އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ވިސްނާ" ޖަލްސާގައި ނަހުލާ ވާހަކަ ދައްކަވަނީ. -- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
10 އޯގަސްޓް 2021 - 00:02
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ގާތް "ހަތަރު މީހަކު" އިސްތިއުފާ އަށް ގޮވި ނަމަވެސް އެ ކަމަށް އިޖާބަ ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެ އަވަށަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ވިލިމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަހުލާގެ އެ ރައްދު އައީ މާލޭގެ ލޭންޑް ޔޫސް ޕްލޭންއާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ވިލިމާލޭގައި ރޭ ބޭއްވި ލައިވް އިވެންޓުގައި ވާހަކަ ދެއްކި ހަތަރު މީހަކު އޭނާގެ އިސްތިއުފާ އަށް ގޮވުމުންނެވެ.
ނަހުލާ ތުހުމަތުކުރެއްވި ގޮތުގައި އެ ހަތަރު މީހުން ނަހުލާގެ އިސްތިއުފާ އަށް ގޮވީ، އަލަށް އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު އުޝާމްގެ ސަބަބުންނެވެ.
ނަހުލާ ވިދާޅުވި ގޮތުގައި އިސްތިއުފާ އަށް ގޮވި ހަތަރު މީހުން ދައްކާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އެއީ ވިލިމާލޭގައި ނޫޅޭ މީހުންނަށް އޮޅުވައިލުމަށް ދެއްކި ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެ އެވެ.
އޭނާ އެ އިޝާރާތް ކުރެއްވީ ސީދާ ކޮން ވާހަކަތަކަކަށް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އުޝާމާއި އެ ހަތަރު މީހުންނަކީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ނަހުލާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް މަސައްކަތް ކުރި ބައެއް ކަމަށް ނަހުލާ ތުހުމަތު ކުރެއްވި އެވެ.
ނަހުލާ ވަނީ މަޖިލީހުގައި ވިލިމާލެއާ ގުޅޭ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ވެސް އުޝާމް ނުދައްކަވާ ކަން ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގައި މިއަދާ ހަމައަށް ވެސް މެންބަރު އުޝާމް ވިލިމާލޭގެ އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އެކަމާ ސުވާލު ނުކުރައްވާތީ ހައިރާނެއް ނުވޭ،" ނަހުލާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަސްލަހަތު އަޅުގަނޑު އަބަދުވެސް އިސްކުރާނެ. މެންބަރު އުޝާމްގެ ހަތަރު ބޭފުޅަކު އިސްތިއުފާ އަށް ގޮވައިގެން ފަހަތަކަށް ނުޖެހޭނަން -- ނަހުލާ
ތަފާތު ބޮޑު ނަތީޖާއަކުން ވިލިމާލޭ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި އެ އަވަށުގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އަބަދުވެސް ވިލިމާލެ އަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނަހުލާގެ ބަޔާނުގައި ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
11 August 2021
ފަހަތަށް ޖެހޭނީ ފިނޑިން އެއްގޮތަކަށް ވެސް ފަހަތައް ޖެހިގެން ނުވާނެ. އެ އުޝާމު މިހާރު އުޅެނީ ތިމަރަފުށީ މީހުންގެ ޕާޓީގައި ބައިވެރިވެގެން.
އެންމެން ޕީ
11 August 2021
އެމްއެންޕީއަށް އެބަ ހީވެއޭ ލައްކަ ބަޔަކު ވަންނާނެ ޕާޓީއެކޭ އެއީ. އުޝާމްގެ އެއްވެސް ހަރުދަނާ ކަމެއްނެތްކަން މިހާރު އެނގެނީ.
މެކަޕް
11 August 2021
މޭކަޕް ކޮއްލި ކޮއްލިނޫން ހީވަނީ ނަަށާ މީހެއްހެން
އެކަޕް
11 August 2021
މޭކަޕް ނުކުރާއިރުވެސް އެހާ ދޮންވެފަ ރީތި. އެވަރަށް މޭކަޕް ކުރުމުގެ ބޭނުމެއް ނުފެނޭ.
މަލަގަތިން
10 August 2021
ކަލެއަކީ ވަރަށް ކަންނެތް ދޮގުހަދާ މަކަރުހަދާ އަންހެނެއް، އަހަރެން ރައްޓެއްސެއްގެ ތަނެއް ކަލޭ ކުއްޔަށް ނަގާފަ އެންމެ މަހެއްގެވެސް ކުލިނުދައްކާ ބިލުތައްވެސް ނުދައްކާ ނުކުމެގެން ދިޔައީ
ހށނ
10 August 2021
ކޮންމެއަކަސް ތިކަމުގައި ތިދެފަރާތުން ވާހަކަދައްކައިގެން ހައްލުހޯދާ. އަހަރެމެން ކައިރީ ތިވާހަކަ ބުންޏަކަސް އަހަރެމެންނަށް ކޮށްދެވޭނެ ކަމެއްނެތް. ކަލޭމެން ހޮވާފަތިބީ އހަރެމެންނާ ހިސާބަށް ޝަކުވާ އުފުލާކަށް ނޫން. ކަންކަމާއި ކުރިމަތިލައި ހުރަސްތައް ގިރާކޮށް ރައްޔަތުންނަށް ހިދުމަތް ކުރުމަށް. މިހާރު އަހަރެމެންނަށް މިޖެހެނީ ކަލޭމެންގެ ވޯޓުދީ މުސާރަދީ އަދި ކަލޭމެންގެ މަސައްކަތްވެސް ކޮށްދޭން.
ނޭގުނޭ
10 August 2021
އަދި ނޭގޭ ސުވާލެއް އެބައޮތޭ ސިޓީކައުންސިލުން ރައްޔިތުންނާ ބައއދަލުކުރަން ބާއްވާ ބައްދަލުވުންތަކުގެ ކުރީސަފުން މާލެސިޓީގެ ކުރީގެ މޭޔަރު ޝިފާ އިންނަނީ ކޮން ހައިސިއްޔަތަކުންތަ...ޝިފާއާ ސިޓީކައުންސިލާ މިހާރު ކޮންގުޅުމެއޮތީ..ވަޒީރުންގެ ބައްދަލުވުންތަކުގަ ކުރީގެ ވަޒީރުންވެސް ބައިތިއްބާނަމަ ދޯ..
ސިޕުލް
11 August 2021
މާލޭ ރައްޔިތުންނަށް ބާވާ ބައްދަލުވުމެއްގަ މާލޭ ރައްޔިތުން ތިބުމަކީ މައްސަލައެއްތަ؟
ވިސްނާލުމަށް އެދެމޭ
10 August 2021
އުޝާމަކީ ރައްޔިތުން ވޯޓުލައިގެން ހޮވިފަހުރި މީހެއްކަން ހަދާންނެތުނީ އުޝާމުގެއިސްތިއުފާއަށް މީހުންގޮވާއަޑުނީވޭތީ ހީވަނީކަންނޭގެ ރައްޔިތުންރުހެޔޭ ތިމަންނަ ކަންކުރާގޮތަށް މަޖުލިހުގައިދެ ސަރުކާރު ޖަވާބުދާރީކުރަން ކުރިކަމެނެތް ސިޓީކައުންސިލުން ރައްޔިތުންނާބައްދަލުކުރާގޮތަށް އުޝާމު ރައްޔިތުންނާ ކިތައްފަހަރުބައްދަލުކޮށްހިޔާލު ހޯދައިފިން.ވިލިމާލޭގެސިއްޙީނިޒާމު ރަގަޅުކުރުމަކީ ސަރުކާރުން ކުރަންޖެހޭކަމެ 10ބުރިޔަށްގެނެގުމަށް މުއިއްޒުހުށަހެޅީ ރައްޔުތުންއެދޭތީ
އަބުލްކަލާމް
10 August 2021
މޫނުގެ ކުލައާއި ގައިގެ ކުލަ ދިމާނުވާތީ ތިހެން ތިވަނީ ، ސެޓްއަޕް ރަގަޅުކޮށްލާ !
ފފފފ
10 August 2021
ހިޔާލު ފާޅުކުރެވޭނެ. އެކަމަކު މަޖްލިހަށް ވަދެ ތިބޭ މީހުން ނިކަން އަބުއިވާނެ. އަހަރެމެން ދަށްވުމެއްނޫން މީހަކުކައިރީ މަޝްވަރާއަށް އަހާލުމަކީ.
ފފފފ
10 August 2021
އަސްލު ރަނގަޅު ގޮތަކީ އުސާމްއާ މަޝްވަރާކޮށްލުން. ތަހުޒީބު މުޖުތަމައުތަކުގައި ތަހުޒީބު މީހުންގެ ގޮތަކީ އެއީ.
ކީއްވެ؟
10 August 2021
އެ ކީއްވެ ތޯ؟ ދެ ބޭފުޅުން ހޮވީ މުޅިން ދެކަމަކު. ދެން ދެ މީހުން ވެސް ދެ މީހުން ހޮވި މަސައްކަތެއް ކުރީމަ ނިމުނީ ނޫންތޯ؟ މަޖިލިސް މެމްބެރުން ނަށް ހީވަނީ އެބޭފުޅުން ނަކީ އެދާއިރާއެއްގެ ރައީސް ކަމަށް ތޯ؟ އުޝާމު އަށް ބަޔަކު މަނާ ކުރީތޯ ހިޔާލު ހޯދަން ބޭއްވި ފޯރަމްގަ ބައިވެރިވުން؟ ބައިވެރިވެ ހަމަ ހިޔާލު ފާޅު ނުކުރެވޭނެތޯ؟ ނޫނީ ވަކިން އެޕޮއިންޓްމެންޓު ނަގާ ބައްދަލުކޮށް އާދޭސް ކޮށްގެން ޙިޔާލު ހޯދަންތޯ ޖެހެނީ؟
ޢައއއއްއްޓަމަސް
10 August 2021
ޏުޖެހޭ 2 ކެނަ އެއްތަންވެފަ ގޮވަލިޔަސް އިސްތިއުފާ ދޭކަށް