ވަޓްސްއެޕް ބޭނުންކުރެވޭ ގޮތަށް ގެންނަ ބަދަލުގެ ތެރެއިން ފޯނަކާ ނުލައި އެއްފަހަރާ ހަތަރު ޑިވައިސްއެއްގައި އެޕް ބޭނުންކުރެވޭ ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ.
މި ގެންނަ ބަދަލާ އެކު ވެބްގައި ވަޓްސްއަޕް ބޭނުންކުރާ އިރު ދެން ފޯނެއް ކޮންމެހެން މެދުވެރިއަކަށް ބޭނުމެއް ނުވާނެ އެވެ.
ވަޓްސްއެޕްގެ މަލްޓި-ޑިވައިސް ފީޗާ މިހާރު ބީޓާ ވާޝަނުގައި ލިމިޓެޑް ޔޫޒަރުންގެ މެދުގައި މިހާރު އަންނަނީ ޓެސްޓްކުރަމުންނެވެ. ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގެ ހެޑްގެ ވިލް ކެޓްކާތު ވަނީ މި ވާހަކަ ޓްވިޓާގައި ވެސް ހިއްސާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ގެންނަ ބަދަލާ އެކު ވަޓްސްއެޕް ބޭނުންކުރަން ކުރިއަށް ވުރެ ބޮޑަށް ފަސޭހަވާނެ އެވެ. ވިލް ވިދާޅުވީ ފޯނެއް މެދުވެރިނުކޮށް، މަލްޓި-ޑިވައިސްގައި ވެސް ވަޓްސްޕްއެޕް މުއާމަލާތް ފުރިހަމަ އަށް ރައްކާތެރިކޮށްދޭނެ ކަމަށެވެ.ވެ. އެހެންވެ ޗެޓްތައް ހުންނާނީ އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި ފީޗާ އާންމުކޮށް ދޫކޮށްލާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.