މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރާނެ ބޭފުޅަކު ކަނޑައެޅުމަށް ޕީޕީއެމުން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: ޕީޕީއެމް
20 ޖޫން 2021 - 14:00
މާދަމާ ބާއްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާނީ އަހުމަދު ނަރީޝް ކަމަށް ދެންމެ ފާސްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ ދައުރުގައި އެ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ، ނަރީޝްގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝް ވާދަކުރައްވާ ގޮތަށް ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން ފަސް ބޭފުޅެއްގެ ވޯޓުންނެވެ. ނަހުލާ އާއި ޝުޖާއު އަށް ލިބުނީ ހަތަރު ވޯޓެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީން ސިޓީ ކައުންސިލްގައި ތިއްބަވާ 13 މެމްބަރުންނެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މުއިއްޒެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރާނެ ބޭފުޅަކު ކަނޑައެޅުމަށް ޕީޕީއެމުން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: ޕީޕީއެމް
ޕީޕީއެމުން ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި އަމަލު ކުރާނީ އިންތިހާބީ ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގައި ވެސް އަމަލު ކުރި އުސޫލުތަކަށް ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް ގޮތުން މިދިޔަ މޭ މަހުގެ 17 ގައި އިންތިހާބީ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އެހެންކަމުން އެ ދުވަހު ބައެއް ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ނުހޮވަ އެވެ. އެހެންވެ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިއަދުގެ ކުރިން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވަން އެ ކައުންސިލްތަކަށް އަންގައިފަ އެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް "މިހާރު" އަށް ވިދާޅުވެފައި ވަނީ މާލޭގެ ބައެއް ކައުންސިލަރުން ކަރަންޓީނުގައި ތިއްބަވަން ޖެހިފައިވުން ފަދަ ކަންކަމާ ހެދި މިއަދުގެ ކުރިން ފިޒިކަލް ކޮށް ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ދަތިވާނެތީ ކައުންސިލްގެ އެދުމާއި އެއްގޮތަށް މާދަމާގެ ނިޔަލަށް ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކުރުމަށް ހުއްދަދީފައި ވާނެ ކަމަށެވެ.
ކައުންސިލްތަކަށް ރައީސުންނާއި މޭޔަރުން އިންތިހާބުކުރަނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިޔަސް ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
21 June 2021
މަޤާމްތަކަށް،ރަނގަޅު ވާންޖެހޭނީ މަރސްޓަރސް، ޕީއެޗްޑީ އަދި ސިޔާސީ ދެބޯގެރިދުއްވުމެއްނޫން ރަނގަޅު ވަނީ އީމާންތެރި ތެދުވެރި ޤައުމަށްވަފާތެރި އިިންސާފާ ހަމަ ހަމަ ކަމަށް ލޯބިކުރާ ތަޤްވާވެރިން ކަންކަޝަވަރެވެ. މީހާގެ ކުއަލިޓީއަކީީ ނޫނީ އެތެރެހަށީގައި ހިފައިފައިވާ ޖަޒްބާތަކީ ފަސޭހައިންބަދަލުކުރެވޭއެއްޗެއްނޫން ސެޓްފިކެޓަކީ ލިބިދާނެއެއްޗެއް
ޫިisޮoa
21 June 2021
ކަށަވަރު.. ކޮން ކަޝަވަރެއް
ޞަރާސަރު
21 June 2021
މާލެބޭފުލެއް ތޯ؟
އަހުމަދުއަލޯ
20 June 2021
ހެހެ މިއީ ޔާމީނު މިސާލު ޖެހި ނަރީޝްތަ؟
ސަލާމަތް
20 June 2021
ސިޔާސީ ކަންކަން ނިންމުމުގައި ޢިލްމީ ޤާބިލް ކަމަށް ބެލުމަށް ވުރެ، ޕާޓީގެ ބޮޑު މީހާއަށް ލޯޔަލް މީހާ އިސްކުރުމުން ވާގޮތްވެސް އިނގިދާނެތާއެވެ. ތޮޔަތާނގަ މާސްޓަރސް ޑިގްރީ އޮތް މީހުންވެސް ތިބި އިރު ތިޔަމަޤާމަށް ގްރޭޑް 7 ގެ ފެންވަރު ހުރި މީހެއް ނެރުމުން ޕޕމ އަކީވެސް އުޞޫލެއް ނެތް ޕާޓީ އެއްކަން އިނގިއްޖެއެވެ.
އާދަނު2
20 June 2021
ޑެޕިއުޓީއަކަށް އެންމެ ރަގަޅުވާނީ ނަހުލާ
ބޮޑުމީހާ
20 June 2021
މަރުހަބާ
ސިޒަން ޖެކްޝަން
20 June 2021
ސުޖާއަށް މިކަން ހަޖަމްވާނެބާ؟
ކޮލަމާފުށި
20 June 2021
ތި ހޮވުނުމީހާއަށް ވުރެ ޝުޖާރަނގަޅުވާނެ.