ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
04 ޖުލައި 2021 - 02:10
ރާއްޖޭގެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރާ ތުހުމަތު ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފުރުސަތު ނުދީ މަޖިލީހަށް ހާޒިރުވާން އެންގުމަކީ ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމަށް މޯލްޑިވްސް އެޑިޓާސް ގިލްޑް އިން އިއްޔެ ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅޭގޮތުން އެމްބަސީއަކުން ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަށް ހައްލު ހޯދަން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އެއާއެކު، އެ މައްސަލަ ބަލަން ފޮރިން މިނިސްޓްރީ އަށް ކަމާބެހޭ އިދާރާގައި އެދެވިދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް ސީދާ އެ މައްސަލަ ރައްދުވާ ޑިޕްލޮމެޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ ތަންދޭ ތަނެއް ނޫން ކަމަށާއި އެއީ އެ މުއާހަދާއާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށް އެޑިޓާސް ގިލްޑުން ބުނެ އެވެ.
މި ފަހުން ނޫހެއްގައި ލިޔުނު ލިޔުމަކާ ގުޅިގެން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްގެ ސަލާމާތަށް ނުރައްކާވާކަމަށް ވިދާޅުވެ ރޮޒެއިނާގެ ސަމާލުކަމަށް ގެންނެވީ ވެސް ރޯހިތެވެ. އެއަށްފަހު މީޑިއާ ކައުންސިލަށް މަޖިލީހުން ފޮނުވި ސިޓީގައި އެދުނީ ރޯހިތުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ލިޔުނު ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށެވެ.
MEG calling authorities not to intimidate media regulators in carry out their mandate.https://t.co/qBLgTPFHdx@Mihaarunews @sunbrk @thepressmv @rasonlinemv @oneonlinemv @psmnewsmv @Raajje_tv @DhiyaresNews @VaguthuOnline @adduonline @AdhadhuMV @broadcomMV @thevoice_mv
— Maldives Editors Guild (@editorsguildmv) July 3, 2021
އެކަމުގައި މީޑިއާ ކައުންސިލުން ކުރި މަސައްކަތެއްގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރަން ވެސް ސިޓީގައި އެންގި އެވެ.
އެ ސިޓީ ފޮނުވި އިރު ކޮމިޓީން މީޑިއާ ކައުންސިލާ މަޝްވަރާކުރަން މާދަމާ އަށް ތާވަލުކޮށްފައި ވެސް އެބަ އޮތެވެ. އެެއީ އުމުރުން 13 އަހަރުގެ ކުއްޖަކު މަރައިލި މައްސަލައާ ގުޅިގެން މީޑިއާތަކުން ރިޕޯޓްކުރި ގޮތުގެ މައްސަލައިގައި ކޮމިޓީން ސުވާލުކުރުމަށެވެ. އެކަމަކު، ރޮޒެއިނާ ކުރިން "މިހާރު" އަށް ވިދާޅުވީ އެ ބައްދަލުވުމަށް ވަޑައިގަންނަވާ އިރު، ލިޔުމުގެ މައްސަލައިގައި އެމްއެމްސީން ކުރި މަސައްކަތަކާ ބެހޭ މައުލޫމާތު ވެސް ގެންނަން އެދިފައިވާނެ ކަމަށެވެ.
އެޑިޓާސް ގިލްޑުން ބުނީ ޑިޕްލޮމެޓެއްގެ ކޯލާ ގުޅިގެން މުގައްރިރު އަމިއްލައަށް އެ މައްސަލައިގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް އެމްއެމްސީއަށް އެންގުމަކީ ވެސް ބީރައްޓެހި އުސޫލެއް ކަމަށެވެ.
"އަދި ކައުންސިލުން އެ މައްސަލަ ބެލުމަށް ފުރުސަތު ނުދީ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވާން އެންގުމަކީ ސީދާ ގޮތެއްގައި ވަކި ގޮތަކަށް މައްސަލަ އަނބުރާލުމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ. "ހަމަ އެހެންމެ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައި މައްސަލަ ބަލަމުންދާ ކަމަށް ބުނުމަކީ ވެސް މި ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،"
މީޑިއާގައި ރިޕޯޓު ކުރި މައްސަލައަކާ ގުޅޭގޮތުން ނުތަނަވަސްކަމެއް އޮތް ނަމަ އެމްއެމްސީ އަށް އެ މައްސަލަ ބެލުމަށް ފުރުސަތު ދީ ބަޔާނުގައި ބުނެފައި ވަނީ އަމިއްލަ އަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން މައްސަލަ އަށް ވާސިލްވާން މަސައްކަތް ކުރުމަކީ ތަހުޒީބު ކަމެއް ނޫން ކަމަށެވެ. ހަމައެއާ އެކު، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކޮށް ޑިޕްލޮމޭޓުންގެ ވާހަކައެއް ދައްކާނަމަ ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ރިއާޔަތްކުރަން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަވަލި
04 July 2021
ޑްރަގުގެ މައްސަލަތަކުގަ ކޯޓުތަކުން ނިންމާ ނިންމުންކަހަލަކަމެއް އެޑިޓަރުންގެ ޖަމާއަތުން ތިކުރީ. ދިމާއަށް ފެންނަންހުރި ނުރަގަޅު އަމަލުގެ ރިޕޯޓިން ޗެނެލް ނުބައިއޭ ކިޔައި އެމީހުންގެ(ރިޕޯޓަރު) ކުށެއްނެތްކަމަށް ދައްކަން އުޅުން.
