ފުވައްމުލައް ހޮސްޕިޓަލް--
09 އޯގަސްޓް 2021 - 17:55
ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.
ފުލުހުން ބުނީ، އެ ސިޓީގެ މައިލޯ ސްޓޭޑިއަމް ކައިރިން ނައިބު ތުއްތު މަގުން ދެ ސައިކަލު ޖެހި މިއަދު މެންދުރުފަހު ތިނެއް ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި އުމުރުން 28 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކަށް އަނިޔާވެފައިވާ ކަމަށެވެ.
މިވަގުތު އެ ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގަ އެވެ.
އެތަނުން އެކަކު އައްޑު އަށް ގެންދަން މަސައްކަތްކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިތުރު ބަލި މީހަކު ބަލައި ދާ ޗާޓަރު ފްލައިޓެއްގައި، އެކްސިޑެންޓުގައި ބޮލަށް އަނިޔާވި މީހާ މާލެ ފޮނުވައިލަން ވަނީ ނިންމައިފަ އެވެ.
އެކްސިޑެންޓުގައި އަނިޔާވި އަނެއް މީހާގެ ހާލަތު މާ ގޯސް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު ތަފްސީލު ނުލިބޭތީ ހާލު ގޯސްވެ މާލެ އަށް ގެންނަނީ އަންހެން މީހާ ކަމެއް ނުވަތަ ފިރިހެން މީހާ ކަމެއް ސާފެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހެރުވައް
09 August 2021
ހުރިހާ ކުދިންވެސް ބަލައިގެން ދުއްވާ
އޮނަރަބްލް އަފީފު ދީދީ.
09 August 2021
ރޯޑް އެކްސިޑަންޓް ގިނަ އައްޑުއާއި މުލައް އަދި ލާމް އަތޮޅުގައި އެފަދަ ޙާދިސާ ތަކުގައި ބޭނުންކުރެވޭނެ Paramedic Vehicle ފަދަ އެއްވެސް އެއްޗެއްނެތް. # ހަމައެކަނި މިސަރަޙައްދު ތަކުން މިފަދަ އެކްސިޑެންޓް ތަކުގެ ސަބަބުން އާސަންދައިން ހޭދަކޮށްގެން ކ.އަތޮޅު މާލެއަށް ދިއުމަށް ޗާޓަރ ކުރާ ފްލައިޓްތަކަށްވެސް އަހަރަކު އެތައްމިލިޔަން ރުފިޔާ ހޭދަކުރޭ. # ކީއްވެގެންތޯ އޭއީއެޗް ގައި ކަށީގެ ޑިޕާރޓްމަންޓެއް އުފައްދާ މިކަމަށް ހައްލު ހޯދާނުދޭން ސަރުކާރުން އުޅެނީ؟!