08 ޖުލައި 2021 - 07:15
ޖަޕާނުގެ ޓޯކިއޯގެ އިމާރާތެއްގައި އިޝްތިހާރަކަށް ބަހައްޓާފައިވާ ބޮޑު ބިލްބޯޑަކުން ތްރީޑީކޮށް ވަރަށް ފުރިހަމަކޮށް، ބޮޑު ބުޅަލެއް ފާޅުވާން ފެށުމުން އާންމުންގެ ސަމާލުކަން އެއަށް ހުއްޓިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްގައިވާ ގޮތުގައި ބުޅާ ފެންނަ ބިލްބޯޑް ބޭނުންކުރަން ފެށުމުގެ ކުރިން އެއިން ފާޅުވާ، ބުޅަލުގެ މަންޒަރަށް އާންމުންގެ ސަމާލުކަން ލިބުނީ އެ ޓެސްޓްކުރުމުގެ ތެރޭގަ އެވެ. މި ބުޅާ ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ. އޭގައި ފެންނަނީ ބުޅާ ނިދަން އޮވެ ތެދުވެ، ހަރަކާތްތަކެއްކޮށް، ތިރިއަށް ބަލައިގެން އޮވެ މިއައު ގޮވަނިކޮށެވެ.
今日の15時半ごろに現地で撮られた映像です。雑踏が思いのほかうるさいので、声の大きさは調整しなきゃ。再生時、音量注意です!⚠️ pic.twitter.com/8OsmcyyVOo
— 新宿東口の猫 (@cross_s_vision) July 5, 2021
ހުދާއި ކަޅާއި މުށި ކުލައިގައި ފެންނަ ބުޅަލުގެ ކަރުގައި ރަތް ކުލައިގެ ފަށެއް ވެސް އައްސާފައިވެ އެވެ.
މީޑިއާތަކުން ބުނީ ބުޅާ ފެންނަ ލެޑް ބިލްބޯޑްގައި ރަސްމީކޮށް އިޝްތިހާރުތައް ދައްކަން ފަށާނީ މި މަހުގެ 12 ގައި ކަމަށެވެ. މިއީ 4ކޭ ކޮލިޓީގައި ފެންނަ ބޯޑެކެވެ.
މި ބިލްބޯޑް ހުންނަނީ ޖަޕާންގެ މަޝްހޫރު ރޭލު ނެޓްވޯކެއް އޮތް ސަރަހައްދެއް ކަމަށްވާ ވެރިރަށް ޓޯކިއޯގެ ޝިންޖުކޫ ޑިސްޓްރިކްޓުގެ އިމާރާތެއްގަ އެވެ. މީޑިއާތަކުން ބުނީ ބުޅާ ފެންނަ ބިލްބޯޑަކީ ޓޯކިއޯގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު އެއް ބިލްބޯޑް ކަމަށެވެ.
މިދިޔަ އަހަރު ދެކުނު ކޮރެއާ އިމާރާތަކުން ވެސް ތަފާތު މަންޒަރެއް ގެނެސްދީފައިވެ އެވެ. އެ ފަހަރު ފެނުނީ އިމާރާތެއްގެ މަތިން ރާޅު ޖަހާ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy