ކެމްޕެއިން ޖަލްސާއެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ: ނަފްރަތު ބިލަށް ޖޭޕީން ދެކޮޅު ކަން ވަނީ ހާމަކޮށްފައި -- ފޮޓޯ/މިހާރު
05 ޖޫން 2021 - 18:04
މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރަށް ބޮޑުވާނެ ކަމަށާއި މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް މިހާރު އެ ބިލް އޮތް މަފްހޫމުގައި އެ ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.
ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ. ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ނުވަތަ މުސްލިމަކު، ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހަށް އެ ބިލު ހުށަހަޅާފައި އޮތް ގަތޮށް ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރައްވައިފި ނަމަ މަޖިލީހާއި އެ ނޫން ވެސް ތަންތަނުގައި ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް ގާނޫނީ ދޮރެއް ހުޅުވޭނެ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ޖޭޕީން ބުނިގޮތުގައި އެ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން މެންބަރަކު ވޯޓު ދެއްވުމަކީ އެ މެންބަރުން ކުރައްވާފައިފާ ހުވައާ ވެސް ހިލާފުވުމެވެ. އަދި މި ސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކު ވެސް އެ ބިލު ގާނޫނަކަށް ހަދަން ތާއީދެއް ނުކުރާނެ ކަމަށް ޖޭޕީން ބުންޏެވެ.
"...ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ ހަދާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް، ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށް ހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ،" އެ ބަޔާނުގައި ވެ އެވެ.
އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އަޅާ ފިޔަވަޅުތައް ގާނޫނުތަކުގައި ބުނެދީފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން އެފަދަ މީހަކާ މެދު ތަހުގީގެއް ހިންގާ ފިޔަވަޅު އަޅާފައިވޭތޯ ޖުމްހޫރީ ޕާޓީން ސުވާލު އުފެއްދި އެވެ. އަދި މިފަދަ ގާނޫނެއް ހަދައިފި ނަމަ ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދިވެހި މުޖުތަމައު ފިތުނަވެ، ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށް ޖޭޕީން ބުންޏެވެ.
ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން މި އިސްލާހަށް ތާއީދު ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
08 June 2021
މީނަގެ ވިސްނުން މި ކަމުގަވެސް މިހިރީ ސަރުކާރު ދެމިއޮތުމާ ނޯތުމާމެދު. ދިވެހި ގައުމާއި ދީނުގެ މަތިން ވިސްނާކަށް މީނައަކަށް ފުރުސަތެއް ނެތް ނޫނޭވާ ސަހަނރޯ!
ޖާބެ
06 June 2021
ކޮންމެ ކަމެއް ކުރިޔަސް ހުންނަނެ ބައިއަޅައިގެން ކާތިވެ ، ރައްޔިތުންގެ ތެރޭންބަޔަކު މިޔައްހެއްލޭތީ މައްސަލަޔަކި
ޙަބީބު
06 June 2021
ޣަސިމައް ހެޔޮވިސްނުން ދެއްވާ ލަދީނީޔަތުން ސަލާމަތް ކުރައްވާ ވިޔަފަރީގާ ބަރަކާތްލައްވާށި
ޖާބިރު
06 June 2021
ގާސިމަކީ އަހުލާގު ރަނގަލު ދުރުވިސްނޭ ބޭފުޅެއް އަބަދުވެް ގައިމައް ހެޔޮ އދޭ ބޭފުޅެއް...
ގޮބަޅި
06 June 2021
މިހާރު މިކަންވެއްޖެ ރޭވިގެން ހިންގާ ޖަރީމާއަކަށްވެއްޖޭ! ފުރަތަމަ އެމީހާއާއި ދިމާލަށް ލާދީނީ ގޮވާ ނަން ހަރުކުރަނީ. އެއަށް ފަހު އޭނާގެ ފުރާނަ ހިފަނީ. މިކަން މިހާރުން މިހާރަށް ހުއްޓުވަންޖެހޭ! "ﷲ ތައާލާއަށާއި ރަސޫލާއަށް" އެއްޗެހި ކިއުމަކީ ދީނުންބޭރުވާކަމެއް ވީމާ، އަކަމަށް ވެސް އަދަބު ލިބޭގޮތަށް ކަނޑައަޅާ! ގާސިމު ބުންޏަކަސް މީހުންނާމެދު ނަފުރަތު ނޫފެއްދޭނެ!
އަކްމަލް
06 June 2021
2023 އަންނަން ކައިރިވެއްޖެ ކަމުގެ މަލަމަތި މި ފެންނަނީ. ހަދާން ކުރާތި ރައްޔިތުން ކައިރިޔަށް ވޯޓް ހޯދަން ނާންނާތި.
ނަޝީދު.
06 June 2021
ނަފްރަތު އުފައްދަން ބޭނުން މީހުން މިހާރު ވަރަށް ސާފު ދެއްތޯ؟
މޯޑް
06 June 2021
ގާސިމް އަށް ބޯލަބާ މީހަކު ޖޭފީގަ ނެތް މިހާރު ..
އާރީ
06 June 2021
ގާސިމް ކަލޭ ލަދެއް ނުގަނޭ ދޯ އަހަރު ދުވަހު ފިލާއޮވެ އައިސް ވާހަކަ ދަށްކަން
ފަޅުރައްށްތައް
06 June 2021
ގާސިމްގެ މެނިފެސްޓޯގައި އޮންނަނީ ލާދީނީ ލާދީނީ ލާދީނީ އިންތިހާބުގައި ވާދަކުރާމީހާއަށް ލާދީނީ ގޮވުން ....ރައްޔިތަކަށް ވައުދެއް ނޯވޭ....ވޯޓުލާ ދުވަހު ނުއަގުގައި ނަގާފައި ހުރި ރައްޔިތުންގެ ފަޅުރަށްތަކުން ލިބޭ ފައިސާ އާއި ފަތުރުވެރިޔާ އަތުން ލިބޭ ޓިޕުސްކޮޅު ބަހާލަނީ ވޯޓު ގަންނަން .