އޮސްޓްރޭލިއާ ހައި ކޮމިޝަނަރާ އެކު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
11 ޖޫން 2021 - 11:18
އޮސްޓްރޭލިއާ އިން ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.
ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޯލީއާ އެކު ތަފާތު އެކި ދާއިރާތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ވާހަކަ ދައްކަވައިފަ އެވެ.
އެ ކަންކަމުގެ ތެރޭގައި އޮސްޓްރޭލިއާ ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕް އިތުރުކުރުމާއި ޑިގްރީއަށް ކިޔެވުމަށް ފުރުސަތު އިތުރުކުރުން ހިމެނެ އެވެ. އޭގެ އިތުރުން އޮސްޓްރޭލިއާ އެވޯޑްސް އަދި އޮސްޓްރޭލިއާ ޔުނިވާސިޓީތަކާ އެކު ޕާޓްނަޝިޕް ޕްރޮގްރާމެއްގެ ދަށުން އެ ޔުނިވާސިޓީތަކުން ޓިއުޝަން ފީ ހިލޭވުމުން ދިވެހި ސަރުކާރުން އެ ދަރިވަރުންގެ އެލަވަންސަށް ހަރަދުކުރާ ގޮތަށް ޕްރޮގްރާމެއް ފެށުން ހިމެނެ އެވެ.
ހަޔަ އެޑިއުކޭޝަނުން ބުނީ ކޮވިޑު-19 އާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނުގެ އިތުރު ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
އޮސްޓްރޭލިއާ ހައި ކޮމިޝަނަރާއެކު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
ޕަބްލިކް-ޕްރައިވެޓް ޕާޓަނަޝިޕް އުސޫލުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖޫނިއާ ކޮލެޖާއި ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ކެމްޕަސްތައް ގާއިމްކޮށް ހިންގުމުގެ ފުރުސަތުތައް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ އޮސްޓްރޭލިއާގެ ޔުނިވާސޓީތަކުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންވެސްޓްކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޯލީ ވިދާޅުވީ ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށެވެ. އަދި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއި ޔުނިވާސިޓީތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
11 June 2021
އެއްއިރެއްގައި މަތީތައުލީމަށް އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތަށް ދިއުމަކީ މާ ކިއުޓް ކަމަކަށް ވެފައިއޮތަސް މިއަދު މަތީ ތައުލީމަށް ފުރުސަތުހޯދަންވީ ޗައިނާއިން، ޗައިނާއިން އަހަރަކު 1.5 މިލިއަން އާ އީޖާދު ޕެޓެންޓްކުރާއިރު އޮސްޓްރޭލިއާއަށް ކުރެވެނީ ވިއްސަކަށް ހާސް. އިންޖިނިއަރިންއާއި ސައިިންސާއި ޓެކްނޮލޮޖީ ކިޔަވަން ޗައިނާއަށް ޒުވާނުން ފޮނުވައިގެން އުފެއްދުންތެރި ޖީލެއް އުފައްދަން އުޅެންވީ، ތިތަންތަނުން ކިޔަވައިގެން މަގުމަތީ މުޒާހަރާކުރަން ތިބެނީ.
މަލާމަތުގެ ތަޢުލީމު
11 June 2021
މަތީ ތައުލީމާއި ޓިވެޓާއި ކިޔަނީ ކިވައިގެން ތިބި މީހުނަށް ކުރާ މަލާތެއްތޯ ތީ މިސަރުކާރުން.. ކިޔަވައިގެން ތިބި މީހުންނަށް ވަޒިފާ ނުދީ ޕާޓީ ސަޕޯޓުކުރާ އިޑިއަޓްސްއަށް ވަޒީފާ ދެނީ ބޭނުން މުސާރައެއް ބޭނުން މަޤާމެއް.. އެކްޓިވިސްޓް ޢާއިލާތައް އެބައުޅޭ 200000 އަށްވުރެ މަތިން މަހަކު ދައުލަތުންނަގާ ... ޅިޔަނު ދައްތަ ބޭބެ ކޮށްކޮ ފަހަރި... ކޮބައިތޯ ލަދު ހަޔާތް
ޖސހ
11 June 2021
ސެކިއުލަރ އޮސްޓުރަެލިޔާތަ
ސަރަނގ
11 June 2021
ދެކޮޅުނުޖެހިގެން އުޅޭއިރު ކޮޮންހާމޮޅުވާހަކައެއް ތިދައްކަނީ.