ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހީމް ނޫރައްދީން. ކްލައިމެޓް ޗޭންޖާ ބެހޭ ސްޕެޝަލް އެންވޯއީގެ މަގާމަށް ސަބްރާ އިބްރާހީމް ނޫރައްދީން ވަނީ މިއަދު އައްޔަން ކުރެވިފައި --ފޮޓޯ/ޓްވިޓާ
16 ޖޫން 2021 - 19:36
ތިމާވެއްޓާ ބެހޭ ޚާއްސަ މަންދޫބުގެ މަގާމަށް ސަބްރާ އިބްރާހީމް ނޫރައްދީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސަބްރާ އިބްރާހީމް ނޫރައްދީން، މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސަފީރު ފެންވަރު (ސްޓޭޓް މިނިސްޓަރު ފެންވަރު) ގައެވެ.
ސަބްރާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް އިން މާސްޓަސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.
ސަބްރާ، ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަގާމުގަ އެވެ. އަދި ސަބްރާ އަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރޫ
18 June 2021
ރަން 30. އަހަރު އާފެޝުމަކުން
ބޮލުރޮދި ސަރުކާރު
17 June 2021
މީނާއަކީ ވަކި ކޮންތިމާވެއްޓަކާގުޅޭ ދާއިރާއެއްގެ މީހެއް. މިތާ އެބަތިއްބޭ 30 އަހަރު ތިމާވެށީގެ ދާއިރާގައި ތަޖުރިބާލިބި އަދި އެދާއިރާއިން އެންމެ މަތީ ދަރަޖައިގެ ތައުލީމު އުނގެނި އެތަކެއް ރިސާޗްޕޭޕަރެއްހަދާ އެތަކެއް އިސްކިލްއެއް ހުރި އެތަކެއް ބަޔަކު. މި މީހުން މިހަދަނީ މައުމޫނުގެ ޒަމާނުގެ އަރަބިހުން ތަރުޖަމާކުރަން ޓުރޭންވެގެން އަންނަމީހާއަށް ދީނީއިލްމުވެރިޔެއްކަމައް ކަނޑައެޅިބީދާއިން މީހުން އައްޔަންކުރަމުން.
ޑރ ޝުޢައިބު
17 June 2021
މިނިސްޓަރު ފަހަތުގައި އަތުރާލަންޖެހޭ ނާއިބުންގެ އަދަދު ކިހާވަރެއްވާނެބާ
އަހުމަދުއަލޯ
17 June 2021
ހެހެހެ ނެޕޮޓިޒަމް... މިމީހުން އެކަނިތަ ކިޔަވައިގެން މިގައުމަގަ ތިބީ؟ އިބޫމެންގެ 'ހެޔޮވެރިކަން' މި ފެންނަނީ.
ހިލާލީ
17 June 2021
މިއީ ހުރާގޭ ރަސްކަމެއްތަ!
ސަލީމް
17 June 2021
އާއިލާއަށް ކަންކަން ހަވާލުކުރިއަސް މިއީ ބޮޑުވަރު. މިޤައުމުގަ ތިމާވެށީގެ ދާއިރާއިންނާއި ޑިޕްލޮމަސީ ދާއިރާގެ ތަޢުލީމާ ތަޖުރިބާ ހުރިމީހަކު ނުވީތޯ؟
އިބްރާހީމްސ
17 June 2021
ވެރިކަން ގެއްލޭއިރަށް މިވެރިން ފުރައިގެންދާނެ. ވެރިކަން ލިބޭއިރަށް އައިސް ބޮޑެތި ވަޒީފާތަކާ ހަވާލުވާނެ.
އަލިކޮބެ
17 June 2021
ތިއައްވުރެ މާރަގަޅުވާނެ މިނިވަން ވެޖު ނިންމުން. ކޮބާ އިކޮނޮމިކު މިނިސްޓަރު އެކަމާ ނޫޅެ ހަނު ހުނަނެވީތޯ.
މޮހިތު
17 June 2021
ހެހެ.. އެބަރަނގަޅުވޭ.
ވަހުތާން
17 June 2021
ވޯޓާޖެހުނީމާ ތަންމައްޗަށް ދެވޭ މީހުންނަށް ހިލޭ ބޭސްކޮށް ދޭނަމޭކިޔާފަަ އަންނައިރަށް ވޯޓު ދެންޏަކާއި މިކަމަށް ޙައްލެއް ނުލިބޭނެ! މާލޭ މީހެކޭ ރަށުން ދެމީހަކު ހޮވުމެކޭ މަމެން ރަށްވުފުމީހުންނަށްވި މޮޅެއް އެބައޮތްތެ؟