ޚަބަރު / ގެނބުން

ނޭކުރެންދޫގައި ޒުވާން އަންހެނަކު ގެނބިގެން މަރުވެއްޖެ

ހދ. ނޭކުރެންދޫ: އެ ރަށުގައި ގެނބިގެން އިއްޔެ ވަނީ ޒުވާން އަންހެނަކު މަރުވެފައި.-- ފޮޓޯ: އެޓޯލްސް އޮފް މޯލްޑިވްސް

ހދ. ނޭކުރެންދޫގައި ޒުވާން އަންހެނަކު ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން ވިދާޅުވީ އިއްޔެ މެންދުރު އާއިލާގެ ކުދިންތަކަކާ އެކު މޫދުގައި އުޅެނިކޮށް ގެނބިގެން މަރުވީ އެ ރަށު މޫންލައިޓްގޭ މަރިޔަމް ވިޝާމާ، 23، ކަމަށެވެ.

ސިޒާން ވިދާޅުވީ ވިޝާމާ މަރުވީ ރަށު ބަނދަރާ ކައިރި ހިސާބަކަށް މޫދަށް އެރިގެން އުޅެނިކޮށް ކަމަށެވެ.

ވިޝާމާ ގެނބުނީ ފުން ހިސާބަކަށް އެރިގެން އުޅެނިކޮށް ކަމަށާއި އެކަމަކު ވިޝާމާ އަށް ފަތަން ވެސް އެނގޭ ކަމަށް ސިޒާން ވިދާޅުވި އެވެ. ސިޒާން ވިދާޅުވި ގޮތުގައި ވިޝާމާ ސަލާމަތްކުރަން އެ ވަގުތު މޫދުގައި އުޅުނު އެހެން މީހުން މަސައްކަތް ވެސް ކުރި އެވެ.

"އޭނާ ގެނބޭތަން ފެނިގެން، އޭނާ ސަލާމަތްކުރަން ބަޔަކު މަސައްކަތް ކުރި. ދެން އޭނާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މަރުކަޒުން ބުނި،" ސިޒާން ވިދާޅުވި އެވެ.

ރޭ 12 ޖެހިއިރު ވިޝާމާގެ ޖަނާޒާ ވަނީ ބާއްވައިފަ އެވެ.

10 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީ

22 November 2016

ޢެރަށުގައި ޑޮކްޓަރެއްވެސް ނެތް ކަމަށްވަނީ...

The name is already taken The name is available. Register?

ޒަބީބު

22 November 2016

انا لله و انا اليه راجعون - ولن يؤخر الله نفسا اذا جاء اجلها ވަރަށް ހިތާމަވެރި ޚަބަރެކެވެ. ﷲ އެމަރްޙޫމާއަށް މަޣްފިރަތު ކުރައްވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާމީން.

The name is already taken The name is available. Register?

މާހީ

22 November 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

މަ ބުނެލަން އޮތީ!

22 November 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون ފަސްޓް އެއިޑް އަށް މީހުން ހޭލުންތެރި ކުރުން ވަރަށް މުހިންމު..

The name is already taken The name is available. Register?

މާހިރު

22 November 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

އިބޫ

22 November 2016

ޒުވާނުންވެސް އިމަރޖެންސީގައި ގެންނަމީހަކު ސަލާމަތް ކުރެވޭ ކަމަކަށް ނުވޭ. ކިހިނެތްބާ އެވަނީ. ގެނައިއިރުވެސް ވަނީ މަރުވެފައި ބުނެލަން ފަސޭހަ. ހޮސްޕިޓަލް ނުވަތަ ޑޮކްޓަރ ސަލާމަތްވީ. ރަނގަޅުކުރަންޖެހޭ މަކެއް

The name is already taken The name is available. Register?

ރަދީފް

22 November 2016

މިހިތާމައިގަ ބައިވެރިވަން.

The name is already taken The name is available. Register?

ހަސަން

22 November 2016

ފަސްޓް އެއިޑް އަށް މީހުން ހޭލުންތެރި ކުރުން ވަރަށް މުހިންމު..

The name is already taken The name is available. Register?

Ayyob

22 November 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

ހުސެން

22 November 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454