މަޖީދީ މަގުގައި ވެހިކަލްތަކެއް ދުއްވަނީ.---ފައިލް ފޮޓޯ: މިހާރު
03 ޖޫން 2021 - 13:46
މާލޭގެ ގެއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މައްޗަންގޯޅިގެ ގެއެއްގެ ތެރޭގައި 19 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމުގެ މައުލޫމާތު 11:00 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
އޭނާއަށް އައިޖީއެމްއެޗުން އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ޒުވާނާއަށް އިމަޖެންސީ ރޫމުގައި ފަރުވާ ދޭނެ ކަމަށެވެ. އެހެންވެ، ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޔޯ
03 June 2021
މިހެން މީހުން މަރާ ގޭންގް ތަކުން ބިރުދައްކާ މީހުންފެތެނީ ކޮން ފިކުރަކަށްބާ މަޑުކަށްޓަކަސް ހަރުކައްޓަކަސް މި ގޮތަށް މަރާލާ ގެއްލުވާލާ ފުރާނަޔަށް ގެއްލުން ލިބިފަ ތިބި ރައްޔިތުން މާ ގިނަ
ފޮނިތޮށި
03 June 2021
ސާބަހޭ. ކޮންމެހެން ހަދާފަ ވެސް ތި ޓެރޮރިސްޓް ގޮތް ގަނޑު ދޫކޮއްނުލާތި...
ޖަނާބު އަންޖާމު
03 June 2021
މިގައުމަށް ތޫނުއެއްޗެހި އެތެރެކުރުން މަނާކުރަންވީ.
ބަނޑަށްޖެހޭނެ
03 June 2021
އޭރުން ނުކައި ނުބޮއި ތިބެންޖެހޭނީ.
އުދުހޭ
03 June 2021
މީނާ ޖަރުމަނަށް ގެންގޮސްގެން ބޭސްކޮށްދޭނެ މީހަކު ނެތް ދޯ؟
އަލީއަލީ
03 June 2021
ދިވެހިންނަށް މިތިބެނީ ކިހިނެއެ ވެފާތަ؟؟ ކޮންމެ ކަމެއްވެސް ސިޔާސީ ކަންކަމާ ގުޅުވާފަ ޖޯކު ޖަހަނީ.
އަލީބަލީ
03 June 2021
ކޮބާ މައްސަލައަކީ؟ ޔާމީނާ ބެހޭ ޖޯކަކަށްނުވީމަ މަޖާނުވީތަ؟
100%
03 June 2021
ކޮންކަހަލަ %100 މުސްލިމުން
mRNA vaccines
03 June 2021
ތިކަން ކުރީ މަޑު ފިކުރު ނޫނީ ހަރު ފިކުރު ނޫނި މެދު ފިކުރު ނޫނީ އުދުހޭ ފިކުރު ތައް.؛