ޖާބިރު ކިނބިގަސްދޮށުގެ ކައިރީގައި: އޭނާ އެތަނަށް ގެއްލުންދިން މައްސަލަ ދަނީ ބަލަމުން --
04 އޯގަސްޓް 2021 - 20:43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދަައްކާފައި ނުވާތީ އޭގެ ބަދަލުގައި މައުމޫންގެ ގެކޮޅާ ހަވާލުވާން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކިނބިގަސްދޮށުގެ ކައިރިއަށް މިއަދު ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ޖާބިރު އަތުން 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް 29 މިލިއަން ރުފިޔާ މައުމޫން ހޯއްދެވި ކަމަށާއި އެ ފައިސާ ދެއްވީ ނުދެއްކިއްޖެ ނަމަ ޖާބިރަށް ކިނބިގަސްދޮށުގެ ދޭން ޖެހޭ ގޮތަށް އެއްބަސްވެ ކަމަށް ޖާބިރު ވިދާޅުވެ އެވެ. އެ މައްސަލ ފުލުސް އޮފީހަށާއި ކޯޓަށް ހުށަހެޅި ނަމަވެސް ހެކި ނެތުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.
މައުމޫން އަދިވެސް ފައިސާ ނުދެއްވާ ކަމަށް ވިދާޅުވެ ޖާބިރު މިއަދު ވަނީ ކިނބިގަސްދޮށުުގެ ކުރިމަތީ ހުންނަވައި، އެ ގޭގެ ފާރުމައްޗަށް އަރުވާފައި އޮތް ވެޔޮގަނޑަކަށް ގެއްލުންދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަނަށް ދިޔައީ ކިނބިގަސްދޮށުގެއާ ހަވާލުވާށެވެ.
"މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެންނޭ. އަދުލު އިންސާފު ނެތީމާ އަމިއްލަަ އަށް އަދުލު އިންސާފު ގާއިމުކުރަމުން މިދަނީ،" މައުމޫންގެ ގެކޮޅު ކުރިމަތީގައި ހުންނަވައި ޖާބިރު ވިދާޅުވި އެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ކިނބިގަސްދޮށުގެއާ ހަވާލުވާން ދިޔަ ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް އެތަނުގައި ހުންނަވައިގެން އަޑުގަދަކުރެއްވުމަށް ފަހު އެތަނުން ވަޑައިގަތީ އެވެ.
ޖާބިރު، ކިނބިގަސްދޮށުގެ ކައިރި އަށް ވަޑައިގެން އަޑުގަދަ ކުރެއްވިއިރު، މައުމޫން ވަރަށް ކުރިއްސުރެ ފެށިގެން އެ ގޭގައި ދިރިނޫޅުއްވަ އެވެ. މީގ 13 އަހަރު ކުރިން 2008 ގައި ވެރިކަން ގެއްލުނު ފަހުން ފުރަތަމަ ދުވަސްވަރު އުޅުއްވީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭބޭފުޅު އިލްޔާސް އިބްރާހިމް ގެ މ. އަލިވާގޭގަ އެވެ. އޭގެ ފަހުން ބަދަލުވެވަޑައިގަތީ އަނބިކަނބަލުންގެ ގެކޮޅު އެންދެރިމާގެ އަށެވެ.
ޖާބިރު ވިދާޅުވި ގޮތުގައި މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާއާ ހަވާލުވެވަޑައިގަތީ މައުމޫންގެ ދަރިކަރުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް އެވެ. ނަމަވެސް ޖާބިރު އަތުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތު މައުމޫން ދޮގުކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް އިއްޔެ ޖާބިރު ވަނީ މަޖިލިސް އިދާރާއަށް ވަޑައިގެން އެތާ ކުރިމަތީ އޮށޯވެގެން އަދި ފަހުން އިށީނދެގެން އިނދެ ހުތުރު ބަހުން އެކި ވާހަކަތައް ދައްކައިފަ އެވެ. މިކަން ހިނގި އިރު، ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮޅި
05 August 2021
މައުމޫނުގެ މައްސަލަ ބަލަނީ ކޮންއިރަކު ދެން؟
އޮޅި
05 August 2021
30 އަހަރު އަނިޔާވެރިވިއަސް އެމްޑީޕީން ނުބަލަން ނިންމައިގެން ތިބި މައްސަލައެއް ނުބެލޭނެ.
