11 ފޭދޫގައި ނުވައެއް މީދޫގައި އަށެއް އަދި މަރަދޫފޭދޫގައި އުޅެނީ އެއް ކޭހެވެ. ދެން ރިސޯޓް/ގަން ހިމެނޭ ގޮތަށް ތިން ކޭހެވެ.
މިހާތަނަށް އައްޑޫގައި 3،791 ސާމްޕަލް ނަގާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 561 އަށް އަރަ އެެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން އައްޑޫ އޮތީ މޮނިޓަރިންގަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
29 May 2021
ތިވާނީ ޖިންނިއަކަށް.
ނޯގުޑު
29 May 2021
ފޮޓޯގައި ތިއްބެވި ފަރާތް ތަކުން ފޭސްމާސްކް އަޅާފައިވާ ގޮތުން ވަރަށް ކަންބޮޑުވޭ. ހޮސްޕިޓަލް ތެރޭގައި މިގޮތަށް މާސްކް އަޅައިގެން ތިބެވޭ ނަމަ ހޮސްޕިޓަލް ނޫން ތަންތަނުގެ ޙާލަތު ހުންނާނެގޮތް ވިސްނާލާ.