ޓްރީ ޓޮޕްގެ ލެބް. މި ލެބް އިން މުހިއްމު ގިނަ ޓެސްޓްތަކެއް ހެދޭނެ--ފޮޓޯ:ޓްރީ ޓޮޕް
13 ޖުލައި 2021 - 14:58
ރާއްޖޭގެ އެންމެ ޒަމާނީ ސިއްހީ ހިދުމަތް ދޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މަސައްކަތްތައް އެންމެ ބޮޑަށް ފުރިހަމަކޮށްދެނީ އެ ހޮސްޕިޓަލްގެ ލެބުން ދެމުން އަންނަ ހަލުވި އަދި ޒަމާނީ ލެބް ހިދުމަތްތަކުންނެވެ. އެގޮތުން ބައްޔެއް ދެނެގަތުމަށާއި ޕޭޝަންޓެއްގެ ހާލަތު ދެނެގަތުމަށް ހަދަން ޖެހޭ މުހިއްމު ހުރިހާ ޓެސްޓެއް އެ ލެބުން ހެދެ އެވެ.
އެ ހޮސްޕިޓަލުން ޑައިގްނޯސްޓިކް ޓެސްޓިން އާއި ކްލިނިކަލް ސާވިސްތަކާއި އެހެން ބައެއް ބްލަޑް ޓެސްޓްތައް ހެދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ޓްރީ ޓޮޕްގެ "ލެބޯޓަރީ މެޑިސިން އާއި ޕެތޮލޮޖީ" ޑިޕާޓްމެންޓުން މުހިއްމު ގިނަ ހިދުމަތްތަކެއް ދެ އެވެ. އެގޮތުން ކްލިނިކަލް ބައޯކެމިސްޓްރީ އާއި ހެމަޓޮލޮޖީ އާއި އިމިއުނޮލޮޖީ އާއި މައިކްރޯބައޮލޮޖީ އާއި ޕެރެސައިޓޮލޮޖީ އާއި ޔޫރިނަލިސިސް، ހިސްޓޯޕެތޮލޮޖީ އާއި ޓޮކްސިކޮލޮޖީގެ ހިދުމަތް ވެސް ދެ އެވެ.
އެ ލެބްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތަކަށް ވަރަށް ބޮޑަށް އަހުލުވެރިވެ، ނަގާ ސާމްޕަލްތައް އިވެލުއޭޓް ކުރުމުގެ އުސޫލުތައް ފުރިހަމަ އަށް ދަންނަ ފަރާތްތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ޓްރީ ޓޮޕްގެ ލެބް އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ތަފާތު ވައްތަރުތަކުގެ ހިދުމަތްތައް ފޯރުކޮށްދެއެވެ. 24 ގަޑިއިރު ހިދުމަތްދޭ އެ ލެބުން ހޯމް ކެއާ ހިދުމަތްތައް ވެސް އަންނަނީ ދެމުންނެވެ. އެގޮތުން ހޮސްޕިޓަލުން ގޭގެ އަށް ގޮސް، ފަސޭހަ އިންތިޒާމެއްގެ ތެރެއިން ސާމްޕަލް ނަގައިދެ އެވެ.
ހިދުމަތާ ގުޅޭ އިތުރު މައުލޫމަތު ހޯދުމަށް 3351610 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުވައިގެން ކުރިއަށް ގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެތެޓިކޮލޮޖީ
14 July 2021
ތިޔަތަނުގަ ފުރަތަމަ ހިދުމަތް ދިން މެނޭޖްމަންޓާއި ޑރ ވަރަށް ރަންގަޅު ނަމަވެސް އަގު އަތްނުފޯރާ ހިސާބުގަ އޮތުމުގެ ސަބަބުން އާދައިގެ އިންސާނަކަށް ތިޔަ ތަން ހުރި މަގުންވެސް ހިނގާ ނުލެވޭ,އެކަމަކު މިހާރު ތީ އާދައިގެ ކްލިނިކަކަށް ވުރެންވެސް ދެރަ ތަނެއް އެހެންނުން ވާނީ ކަމުގެ އިލްމް ނެތި ފައިސާ އޮތީމަ ހީވަނީ ކޮންމެ ކަމެއްވެސް ކުރެވިދާނޭ.