މުޙުއްމާ
05 August 2021
މިސޮރު މޮޔަވީ. ދެން ރަނގަޅު ފަންޑިތަވެރިއަކު ލިބޭތޯ ބަލަންވީ.
ގަދަ ސްޓަންޓެއް
05 August 2021
ކިބި ގަސްދޮށުގެއޭކިޔަނީ ދަރަނި ބޮޑުވެގެން ފައިސާދިން މީހުންނައް އަބުރާނުދޭނެ ގޮތެއް ހޯދުމުގެ ބަހަނާއަކައް ކަމައް ބެލެވޭ
ގިރާވަރު
05 August 2021
އެއީ ގޭގެ ވެރިން ކުރަންޖެހޭނެކަމެއް ނުކޮށްފިއްޔާ ސިޓީކައުންސިލުން އެކަންކުރަންޖެހޭނެ. ރުއްގަސް ވެޔޮ ފަދަ ތަކެތި ހައްދަންޖެހޭނީ އިމުން އެތެރޭގަ.
ވަހުތާން
05 August 2021
ލާރި ފައިސާ ބޭނުން ކޮށްގެން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ދެއުޅިއެއްނުވާ މީހުން ވެރިވީމާ ވާނޭހާއެއްޗެއް ވަމުން މިދަނީ! އާއްމުން އެމީހުންގެ ޒިއްމާއާއި މެދު ހޭވެރި ނުވާނަމަ ދެން ހައްތަހާދާނީ މިހެން.
އަފޫއާމު
05 August 2021
ޖާބިރު ވަނީ ކުރިން އެ ލޯނު މާފުކޮއްދީފައެއްނު. https://thepress.mv/107212
ހަސަނު1
05 August 2021
ކާށިދޫ/ގާފަރު ރައްޔިތުން މިއޮތީ ދިވެހިންނަށް ރަނގަޅު ލޮޓިއެއް ދީފައި
އުބައިދު
05 August 2021
އަހަންނަށް ހީވަނީ ޖާބިރު އެކަނި އެގޭގެ ނަންފިލާގަނޑު ފެންނަ ގޮތް ހެދުމުގެ ބަދަލުގައި އެހެން މީހެއްގެ އެހީތެރި ކަމާއި އެކު އެކަން ކޮށްފިނަމަ މާ އަވަހަށް އެންމެނަށް ފެންނަ ގޮތަށް ހަދާލެވޭނެ ނު! އަސްލުގަ ޖާބިރު އެ ގެޔަށް ގެއްލުންދޭން ކުރި ކަމެއް ކަމަކަށް ނުދެކެން! ގޭގޭގެ ނަންފިލާގަނޑު އެއީ ފެންނަން ހުންނަން ޖެހޭ އެއްޗެއް! އެހެންވީމަ، އެ ގޮތަށް ފެންނަ ގޮތަށް އެ ހެދީ!
ފޯކައިދޫ
05 August 2021
މިހެން އާންމު މީހެއް އުޅެފިއްޔާ އޮންނާނީ ގޮޅީގަ. ލާރި އޮތިއްޔާ ސަލާމަތްވާނެ މިގައުމުގަ.
ރަންދެލި
05 August 2021
ޖ އެބުނާ ފައިސާ ދިން ކަމަށް ބުނާ ދުވަސްވަރަކީ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ ދެބަފައިން ޖަލުގަ ތިބި ދުވަސްވަރެއް ހެން ހީވެއެވެ. އެހެން ކަމަށް ވާނަމަ، ފައިސާ އާއި ހަވާލު ވީ މީހަކު ހުންނާނެތާއެެވެ. އެއީ ކާކު ބާއެވެ؟ އެއީ މިފަހަކުން ޓެކްސީ އެއް ދުއްވި ކުރީގެ މޖލސ މެމްބަރަކު ކަމަށް ވާނަމަ އޭނާ އާއި މި ކަމުގާ ސުވާލު ކުރަން ޖެހެއެވެ. 29 މ ރުފިޔާ އަކީ މީހަކު ބޯ ހަލާކުވާ ވަރުގެ ބޮޑު އަދަދެކެވެ. ޖ ވިޔަސް އޭނާގެ ހައްގެއް އެނާ އަށް ލިބެން ވާނެއެވެ.