ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކެއް: މި ތަންތަނުގައި އުޅޭ ބައެއް މީހުން ފްލެޓްތަކުގެ ކުލި ނުދައްކާތީ ނޯޓިސް ވަނީ ފޮނުވަން ފަށާފައި.--- މިހާރު ފައިލް ފޮޓޯ
22 ޖޫން 2021 - 10:43
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ 704 ފްލެޓްގައި ދިރިއުޅޭ މީހުންގެ ތެރެއިން 12 މީހަކު އެއްގޮތަކަށް ވެސް ފައިސާ ނުދައްކާ ކަމަށާއި އެ މީހުންނަށް ނޯޓިސް ފޮނުވަން ފަށާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ފްލެޓްތަކަށް ފައިސާ ނުދައްކާ މީހުންގެ ތެރެއިން އެކަކަށް މިނިސްޓްރީން އިއްޔެ ވަނީ ނޯޓިސް ވެސް ފޮނުވައިފައި ކަމަށެވެ. އެ ނޯޓިސްގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ފްލެޓަށް ފައިސާ ދައްކަންޖެހެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ބާކީ ތިބި މީހުންނަށް ވެސް ފައިސާ ދެއްކުމުގެ ނޯޓިސް ކުރިއަށް އޮތް ދުވަސްތަކުގައި ފޮނުވާނެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް މިއިން ކޮންމެ މީހަކު ވެސް 235،200ރ. ދައްކަންޖެހެ އެވެ.
އެނގިފައިވާ ގޮތުގައި ނޯޓިސް ދީގެން ވެސް ފައިސާ ނުދައްކައިފި ނަމަ، އެ މީހުން ގޮވައިގެން ކޯޓަށް ދިއުމަށް މިނިސްޓްރީން ތައްޔާރުވާނެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި، އާންމުންނަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާ ގުޅިގެން ވެސް ހައުސިން މިނިސްޓްރީން ވަނީ އެ ފްލެޓްތަކަށް ފައިސާ ދެއްކުން ފަސްކޮށްދީފަ އެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން 2014 ވަނަ އަހަރު ހުޅުމާލޭގައި 704 ފްލެޓާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި އަޅަން ފެށި 796 ފްލެޓްތައް ނިންމައި ސަރުކާރާ ހަވާލުކުރީ 2017 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިދަ ދަނޑި
25 June 2021
ނޯޓިސް ފޮނުވާނެކަމެއް ނެތް... ފައިސާ ނުދައްކަންޏާ ތަން ހުސްކުރުވާ، ފައިސާ ދެއްކޭވަރު މީހަކަށް ފްލެޓް ދީ... މިހާރުވެސް ފައިސާ ދައްކައިގެން ދާން ބޭނުންވާނެ މީހުން ގިނަވާނީ.. މަހަކު 1 ފަހަރު ނޯޓިސް ފޮނުވައިގެން ހިލޭ ސާބަހަށް އެއްވެސް ބަޔަކު ބައިތިއްބައިގެން ނުވާނެ..
ހަނާނާ
22 June 2021
ހެޔޮ ސަރުކާރު
ޙަބީބު.
22 June 2021
އަވަ ހައް ބޭރުކުރޭ ކުލިދެއްކޭނެ މީ ހުންނައް ފުލެޓުތައްދީ
އޮނަރަބްލް އަފީފު ދީދީ
22 June 2021
މިފަދަކަންކަން އިންސާފުގެމަގުންހިންގާ ދައުލަތުގެމުދަލާއި ފައިސާ ނުޙައްޤުންކެއުން ހުއްޓުވާންޖެހޭ. # އަދި މާލެއާއި ރާއްޖޭގެއެހެންރަށްރަށުގެމީހުނާއިމެދު ސަރުކާރުންގެންގުޅޭ "ތަފާތުކުރުންދޫކޮށް" ރައްޔިތުންގެމެދުގައި "ތަފާތުކުރުމެއްނެތި" އިންސާފު ޤާއިމްކުރާންޖެހޭ. # ކަންހިގާފައިވާގޮތަށްބަލާއިރު 12 ފަރާތަކުން ކުލިނުދައްކާއިރު "އެންމެ ފަރާތަކަށް" ނޯޓިސްދިނުމަކީގޯހެއް. ތިޔަފްލެޓްތައްވަނީ 2 ވަނަ ފަރާތަކަށް ކުއްޔަށްދީފައިނަމަ އެފަރާތާއި ފްލެޓްޙަވާލުކުރޭ.
އާދަނު123
22 June 2021
ފްލެޓް ތައްކުޔަށް ދީގެން އޭގެން މަންފާ ހޯދާ ފަރައިތަކަށް ފިޔަވަޅު އަޅާބަލަ
ބޭރުކުރޭ….
22 June 2021
ނެރެންވީ ސަރުކާރުން ހިބަކޮށް ދީފަ ހުރި ތަންތަނެއް ނޫން ތީކީ.3 ކޮޓަރީގެ ފްލެޓް އެއް އެހާ އަގުހެޔޮކޮށް ލިބުނީމަވެސް ލާރި ނުދައްކާ އެތަށް މަހެއް؟ ފްލެޓް އަތުލަންވީ. އަދި މިހާ ދުވަސް ވީ އިިރު ތިކަމާ ފިޔަވަޅު ނޭޅި އިހުމާލުވި އެޗްޑީސީގެ ވެރިންވެސް ވަޒީފާއިން ވަކިކުރަންވީ.
އުދުހެ
22 June 2021
އެމީހުން ތިޔަތަނުން ނުނެރެ ބޭތިއްބުމަކީ ކުލި ބަރާބަރަށް ދައްކާމީހުންނަށް ލިބޭ ބޭއިންސާފެއް. އެމީހުން ނެރެ އެހެން ބަޔަކަށް ގުރުއަތުން ދިނުމަށް ގޮވާލަން.
އަލީބެ
22 June 2021
ކުރިން އުޅުނުގޮތަށް ކޮޓަރި ކުއްޔަށް ހިފައިގެން އުޅެން ތިމީހުން ދަންނަނީ. ދިރިއުޅެން ނޭނގޭ ބަޔަކަށް ހިލޭތަނެއް ދިނަސް އޮންނާނީ ނުވެފަ
ހހށނރ
22 June 2021
ތިފެލެޓް ރަށް ދީފަ ހުރީ ކުއްޔަށް ދީގެން އާމްދަނީ ހޯދަން . ވަކި ބަޔަކަށް. މި ހާރުވެސް ކުއްޔަދީފަ ހުރި ތަންތަން ލިސްޓެއް ހަދާލީމަ އެކަން އިގޭނެ ހ
ޅަހުއްތު
22 June 2021
ހިޔާ ފްލެޓް ދޫކުރަން ތައްޔާރުވާތީ މީހުންނަށް ބިރުދައްކަން ކުރާކަމެއްތީ އެގްރިމެންޓްގައި ބުނާގޮތަށް އަމަލު ނުކުރީމަ ކުއްވެރިވާނީ ހަމައެކަނި ފްލެޓް ލިބޭމީހާ ެއްނޫން ފްލެޓް ދޫކުރި ފަރާތްވެސް ޒިންމާވާޖެހޭނެ.