ކަސްޓަމްސްގެ މައި އިމާރާތް: މިދިޔަ މަހު ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފައި --- ފޮޓޯ/މިހާރު
29 ޖުލައި 2021 - 14:02
މިދިޔަ މަހު ރާއްޖެ އަށް ތިން ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އިމްޕޯޓްކުރި މުދަލުގެ އަގު ތިން ބިިލިއަން ރުފިޔާއަށް އަރާ އިރު، އެއީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އިމްޕޯޓްކުރި މުދަލުގެ މިންވަރަށް ވުރެ 44 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އިމްޕޯޓްކުރީ 2.1 ބިިލިއަން ރުފިޔާގެ މުދަލެވެ.
އެހެން ނަމަވެސް ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު މިދިޔަ މަހު އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓްކުރީ 221 މިލިއަން ރުފިޔާގެ މުދާ ކަމަށް ވާއިރު، މިދިޔަ މަހު އެކްސްޕޯޓްކުރީ 228 މިލިއަން ރުފިޔާގެ މުދަލެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުުގެ ޖޫން މަހު ކަސްޓަމްސް އަށް ލިބުނީ 156 މިލިއަން ރުފިޔާ ކަމަށް ވިޔަސް، މިދިޔަ މަހު 247 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު، 59 ޕަސެންޓް އިތުރު އަދަދެކެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ އޮމާން އާއި ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާނުން 490 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، ޗައިނާ އިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑާއި ޖަޕާންގެ އިތުރުން ޖަރުމަނަށެވެ. ތައިލެންޑަށް 30 ޕަސެންޓް މުދާ އެކްސްޕޯޓް ކުރިއިރު، ޖަޕާނާއި ޖަރުމަނަށް އެކްސްޕޯޓްކުރީ 16 ޕަސެންޓް މުދަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނީ
30 July 2021
މިހާރު ވެސް ރެވެނިއު ފީގެގޮތުގައި އެތެރެ ކުރާ މުދަލުން %1 ނަގަމުން އެބަދޭ. ގާނޫނު އުވާލާފައި އޮތްވާ މިގޮތަށް ފީ ނެގިގެން ނުވާނެ. މިސަެރުކާރުން މިކަން މިކުރަނީ ގާނޫނާއި ހިލާފަށް. ޑިއުޓީ 0 ގެ ލެޕްޓޮފެއް ގެނަޔަސް 700 ރުފިޔާ ދޭން އެބަޖެހޭ ފީ އޭ ކިޔާފައި.
ކޮރަލް
29 July 2021
އެންމެ ގިނައިން އިމްޕޯޓް ކުރަނީ ރިސޯޓް ތަކުގަ އުޅޭ ބިދޭސީންނެވެ. ދިވެހީންނަށް ފުރުސަތެއް ނެތެވެ. އެމީހުންނަށް ބޮޑު ފައިދާ އެއް ވާގޮތައް މަދު ދިވެހި ބަޔަކަށް ފުރުސަތު ލިބެ އެވެ.
މުދާ
29 July 2021
އެއީ ކިތަށް ޑޮލަރުބާ؟