ކުރީގެ ރައީސް މައުމޫންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް، އަބްދުﷲ ކަމާލުއްދީނަށް މައުމޫން ޓިކެޓް ހަވާލުކުރައްވަނީ --. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
14 ޖުލައި 2021 - 17:40
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އަދިވެސް އޭނާގެ ނަން އޮތުމުން، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އުފައްދަން ހުށަހެޅުއްވި ސިޔާސީ ޕާޓީ އަށް ހުއްދަ ނުދީ އެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާތިލްކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ، "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އަބްދުﷲ ކަމާލުއްދީން އެދިވަޑައިގަތް ނަމަވެސް ފޯމު ބާތިލްކުރީ، އެ ކަމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު އަބްދުﷲ ކަމާލުއްދީންގެ ފުރިހަމަ ނުވާތީ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ؛ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަލްފާޟިލް އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމައިފި. @akdeen
— Elections Commission (@ElectionsMv) July 14, 2021
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދޭ މީހާ އަކީ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވެ އެވެ. ނަމަވެސް އަބްދުﷲ ކަމާލުއްދީން އަދިވެސް ހުންނެވީ އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށް އީސީން ބުނެ އެވެ.
އަމިއްލަ ޕާޓީއެއް އުފެއްދުމަށް އެދި އީސީ އަށް ފޯމު ހުށަހެޅުއްވުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ދައުލަތުގެ ބާރުތައް ވަކިކޮށްފައިވީ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ހުރި އެތައް މައްސަލަތަކެއް ހުރި ކަމަށެވެ.
އެ މައްސަލަތައް ހައްލު ކުރުމަށް އޭނާއާ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ޕާޓީއެއް އުފައްދަން ނިންމީ ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ.
އޭނާ ވަނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވައިފަ އެވެ. ޖުމްހޫރީ ޕާޓީއާ 2012 ވަނަ އަހަރު ގުޅިވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން އެ ޕާޓީން ވަކިވެވަޑައިގެން ދެން ސޮއިކުރެއްވީ އެމްއާރުއެމްއަށެވެ.
އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ވެސް ހަމަކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
15 July 2021
މީ މިހާ ފޯރި އަރުވާފަ ފޯމު ބާތިލުކޮށްފީމޭ ކިޔާ ރަސްމީ ޓުވިޓަރުން ޓުވީޓު ކުރަން ޖެހޭ ވަރުގެ ވާހަކައެއް ނޫން! ފޯނު ކޮށްލާފަ 'އަދި ކުރީގެ ޕާޓީގެ ދަފްތަރުން ވަކި ނުވެ އޮތީމާ އެޕާޓީ އިން ވަކިވިކަން އީސީ އަށް އަންގާލަން ކުރީގެ ޕާޓީގަ ބުނެލާށޭ، އަދި އެ ލިޔުމުން އެކަން އިނގުމުން މި އެޕްލިކޭޝަން ކުރިއަށް ގެންދާނަމޭ' ބުނެލާ ކަހަލަ ކުޑަ ކުޑަ ކަމެއްގަ މިހާ ފޯރި އެރުވީމަ އެނގޭ އެއްޗަކީ އީސީ ގެ ވެރިން ފެންވަރު!
މަހުރާން
15 July 2021
ދެން މިއުމުރުގަ ގޭގަ މަޑުކޮށްލާ އަރާމު ކޮށްލަން. ކޮންހޑިއެއް ނެހޭވިގެން. ގައިމު ދަރިންވެސް ބޮޑެތި މަގާމްތަކުގަ މިހާރު. މައިތިރި ވެގެން ގެގަ އޮވެބަލަ ހެޔޮނުވާނެ. ޭ
އަލިބެދަރި
15 July 2021
މީހުންގެ އުމުރާބެހި ގޭބަނދުވާށާ އަމުރުނަހީ ހިންގަން ފިރުއައުނު ހެދިގެން ނޫޅޭ. ފުރައްސާރަވެސް ކުރަން ތީބޮޑުވަރު.
