ޚަބަރު / މޯލްޑިވްސް މީޑިއާ ކައުންސިލް

މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރަން އެމްއެމްސީން އިލްތިމާސްކޮށްފި

އެމްއެމްސީގެ މެމްބަރުން، އެ ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެމްސީ

ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކޮށް ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ މަސްލަހަތު އިސްކުރަން ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

ޑިޕްލޮމެޓުންނާ ބެހޭގޮތުން ލިޔާ ހަބަރުތަކުން އެ ކައުންސިލަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންނާއި އެމްބަސީތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ހަބަރުތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ކަނޑައެޅިގެން ދޮގު ހަބަރު ފެތުރުމަކީ އެއްވެސް މީޑިއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ގައުމުތަކާ މެދު އޮންނަ ގުޅުމަށް ބުރޫއެރުން އެކަށީގެންވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

"މިފަދަ ކަންކަމަކީ އޭގެ ސަބަބުން ރާއްޖެ އާއި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރައި ވަކި ގައުމަކާ މެދު އާއްމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި ގައުމަށް ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.

އެހެންވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްގު ހަމަގޮތުގައި ބޭނުންކުރުމަށާއި އެމްއެމްސީގެ ގާނޫނާ ގަވައިދު އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާ ގޮތުގެ މަތިން ޒިންމާދާރުކަމާ އެކު ހަބަރުތައް ފެތުރުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމުކޮށް ހަބަރު ފަތުރަން އިލްތިމާސްކުރިއިރު، އިންޑިއާއާ ގުޅޭގޮތުން މި ފަހުން ނޫހެއްގައި ޝާއިއުކުރި ހަބަރެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެމްއެމްސީ އަށް އަންގައިފަ އެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ އިސްވެރިންގެ ކަރާމަތަށް "ހަމަލާދޭ" ކަމަށް އެ ތަނުން ގަބޫލުކުރާ މީޑިއާގެ ލިޔުންތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔުނު މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދިފައި އޮތީ ޑިޕްލޮމެޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"ގެ 29 ވަނަ މާއްދާއާ ހަވާލާދީ އެވެ.

އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރި ކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޑިޕްލޮމެޓުގެ ޒާތަށާއި މިނިވަން ކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާ މޫ

08 July 2021

ރައީސް ނަޝީދު ސައޫދީ އާއި ބެހޭގޮތުން ވާހަކަ ދައްކާއިރު އެވާހަކަތަޢް ގެންނަ މީޑިއާތަކަށް މުޢާހަދާތަކަށް ރައްކާތެރިވާން މީޑިޔާ ކައުންސިލުން ނައަންގަނީ؟

The name is already taken The name is available. Register?

ޖަނާޒާ

08 July 2021

2005 ހާތަނުން މާކުރިން ރާވައިގެން މި މުއާހަދާތަކެގަ ސޮއިކުރީ ބޭރުގެ ބާރުތައް ރާއްޖެއައް ގެންނަން. ތިކަމުގެ އަޑިބަލަންޖެހޭ. ޢިގިރޭސިއަކު ހުންނާނެ

The name is already taken The name is available. Register?

ސުވާލެއް

08 July 2021

މީޑިއާ ކައުންސިލް ވެސް އިންޑިއާއަށް ވިކުނީތޯ؟

The name is already taken The name is available. Register?

ކަމީލާ

08 July 2021

ކޮން މުއާހިދާއެއްތޯ؟ ދިވެހި ގައުމުގެ ރައްޔިތުންގެ މަސްލަހަތު އަދި މިނިވަންކަމަށް ވުރެ ބޮޑު ކަމެއް އޮވެގެން ނުވާނެ! އިންޑިޔާ، ޗައިނާ، އެމެރިކާ އެއް މުހިއްމެއް ނޫން! ދިވެހިންގެ މިނިވަން ވެރިކަމެއް މުހިއްމީ!

The name is already taken The name is available. Register?

އަބުދުލް ޤާދިރު

08 July 2021

އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދީރު ޢަމަލުތައް ހުރީ ބައިނަލް އަޤުވާމީ މުއާހަދާތަކާ އެއްގޮތަށްތަ؟ އޭނަގެ އަމަލުތަޢް ހުރިގޮތަކަށް ދިވެހިން ވެސް އަމަލުތައް ބައްޓާނެ. އެކަމެއް ނުހުއްޓުވޭނެ ކިތައްމެ ބަޔާނެއް ނެރުނަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454