ގިރިޖާސް
04 July 2021
ޑިޕްލޮމެޓުންނާ ބެހޭ މައްސަލަތައް ޖެހުމުން އެކަންކަން ހައްލުކުރަން ބޭނުން ކުރަން ހަމަޖެހިފަ އޮންނަ ޗެނަލް އިންޑިއާ ޑިޕްލޮމެޓުންނަށް ނޭނގުމަކީ އިންޑިއާ ޑިޕްލޮމެޓުގެ ފެންވަރު ނެތުން. އަދި އެކަންކަން ހަމައަކަށް އަޅުވަން މިހާރު ތިބި މީހުންނަށް ނޭނގުމަކީ މިހާރު ފޮރިން މިނިސްޓްރީގަ ތިބި މީހުންގެވެސް ފެންވަރު ނެތުން. ފޮރިން މިނިސްޓަރަކީ ތަޖުރިބާކާރެއް ކަމަށް ކިޔައި އުޅޭއިރު ކަންކަން އެހުރީ ހުންނާނެ ގޮތަކަށް. ކަމެއް ބަލަންވާ ވަރަކަށް ބެލިފަކާ ނުހުރޭ.
އަހުމަދު އަލީ
04 July 2021
އެއީ ކިހިނެއް ވާ ކަމެއްބާ ? އަހަރެމެންގެ ކެފޭ ހިންގިޔަ ނުދީ ސަރުކާރުން ހުއްޓުވާފަ އޮތުމުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ހޯދަ ދިނުމަށް ރޮޒައިނާ އަށް ގޮވާލަން.
ނުސީދާ
04 July 2021
ކަލޭނޭ ދިވެހި މިތިބަ ގަމާރުންތަކާ މި ނުބައި ނުލަފާ ބައިގަނޑުގެ ކިބައިން މިޤައުމު ސަލާމަތް ކުރަން ނިކުންނަން ވެއްޖެނު މީ ދެން ކިހާބޮޑު މުސީބަތެއް މިޤައުމު އަޅުވެތިކޮށް ނިންމާލާއިރުވެސް ބަލަން ތި ތިބެނީ....
އަބޫ
04 July 2021
މިގައުމްގާ އެހެން ގައުމުގައި ސަފައިން ތިބޭަކަނުޒެހޭނެ މިހާރުން މިހާރަށް އިންޑިޔާ ސިފައިން ބޭރުކުރޭ އެހެން ނޫނީ އިބުރާހިމް ސޯލިހް ިމހާރު އިސްތިއުފާ ދޭންޖެހޭނެ
ދޮންފުތުކުޑޭ
04 July 2021
މައިސަރުކާރު
ވަޅޯ.
04 July 2021
މިނިވަންކަން އިހްސާސެއް ނުވޭ
މުލޭ
04 July 2021
ނޫނޭ. އެޖެންޑާ ނަވާރަ ތަފާތު. ހަރުކަށިވުން، ހަރުދަނާ ކަމެއް ނެތުން، އަމިއްލަ އެދުން ބޮޑުވުން. ނޭއްގާނީ ކަން، އަޚްލާގެއް ނެތުން، ޚުދުމުޚްތާރުކަން، ލާދީނީ ސިޔާސަތުތައް އިސްކުރުން، މިހުރީ ހައްތާވެސް އެޖެންޑާ 19 ތަފާތުވާ ކަންކަން.
އަލީ
04 July 2021
މަޖިލިހަކީ ދިވެހި ދައުލަތުގެ 3 ބާރުން 1 ބާރުކަމުގައިވިއަސް, މިވަގުތު މަޖިލިސް ތަރުތީބުވެފައިވާގޮތުން, މަޖިލިހަށްވަނީ ހަމަރަނގަޅަށްވެސް މަޖިލިހުގެ ޒިންމާ އޮޅިފައި. މިގޮތުން ކުރެވޭ ކަންތައް ތަކުގެ ތެރޭގައި, ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި ސަރުކާރު ހިންގަން ދަތިކޮށް ޖެއްސުންކުރުމާއި, މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލުމާ, ތަހުޤީގު ތަކަށް ޖެއްސުންކުރުމާ,ޝަރުޢީ ނިޒާމުތެރެއަށް ހިފެހެއްޓުމެއްނެތި އަތްބޭނުން ހިމެނެ. މިއީ ހަމަ އަހަރެމެން ދިވެހި ރައްޔިތުން މަޖިލިހުގެ މެންބަރުކަމަށް ކުފޫހަމަނުވާ ބަޔަކު މަޖިލިހަށް ހޮވުމުން ދިމާވިގޮތް. ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމާ ވިސްނަވާ
ކިސްރާ
04 July 2021
ކޮންމެ ކަމެއްގައިވެސް އެމްޑީޕީން މިހާރު ހަދަނީ މިހެން..މައްސަލަ އެހެން ދިމާލަކަށް އަނބުރާލަން ނޫނީ ދައުލަތުގެ މުއައްސަސާއަކުން ބެލިޔަ ނުދޭން މަޖިލީހަށް މައްސަލަ ވައްދަނީ..