ޑޮނާޑު
15 July 2021
މިހުރިހާދުވަހު އެމަނިކުފާނު ޖުމްހޫރީޕާޓީގައުޅުއްވީ އެޕާޓީގަ ރަޖިސްޓުރީނުވެތޯ ހާދަހީނުވޭ އެޕާޓީގެހުރިހާ ޖަލްސާތަކާ ޕާޓީގެ އަސާސީކަންކަމުގާ ބައިވެރިވެ ވަޑައިގެންއެއުޅުއްވީ ހަމަމަޖާކޮއްލާ ސައިފޮދުހިއްޕަވާލަންތޯއެވެ.!!
ކޭކޭ
14 July 2021
މި ވަރު މީހުން ޕާޓީ ހަދަން މި އުޅެނީ. ކަންކަމުގަ ވާނުވާ ނޭނގޭ ވަރު މިއިންވެސް އެނގެނީ.
އުމަރުބެ
14 July 2021
ތި ވަރަށް ކަޑަވީ. އަހަރެން ވަންނަން އުޅޭ ޕާރޓީ ރަޖިސްޓްރީ ވަންދެން މަޑުކުރާނަން.
ތިހިރީ ވަތް ދޮރު ނުކުމޭ
14 July 2021
ޙާދަ އުފާ ވެއްޖޭ މިއަދު. ކިބުރުވެރި ނުވާށެވެ.
ބޮޑުމީހާ
14 July 2021
މިގައުމުގެ ހައްލުނުވާ މައްސަލއަކީ ރިޓަޔަރކުރަން ނޭގޭ ސިޔާސީ ގްރޫޕްތަކެއް އުޅުން. މައުމޫނާއި، ނަޝީދު، ވަހީދު، ނާޒިމް، އުމަރު، ޔާމީން، އިބޫ، މިނޫން ބަޔަކަށްވެސް މި ގައުމުގެ ވެރިކަން ކުރެވިދާނެ
ހަސްހަސް
14 July 2021
ޤާސިމްވެސް ތީގެތެރެއަށްލާ! ލިބޭލާރި މަދުވެ މަޖިލީހަށް ހާޒިރުނުވިނަމަވެސް މެންބަރުކަންވެސް ކުރަންއެބަޖެހޭވިއްޔާއެވެ. އަސްލުވެސް ތިބުނީތެދުވާހަކައެއް. 40 އަހަރު ދައުލަތަށް ޚިދުމަތްކޮށްދީ، ޑަބަލް ޕެންޝަންލިބުނީމަވެސް، އަދިވެސް އިތުރަށް ޚިދުމަތްކޮށްދޭންބޭނުންވާ ސިވިލް ސަރވިސްގެމުވައްޒިފުން މަދެއްނޫން. ޒުވާނުންޖެހެނީ ބާކީވެތިބެން. އެމީހުނަށް ޖާގައެއްލިބޭނެގޮތެއްނެތް. ހައްލަކީ ޒުވާނުންގެ ޕާޓީއެއްހަދައި، އިންތިޚާބަކާ ކުރިމަތިލުން. އެނޫންގޮތެއްނުވިސްނޭ.
ބޮއް
15 July 2021
ކަލޭނޫން އެންމެން އެބަޖެހޭތާ ރިޓަޔަރ ވާން.
އަރުތަ
14 July 2021
ތިންފަށްވެފަ ހުރީމަ ދެންޖެހޭނީ ހަމަ ފަށް ކަނޑަން، އޭގެ ފަހުގަ އަނެއްކާވެސް ކުރިއަށް ދެވޭނީ.
ސަސި
14 July 2021
ހާދަ ދެރަ ކޮށް މިވީ، އވަރަށް ދެރަ
ޑިސްއޮނަރަބަލް ޑީޑީ
14 July 2021
ކަމާލުއްދީނާ ވަހީދާ އުމަރާ ޖާބިރާ މި ހަތަރުމީހުންގެމެދުގާ އިންތިޚާބެއް ބާއްވައިފިއްޔާ ފަހަތުން އެއްވަނަ ގެންނާނީ ކާކުބާ؟