ޚަބަރު / މަރު

ރައީސްގެ ކޮއްކޯފުޅު އަހުމަދު އަވަހާރަވެއްޖެ

އަހުމަދު، އޮގަސްޓް 2018 ގައި އޭނާގެ ރަށް ހިންނަވަރުގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

21 ޖޫން 2021 - 08:27

13 comments

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު ރޭ އަވަހާރަވެއްޖެ އެވެ.

ރައީސްގެ ހަގަށް ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ދުބާއީގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށެވެ.

ޅ. ހިންނަވަރަށް އުފަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ހިމެނޭއިރު އަނެއް ތިން ބޭފުޅުންނަކީ ހާފިޒުން، ގާރީންނެވެ.

އަހުމަދަށް ކުރިމަތިވި ސިއްހީ މައްސަލައާ ހެދި ހާފިޒު ކަމުގެ ކޯސް މެދުނުކެނޑުނު ނަމަ އޭނާ ވެސް ހުންނަވާނީ އެ އާއިލާގެ ހާފިޒުންގެ ތެރޭގަ އެވެ.

އަހުމަދު، އޮގަސްޓް 2018 ގައި އޭނާގެ ރަށް ހިންނަވަރުގައި "މިހާރު" ގެ ނޫސްވެރިން ބޭނުންވި ފޮޓޯއަކަށް ހިންގާލައްވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސްގެ އާއިލާގައި ތިން ހާފިޒުން ތިއްބަވާއިރު އެ ހުރިހާ ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުންނެވެ. އެއީ މޫސާ މުހައްމަދު ސޯލިހް (މޫސަބެ) އަބްދުﷲ ޝާޒްލީ އަދި ހުސެއިން ޝަޔާޒެވެ. މީގެ ތެރެއިން މޫސައަކީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމަށް އިންތިހާބުވުމާ ގުޅިގެން، "މިހާރު" ގެ ޓީމުން ހިންނަވަރަށް ގޮސް އެ މަނިކުފާނުގެ އާއިލާއާ އެކު ކުރި އިންޓަވިއުގައި އަހުމަދާއި އެ އާއިލާގެ ވަރަށް ގިނަ ވާހަކަތައް ތިން ހާފިޒުން ކިޔައިދީފައި ވެ އެވެ.

އިބޫގެ އާއިލާގެ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން (ކ-ވ) މޫސަބެ، ޝާޒް އަދި އަހުމަދުބެ.--ފައިލް -ފޮޓޯ: ނިޝާން އަލީ/މިހާރު

އަހުމަދު ފާހަގަ ކުރެވިފައި ވަނީ އާއިލާގެ ނަމުން ނަމަ ދޮންބެ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެ ވަރަށް ބޮޑަށް ލޯބިވާ، އަދި އެ މަނިކުފާނަށް އިހުތިރާމް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އާއިލާގެ އެންމެ އިސްބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ދެކޭތީ، އެ މަނިކުފާނުގެ ވާހަކަތައް "މިހާރު" ގެ އިންޓަވިއުގައި ދެއްކިއިރު، އަހުމަދު ފާހަގަކުރެވުނީ ވަރަށް ގިނައިން ކަންކަން އޮޅުން ފިލުވައި ދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

13 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 95%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުއަލޯ

21 June 2021

މަރުހޫމުގެ ފުރާނައަށް ރަހުމަތްލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

The name is already taken The name is available. Register?

ނަޖްވާ

21 June 2021

މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނުޢުމަތް ދެއްވުން އެދި ދުޢާ ކުރަން! އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަން!

The name is already taken The name is available. Register?

ށަވިޔަނި

21 June 2021

اللهم اغفر له وارحمه وادخله في الجنة آمين

The name is already taken The name is available. Register?

އަހުމަދުރަ

21 June 2021

انا لله وانا اليه راجعون

The name is already taken The name is available. Register?

މަސްވެރިޔާ

21 June 2021

إنا لله وإنا اليه راجعون

The name is already taken The name is available. Register?

އަވައްޓެެރިން

21 June 2021

ހެޔޮކޮށް ހިތާ އިހްތިރާމްކުރާ އިހްތިރާމް އެހެން މީހުންނަށް ދެއްވާ ސާދާ ދިރިއުޅުމެއް އުޅުއްވާ ހިތްހެޔޮ ބައެއް

The name is already taken The name is available. Register?

އައްޔޫބީ

21 June 2021

انا لله وانا اليه راجعون

The name is already taken The name is available. Register?

ގަލަން

21 June 2021

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎ މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمين .

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 June 2021

ހެޔޮ ރަހްމަތް ލައްވާށި.އާމީން.

The name is already taken The name is available. Register?

އަޙް

21 June 2021

انا لله وانا اليه راجعون

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 June 2021

މިކޮމެންޓަށް އެންގްރީ ފޭސްއިން ރިއެކްޓްކުރި މީހާ އެއީ ދުވަހަކުވެސް މަރުނުވާނެ މީހެއްތަ؟؟ މިހުންނަނީ ހުތުރު އަމަލުތައް.

The name is already taken The name is available. Register?

ޖަޖީ

21 June 2021

ރަދީފް ލިއުނީތީ އެހެން ޖަހާލީ ކަމަށް ބޮޑަށް ވައްތަރީ. އެފަދަ އެހެން މެސެޖްތަކަށް އެންގްރީފޭސް ނެތީމަ ހީވަނީ ރަދީފާމެދު މައްސަލައެއް އުޅެނީހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454