ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު: ހަމަލާގެ މައްސަލައިގައި ނަޝީދުގެ ވަކީލަކަށް ހަމަޖެއްސީ އޭނާ --
05 އޯގަސްޓް 2021 - 10:16
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލައާ ގުޅޭ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާއިރު، އެ މަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފި އެވެ.
މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލައިގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ޖުލައި 1 އިން ފެށިގެން އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ވަކީލަކަށް ނާޒިމް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ސިޓީފުޅުގެ ބޭނުމަކީ ނަޝީދުގެ ބަޔާނެއް ތަހުގީގަށް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ބަޔާނެއް މުހިންމު ކަމަށް ޕީޖީ ޝަމީމް މީޑިއާގައި ވިދާޅުވެފައިވާތީ އޭގެ ޖަވާބު ކަމަށް ނަޝީދު ވިދާޅުވިޔަސް، ނާޒިމް "މިހާރު" އަށް މިއަދު ވިދާޅުވީ، ބަޔާން ދެއްވުމާއި ނުދެއްވުމާ މެދު އެއްވެސް ގޮތެއް ނުނިމޭ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ހަމަލާގެ މައްސަލައިގައި އަދިވެސް ނަޝީދުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށާއި އެ ބަޔާން މުހިންމު ކަމަށެވެ.
ބަޔާން ދިނުމާ ގުޅޭ ގޮތުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގް ކުރައްވައި ނަޝީދު ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ "ޖާނާއި ހިތާއި މޭ" ކަމަށެވެ. އަދި "ހިތާ މޭ ހިބައިން ދިނުމުން ވެސް ނުވި ނޫންތޯ؟" ކަމަށް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ، ޝަރީއަތް ފެށުމުގެ ކުރިން ނަޝީދުގެ ބަޔާނެއް މުހިންމު ވިޔަސް، އެ މަނިކުފާނަކީ ހަމަލާގެ ވިކްޓިމަކަށް ވާތީ ނަޝީދުގެ ޝުއޫރުތަކަށް ވެސް އިހުތިރާމު ކުރަންޖެހޭ ކަމަށެވެ.
ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުށްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުށްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތް ކުރަން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އިރުތަކެއް ވަންދެން އޮޕަރޭޝަން ކުރި އެވެ. އޭގެ ފަހުން މޭ 13 ގައި އެ މަނިކުފާނު އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތެވެ. އިނގިރޭސި ވިލާތަށް ވަޑައިގަތީ ޖުލައި 1 ގަ އެވެ.
ނަޝީދުގެ އާއިލާ އިން ބުނެފައި ވަނީ ބޭސްފަރުވާ އަށް ފަހު އެ މަނިކުފާނަށް ރާއްޖެ ވަޑައިގެންނެވޭނީ އަންނަ މަހު ކަމަށް ބެލެވޭ ކަމަށެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފައިވާއިރު، މި މަހުގެ ތެރޭގައި އެ މީހުންގެ ޝަރީއަތް ފެށޭނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެ އެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުގެ ވަކީލުން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
05 August 2021
އަޖައިބުވަނީ އެވަގުތު ނަޝީދު ކައިރި އެހެން ބަޔަކުވެސް ތިބި. އެކަމަކު އެރޭޒާފުށްތައް ހަމައެކަނި ނަޝީދުގެ ގަޔަށް ވަނީމަ. އެހެން މީހުންނަށް އެވަރުކަމެއް ނުވަނީބާ ނުވަތަ އެމައުލޫމާތު ދައުލަތަށްވެސް ނޫސްތަކަށްވެސް ނޭންގެނީބާ. އާންމު ފަރާތެއް ވަރަށްބޮޑަށް ޒަހަމްވި ވާހަކަ އެއް ނޫހުގަ ކުރިން އޮތް. އެފަރާތާ ގުޅޭ އިތުރު ހަބަރެއް ނުފެނެ.
އަލީރާޖާ
05 August 2021
ކޮކީ، މަގުން ދިޔަ މީހަކު ފަޔަށް ރޭޒާފުށް ހެރިގެން އަދިވެސް ފައި ރަގަޅުނުވޭ ރަގަޅަށް ނުހިނގޭ! ކައިރީގައި ހުރި ސިފައިންގެ މީހާ ބޮޑު އޮޕަރޭޝަނެއް ކޮށްފި! މުޅި ހިސާބުގެ ފާރުތަކާ ފިހާރަތަކާ ބިއްލޫރިތަކަށް ހެރުނީ ކޮން އެއްޗެއް؟ އަދިވެސް ބައެއްތަންތަން ފެންނަން އެބަހުރި! ކުޑަކޮށް ވާނުވާ ބަލާލަބަލަ!
ރައްޔިތުސޮރު
05 August 2021
ތިމައްސަލަބަލާ ޤާޒީއަކަށްވެސްލާ ތިގޭ ސޮރެއް! ޖޭއެސްސީގަ ނަޝީދު އަދި ނަޝީދުގެ ވ.ކުލޯޒް އެކުވެރިޔާ. މަޖިލީހުގެ ރައީސަކީ ނަޝީދު. ނައިބަކީ ބޮޑުބޭބެ ކިޔާމަންޖެއެއް. ޤަޢުމުގެ ރައީސްއަކީ ނަޝީދުގެ ބެސްޓުފުރެންޑް ދެން އަދުލު އިންސާފް އުތުރިއަރާނެ!
ޕްރޮފް
05 August 2021
އާއިލާ މީހަކަށް ޕްރޮފެޝަނަލް ސާރވިސް އެއް ދެވޭނެގޮތެއް ނުވިސްނޭ، މީގެ އިތުރުންވެސް އެއްވެސް ޕްރޮފެޝަނަލް މީހަކު މުޅި ޕްރޮފެޝަން އަށް ވެސް އަސަރުކޮށް ޕްރޮފެޝަންގެ ގަދަރު ގެއްލޭގޮތަށް ޓްވީޓް ކޮށްލަ ކޮށްލަ ހުންނަ މީހުންނަކީ ޕްރޮފެނަލް ސާރވިސްއެއް ދެވޭނެ މީހެއް ނޫން.
ލަތީފުމަ
05 August 2021
މިކަމަށް ކޮއްކޮ ހޮވިޔަސް އޯކޭ. އެކަމަކު ރައީސްގެ އަނބިމީހާގެ އައީލާމީހުނަށް މާގިނައިން ވަޒީފާދީ ރައްޔިތުންގެ ފައިސާއިން މުސާރަދިނުން އޮކޭއެއްނޫން. ސަރުކާރުން ނެޕޮޓިޒަމް ހުއްޓުވާ!
އުމޭއްތަ
05 August 2021
ދެން އެހެންވީމަ ނަޝީދުގެ ބަޔާން އޮންނާނީ ހާދަ ބަސްމަގު ހުތުރުކޮށޭ