ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދުގެ ގެކޮޅުގެ މައުލޫމާތު އާއްމުކުރި މީހެއްގެ މައްސަ ބަލަން މެމްބަރުން މިއަދު ގޮވައިލެއްވި.
31 މެއި 2021 - 11:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެމްއެންޑީއެފަށް ހުރި ގޮންޖެހުންތަކުގެ ތަފްސީލު "މިހާރު" ނޫހަށް ދިން ފަރާތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިއަދު ގޮވާލައިފި އެވެ.
"މިހާރު"ގެ ރިޕޯޓާ ބެހޭ ގޮތުން ބަހުސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުވައިލެއްވީ ރިޔާސަތުން، މަޖލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ބަހުސަށް ހުޅުވައިލައްވަމުން އީވާ ވިދާޅުވީ އެ މައްސަލައިގެ ބަހުސަށް ހުޅުވައިލެއްވީ މެމްބަރުން އެދިވަޑައިގަންނަވާތީ ކަަމަށެވެ.
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ނަޝީދަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެމްއެންޑީއެފުން އަަމަލުކުރާ ގޮތުގެ ތަފްސީލް މައުލޫމާތު ވަނީ ޝާއިއުކޮށްފައި ކަަމަށެވެ. ނޫހަށް އެ މައުލޫމާތު ދިން ދިނުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ނޫހުގައި އެވާ މައުލޫމާތަކީ ރައީސް ނަޝީދުގެ ހަށިކޮޅާ އަދި ރަައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލް މައުލޫމާތު. ރައީސް ނަޝީދުގެ ހަރަކާތްތައް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ. އެހެން ނަމަވެސް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފުން އެ ނަޒަރިއްޔާތުން ވިސްނާ ވިސްނުންތައް އެހެރީ އެއާޓިކަލްގައި ޝާއިއު ކޮށްފައި،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ތެރެއިން އަދި ޑިފެންސް މިނިސްޓްރީގެ ތެެރެއިން ވެސް ވަރަށް މަދުބަޔަކަށް ނޫނީ އެނގޭނެ މައުލޫމާތެއް ނޫން ކަމަށެވެ. ރައީސް ނަޝީދަށް ދޭ ބްރީފިންތަކާއި އެމަނިކުފާނަށް ހުރި ނުރައްކާތަކުގެ މައުލޫމާތު ވެސް އެ ރިޕޯޓްގައި އެބަހުރި ކަމަށާއި އެއީ ވަރަށް ވަރަށް މަދު ބަަކަށް ނޫނީ އެނގޭނެ މައުލޫމާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައުލޫމާތު ދީފައި ވާނީ ހަމަ ގައިމު ވެސް އާއްމުންގެ މީހެއް ކަމަަކަށް އަޅުގަނޑެއް ހަމަ ގައިމު ވެސް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ އާއްމުކޮށްގެން އުޅެނީ ސަލާމަތާ ރައްކާތެރިކަން ދޭން ޖެހޭ ބޭފުޅަކާއި އެ ބޭފުޅާގެ އާއިލާ ދިިރިއުޅުއްވާ ގެކޮޅުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހުރި ބަލިކަށި ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އެކަން އެގޮތަށް ކޮށްގެން އުޅެނީ ރައްކާތެރިކަން ދިނުން ލާޒިމުވާ މުއައްސަސާއިން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި މީހެއްގެ ފުރާނަަ އަށް ނުރައްކާވާނެ ގޮތަކަށް އެ މުައައްސަސާއިން ނުވަތަ އެ މައުލޫމާތު ބޭރުކުރި ފަރާތުން އަމަލުކުރުން،" އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ މައުލޫމާތު އާއްމުވުމުން ނަޝީދާއި އާއިލާގެ ބޭފުޅުން އިތުރު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަަމަށާއި އެއީ ގާނޫނީ ކުށެއް ކަމަށެވެ. އެ މައުލޫމާތު އާއްމުކޮށްގެން އުޅެނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު އެހެން ގޮތަކަށް އަނބުރައިލަން ކުރާ މަސައްކަތެއް ކަމަށެވެ. އެއީ މަޖިލީހުން މިހާރު ފަށާފައިވާ ޕާލަމެންޓްރީ އިންކުއަރީ އަށް ނުފޫޒު ފޯރުވުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަނޑޭރި
02 June 2021
މަބުނީ ހެޔޮނުވާނެ މަޖިލިސް މެންބަރުން ތިޔަހުރިހާ ވާހަކައެއް ނުދައްކަ ސެކިއުރިޓީވެސް ކަލޭމެ ފޯރުކޮށްދީ. ތަހުގީގުވެސް ކަލޭމެން ކުރަންވީ. ނުވިތާކަށް ޕްރޮސިކިއުޓްކޮށް ހުކުމްވެސް ކުރަންވީ ތިތަނުގެ ކޮމިޓީއަކުން. މިގައުމުގަ އެހެން ބަޔަކަށް އެހެން މުއައްސަސާއަކަށް ރަނގަޅަށްކުރެވޭ ހަމަ އެއްކަމެއްވެސް ކަލޭމެންނަކަށް ނުފެންނާނެ. ތިޔަތަނަކަށް މައުލޫމާތު ދޭންހަދައިގެ އެއްވެސްބަޔަކަށް ރަނގަޅަށް ކަމެއް ނުކުރެވެނީވެސް.
ފަހީމާއިބުރޭ
01 June 2021
ނޫސްވެރިކަމުގައި އެއާޓިކަލްގެ އިޝޫއެއްނެތް އެކަމަކު ހާމަކުރުމުގައި އަތުން ދޫވެފައިހުރި ކަންތައްތަކެއްހުރި އެއީ މަސްދަރުގެވެސް މައްސަލައެއް ނޫން މަސްދަރަށް ޕްރެޝަރކުރި ފަރާތުން އެކަމަށް ބާރުފޯރުވާފަ ހުރި މިންވަރު އޭގެން ހާމަވި ވެމްކޯގެ މީހަކަށް އެސްޕީޖީއާ ގުޅޭ އެފަދަ ވާހަކަތަކެއް ުދެއްކޭނެ ކަން އިނގޭ މިއަދު ވިހޭކުއްޖަކަށްވެސް އެނގޭނެ ސިފައިންނާ ވަރަށް ބޮޑަށް ބައިއަތު \ ހިފިގެން ހާމަކޮށްފައިވާ ހާމަކުރުމެއްކަން ސިފައިން ސިޔާސީނުވެބަލަ ޕްލީޒް
ސަޖޯ
01 June 2021
ހަސަން ލަތީފު ވިދާޅުވަނީ "އެ މައުލޫމާތު ދީފައި ވާނީ ހަމަ ގައިމު ވެސް އާއްމުންގެ މީހެއް ކަމަަކަށް އަޅުގަނޑެއް ހަމަ ގައިމު ވެސް ގަބޫލެއް ނުކުރަން،" ހަސަނު ގަބޫލު ކުރިޔަސް ނުކުރިޔަސް ކަލޭމެން ބުނީ ރައީސް ނަސީދު އަށް ހަމަލާ ދޭން އުޅޭ ކަން އިލިޔާސް ލަބީބު އެންގި ކަމަށް. ސިފައިންނަށްވުރެ ފުލުހުންނަށްވުރެ ކަލޭމެންނަށް އެގޭވަރު ވަކި މަދެއް ނޫނެއްނު.
1976
01 June 2021
ސްނޯޑެން ހޯދަނީތަ
ހަސަނުބެ232323
31 May 2021
ނޫސްވެރިކަމާ ކުޅެން ފެށުމަކީ ނިމުމުގެ ފެށުން..އެކަން ހަނދާންކުރާތި ހިސާނު. އަބަދަކު ތިޔަ ވަޒީފާއަކު ނުހުރެވޭނެ. މަގާމު ގެއްލި، ވަކީލުކަމުގެ ސަނަދުވެސް ބާތިލުކުރެވި މަގުމަތީގައި ތެޅިފޮޅޭ ބޭކާރީއަކަށްވެސް ހަމަ ވާންޖެހިދާނެ. ސޯ ޕްލީސް ބީ މައިންޑްފުލް އެބައުޓް މެސިންގ ވިތް ފްރީޑަމް އޮފް ސްޕީޗް އެން ފްރީޑަމް އޮދް ޕްރެސް
އަލިފުޅުބޭ
31 May 2021
ނަޝީދަށްވެސް އަދި އެމްޑީޕީއަށްވެސް ރަންގަޅަށް އެނގޭ 2023 ގައި ރައްޔިތުން އެމްޑީޕީއަށް ވޯޓް ނުދޭނެކަން އެހެންވީމަ އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ބައިތިއްބައިގެން ޢޮޅުވާލައިގެންވެސް ވޯޓުން ނުހޮވިއްޖެއްޔާ ބާރުގެ ބޭނުން ކޮށްގެންވިޔަސް ވެރިކަމުގައި ދެމިތިބެން. އެހަލަތުގައި ރާއްޖޭގެ ދިފާއީބާރުން އެއްބާރުލުންދޭން މަޖުބޫރުވާނެ. މިހާރު އެކުރަނީ ފޯކަސް ގެއްލުވާލުމުގެ މަސައްކަތް.
ހަސަނާކަލޯ
31 May 2021
މަޖިލީހުން ނޫސްތަކަށް ބިރުދެއްކުމުގެ ފިނޑި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން.
ޓޮއްޓޮއް
01 June 2021
މަޖިލީހުން ބިރުނުދައްކަނީ ނުވަތަ ޓެރަރައިޒް ނުކުރަނީ ކޮންބަޔަކައް.
ހާމަ333
31 May 2021
ބަލަ މިހާރު ނޫސްތަ މިހާރު ކުށްވެރިވަނީ....ނިކަން ތިޔަ ޒިންމާވާ މިނިސްޓަރާއި އެބުނާ މީޓިން އެއްގަ ތިބިބަޔަކު ގެނެސް އެފަދަ ކަމެއްހިނގިތޯ ސުވާލުކޮށްބަލަ....މީ އަޖައިބުވާ ކަހަލަ ގައުމެއް...ކޯބާ މީޑިއާގެ މިނިވަންކަމާ އެބުނާ ބޮޑު ޓްރާންސްޕޭރެންސީ ޕޮލިސީ....ޗޮކުން ދިޔައީބާ? ގައުމުގެ އެންމެނަށްވެސް އެނގޭ އެބޭފުޅާއަށް ސެކިއުރިޓީ ދޭންތަނިވާނެކަން އުޅޭފާޑުން...ދެން އަތަށްގޮވީމާ ކޮންމެވެސް ބަޔަކަށް ރޯޅިބާލަންޖެހޭނެތާ....
ދޮންފުތުކުޑޭ
31 May 2021
މިނިވަން ނޫސްވެރިކަމާ ތޮޅެން ނޫޅޭތި
ޓޮއްޓޮއް
01 June 2021
މިނިވަން މުއައްސަސާތައް ހިސޯރުކޮއްގެން އުޅޭބަޔާކު ނޫސްވެރިންނަށް ބަލާނެތަ
ގެލެކްސީ
31 May 2021
މަހުގެ އަގުނެތީމާ މަހަކަށް ނުދޭ. ގޭހުން ކައްކާތީ ދަރަކަށް ނުދޭ. ދެން މަސްދަރު ހުންނާނީ ހޯދިފައެއްނު. މިހާރު ހިކިމަސް މާރުކޭޓުން ދަރުމަސް ހޯދިދާނެ ތޯއްޗެ.